އުތުރު ތިލަފަޅުގައި އެމްއެންޑީއެފް ކޯސްޓްގާޑްގެ ބަނދަރަކާއި ޑޮކްޔާޑެއް ގާއިމް ކުރުމަށް ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ އެކު ގާއިމް ކޮށްފައިވާ އެއްބަސްވުން ކަމަށް ބުނެ މީސްމީޑިއާގައި ދައުރުވަމުންދާ ލިޔުންތައް ލީކްކޮށްލި ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ގޮވާލައި ކުއްލި މައްސަލައެއް ރަައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އަލިފުށި ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ރަޝީދު (ބިގޭ) ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވަނީ ރާއްޖޭގެ ބޮޑު ސަރަހައްދަކީ ކަނޑުގެ ސަރަހައްދު ކަމަށް ވެފައި، އެ ސަރަހައްދުގައި ހިނގާ މަސްތުވާތަކެތީގެ ވިޔަފާރި އާއި އިންސާނީ ވަގުފާރި ފަދަ ކުށްތައް ހިނގަމުންދާތީވެ އެ ކަންކަން ހުއްޓުވުމަށް ދިވެހި އަސްކަރިއްޔާގެ ވަސީލަތްތައް ތަރައްގީ ކުރަން ޖެހޭ ކަމަށެވެ.

އެ ކަމަށްޓަކައި 2013 އިން ފެށިގެން ތިން ސަރުކާރަކުން އިންޑިއާގެ އެހީ ހޯދަން މަސައްކަތް ކޮށްފައިވާ ކަން ބިގޭ ފާހަގަ ކުރެއްވިއެވެ.

"ދިވެހި އަސްކަރިއްޔާ ތަރައްގީ ކުރުމުގެ މަސައްކަތް ހުއްޓުވައި އިންޑިއާ ކަނޑުގެ ހަމަޖެހުން ނަގާލައި ސަލާމަތީ ޚިދުމަތްތަކުގެ މެދުގައި ފިތުނަ ފަސާދަ އުފައްދައި، އުތުރުތިލަފަޅުގެ އެއްބަސްވުން ކަމަށް ބުނެ، އެއްވެސް ޒިންމާދާރު ކަމެއް ނެތި ހަގީގަތެއް ނެތް ވާހަކަ ފަތުރަމުންދާއިރު މި މައްސަލަ ތަހުގީގުކޮށް މި ކަމުގައި ޝާމިލްވާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލާ މި ކުއްލި މައްސަލަ ހުށަހެޅީން،" ބިގޭ ވިދާޅުވިއެވެ.

ބިގޭ ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައިގަނެ ބަހުސަށް ހުޅުވާލަން ފާސްކުރީ 38 މެންބަރުންގެ ވޯޓުންނެވެ. އެ މައްސަލަ ބަހުސަށް ހުޅުވާލަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ފަރާތުން ފެލިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަޒުލް ރަޝީދު ވެސް ކުއްލި މައްސަލައެއް ހުށަހެޅުއްވިއެވެ. އެ މައްސަލާގައި ވަނީ އުތުރު ތިލަފަޅުގެ އެއްބަސްވުން ހާމަ ކުރަން ގޮވާލައިފައެވެ. މި ދައުރުގެ ކުރީ ޖަލްސާއެއްގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވެސް މިފަދަ މައްސަލައެއް ހުށަހަޅުއްވާފައިވާތީ ފަޒުލް ހުށަހެޅުއްވި މައްސަލައެއް އެޖެންޑާއެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ލޮލް

    އާޅޭތް.. އަރައިގެން އައި އިރާއެކު ރަށްވެހި ފަތިހަކަށް އަލިވިލެނީތަ؟ އިސްލާމްދީނަށް ފުރައްސާރަކުރި ބަޔަކާދެކޮޅަށް ބަހެއް ބުނަން ނުކެރުނު ބަޔަކު މިއަދު ކޮށިއަރައިގެން މިތެޅެނީ ކީއްވެޔޯ؟ މީ ގިޔާމަތުގެ އަލާމާތެއްނޫންބާ؟

    19
  2. ވިސްނާލުމަށް އެދެމޭ

    ދޮގުވާހަކައެއްކަން އިގޭނީ ތެދުހާމަކުރީމަ..އެގްރިމަންޓް ހާކޮއްދޭން މަޖުލިހަށް ހުށަހެޅީމަ ބަލައިނުގަތީ ދޮގެއްވީމަތަ.. ފިޔަވަޅު އަޅަންވީ މޑޕ މަޖުލިސް މެމްބަރުންނަ...އަލި ފުށީ ދާއިރާގެ ރައްޔިތުން ފިޔަވަޅު އަޅަންޖެހޭ އެމީހުންގެ މެމްބަރަށް...މީނާ މަޖުލިހުން ވަކިކުރަން ރައްޔިތުން ނުކުންނަންވީ..ގައުމު ވިއްކާ ގައުމު އަޅުވެތިކޮއްގެން އަމިއްލަ ޖީބު ފުރަން މަޖުލިހުގަތިބި މޑޕ ހުރިހާ މީހުން ބޭރުކުރަން ހުރިހާ ރައްޔިތުން ނުކުންނަވީ މިއަދު..

    18
  3. ރަމީޒާ

    ފިތްކަނޑުވައިގެން ޙަޤީޤަތް އޮޅުވާލަން ނޫޅޭށެވެ. ސިއްރުކޮށްގެން އުޅުނު އަޅުވެތިކަމުގެ އެގްރިމެންޓް ފަޅާއަރާ ސަރުކާރުގެ ސޯޓު ކަކުލުންތިރިޔަށް ފޭބީމާ މޮޅަތި ޤަރާރުތައް ހަދައި އެއީ ނުވާކަމަކަށް ހަދަން ތެޅިފޮޅި ރައްޔިތުން ވާވައްދަން ނޫޅޭށެވެ.

    21
  4. Happy

    ޙަމަ ފިޔަވަޅު އަޅަންވީ.. ރަގަޅު ނިންމުމެއް!

    2
    18
  5. ޙައްގުބަސް

    އެންމެ ފުރަތަމަ ފިޔަވަޅު އަޅަންވީ ކަލޭމެނާމެދު!! އެއީ ރައްޔިތުންނަށް ދޮގުހަދަައިގެން މަގާމުތަކަށް އައިސް ތިބީތީ!! 2018 ވަނަ އަހަރު ރައިސްކަމަށް އަންނަންވެގެން އިބޫވެެސް ހެދީ ހުސްދޮގު!! ކުރި އެއްވެސް ވައުދެއް ތިން އަހަރު ވެގެންދާއިރު ނުފުއްދުނު!! ރައްޔިތުން ކުރިމަތީ ތިމަންނަގެ ސަރުކާރެއްގައި ނުކުރާނަމޭ ބުނި އެތައްކަމެއްކޮށްފި!! އޭގެތެރޭ ރައްޔިތުންގެ ބޮލުގައި ދަރަނި ނާޅުވާނަމޭ ބުނި!! އެކަމަކު ފުރަތަމަ 2 އަހަރު ނިމުނުއިރު ލޯނުގެ ގޮތުގައި 1.6 ބިލިއަން ޑޮލަރު ނަގައިފި!! ސޮވެރެން ގެރެންޓީގެ ގޮތިގައި 564 މިލިއަން ޑޮލަރު!! ޖުމްލަ ދަރަނި ދެ އަހަރުތެރޭ 35 ބިލިއަން ރުފިޔާއަށް އަރުވާލާފަވީ! ދެން ރާއްޖޭގެ މިނިވަންކަން ގެއްލޭގޮތަށް އިންޑިޔާއާއެކު ސިއްރު އެއްބަސްވުންތައް ހަދާ ރާއްޖޭގެ ތަންތަނުގައި އިންޑިޔާ ސިފައިން ބައިތިއްބަމުންދަނީ!! ދެން ނުކރާނަމޭ ބުނީ ވައްކަން!! އެކަންވެސް ހަމަ މެކުހަށްޖަހާފަވީ!! މަޖްލިސް މެމްބަރުންގެ ހާލަކީވެސް މިއީ!! ރިޝްވަތު ހިފުމާ ރިޝްވަތު ދިނުމާ ދޮގުހެދުމާ މީހުންގެ އަބުރަށް އަރައިގަތުން ފިޔަވާ ކުރާކަމެއްނެތް!! ގައުމުގެ ތަންތަން އިންޑިޔާ ބޭނުންވާގޮތަށް ފަހިކުރުމަށް އިންޑިޔާގެ ކުންފިނިތައް މެދުވެރިކޮށް އެންބަސީން ހުށަހަޅާ ފައިސާގެވެސް ހިފަނީ!! ދެން ކަލޭމެނާ މިސަރުކާރާ ދޭތެރޭ ފިޔަވަޅުއެޅުން ނޫންތޯ ރައްޔިތުންނަށް މިހާރު އޮތީ؟ ކަލޭމެން ނުދައްކައި ފޮރުވައިގެން އުޅޭ އެއްޗެހި ގައުމަށް ވަފާތެރި ބަޔަކުހާމަކުރީމާ ދެން އިރުރަށް ބިރު ދައްކަނީ ކީއްކުރަން؟ އަދިވެސް އިރާދަކުރެއްވިއްޔާ ކަލޭމެން އޮރިޔާންވާނެ!!

    21
  6. ޑިމޮކްރަސީ

    ތެދު އެއްޗަކާ އެހެން އެއްޗެއް އަޅުވާކިޔާފަ ދޯ ދޮގު އެއްޗެއް ކަނޑައެޅޭނީ.... އެއީ ދޮގުވާހަކައެއްކަމަށް ސާބިތުވެގެން ދޯ ފިޔަވަޅު އެޅޭނީ އެމީހަކާ ދެކޮޅަށް... ބާރު ހުރީމަ ޖަންގަލީގެ އުސޫލު އިސްކުރުމަކީ މައުމޫނިޒަމް ނުވަތަ ޖާހިލިއްޔަ ޒަމާން އިޔާދަކުރުން. އެއްގަމުގައި އަޅާފަ ހުރި ފްލެޓްތަކަށް ހަދާނެގޮތެއް ނޭނގިއުޅެނިކަން އަދި އެބަ ކިޔާ މޫދުގައިވެސް ގެ އަޅާވާހަކަ. ތީ ތެޔޮގުޅާ ސާދާގަރުތަ ؟؟؟؟

    19
  7. ދިވެހި މީހާ

    ގައުމު އަޅުވެތި ކުރީމަ ބަޔަކު އެވާހަކަ ދައްކާނެދޯ . ދެން އެމީހުނަށް ފިޔަވަޅު އެޅީމަ ސަޅިއެއް ނޫން .

    21
  8. ބަރުގޮނު

    ދޮގަކާ ގުޅިގެން މިއަރަނީ ހާދަ ވަރެކޭ ދޯ.؟؟؟ މިވާހަކަ ދައްކާ މީހުންނާ މެދު ފިޔަވަޅު އަޅާ އަތުގައި އުޅާ އަޅުވައި އަނގަ ނުތެޅޭ މާލަމުން އެކަމަޑޭޝަން ދޭން މަޖްލިސުން ނިންމާއިރު ހިނި އާދޭ. ދޮގެކޯ ، ދޮގު ވާހަކަޔެކޯ ، ކުނިވަށިގަޑުން ނެގި ކަރުދާސް ކޮޅެކޯ ... އެކަމަކު ޢިއްޒަތްތެރިން އެއުޅުއްވަނީ އެވާހަކާގެ ސަބަބުން ހާސްވެ އޮއްދާ ހިއްލާވަރުން ކެތްނުވެގެން.

    19
  9. ހޫދު

    މިނިވަން ދީމީގްެާތީ ޑިމޮކްރެޓިކް ހަމަ ތަކުގެ މަތިން ހިނގާ ގައުމަކަށް މިގައުމު މިހާރު ނުވާކަން މިހާރު އެބަޔަގީންވޭ! ކޮންެިރަކުތޯ މިގައުމު ޑިމޮކްރަސީ ނެތިކޮށްލީ؟ ޔޫއެންއަށް މިމައްސަލަ ހުށަހަޅަން އެބަޖެހޭ.

  10. ހހހހ

    ރައްޔިޔުންގެ އަނގަބަންދު ކުރަން މަޖްލިހަށް ލީ ބައެއްނޫން ތިއީ. މޮޔަވެގެން ތިއުޅުއްވަނީ. މާގިނަދުވަހު ވެރިކަމުގައި ތިބެވުނީބާއޭ ހީވާން ފަށައިފި.

  11. ހހހހ

    ޑިމޮކްރެޓިކް ގައުމުތަކުގައި ރައްޔިތުންގެ އަނގަ ބަންދެއް ނުކުރާނެ. ތިއީ ކޮމިޔުނިސްޓް ނުވަތަ ރައްޔިތުން އަޅުވެތިކުރާ އަނިޔާވެރި އުސޫލުތައް.

  12. ޖާބިރު

    ހައްޔަރު ކުރަންވީ މާރިޔާ ދީދީ ، އެޢީ ދޮގު ޚަބަރު

  13. ވަތަނީ

    މީހުންނަށް ބިރުދައްކަން ގުންޑާއިން ކުރާމަސައްކަތް
    ހަރުކަށި އިބާރާތުން ކުށްވެރިކުރަން!

  14. އިސްތިއުފާ

    ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ

  15. އެޑްވަޑް ބާމުންޑޭ

    ހާދަ އަވަހަކަށްތި ތެޅިގަތީ ހީވަނީ ޢުމަރު އެދެއްކީ ތެދުވާހަކައެންހެން.

  16. ފުވައްމުލަކު ޒުވާންޖީލު

    ހަމައެގޮތަށް އެކަންސިއްރިއްޔާތުގާކުރާތީ އެ ފަރާތްތަކާމެދުވެސް ފިޔަވަޅަން ގަރާރެއްބޭނުން .. !!!

  17. ފުވައްމުލަކު ޒުވާންޖީލު

    ވަގުންގެ ފޮށި ބާރަށްބަންނަނީތިގޮތަށް!!