ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓޭނީ ބޭރުގެ އަސްކަރީ ލަޝްކަރެއް ރާއްޖޭގައި ގާއިމްވެ ތިބެގެން ކަމަށް ވިދާޅުނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގެ މުގައްރިރު އަދި އައްޑޫ މަރަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) ވިދާޅުވެއްޖެއެވެ.
ކ.އުތުރުތިލަފަޅުގައި ކޯސްޓްގާޑް ޑޮކްޔާޑެއް ގާއިމް ކުރުމުގެ ގޮތުން އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމަށް އިންޑިއާއިން ފުރަތަމަ ހުށަަހެޅި ދެލިކޮޕީއެއް މީސްމީޑިއާގައި ލީކް ކޮށްލާފައިވަނިކޮށް، މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވަނީ އަސްލެއް ނެތް އެއްބަސްވުމެއް އުފައްދައިގެން ދޮގު ވާހަކަ ފަތުރާ ފަރާތްތަކަށް ފިޔަވަޅު އަޅަން ގޮވާލައި ކުއްލި މައްސަލައެއް ހުށަހަޅުއްވައިފައެވެ.
މަޖިލީހުގެ އަލިފުށި ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ރަޝީދު (ބިގޭ) ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައި މެންބަރު ޝަރީފް ވިދާޅުވީ "އަޅުގަނޑުމެންގެ ގައުމަކީ ކުޑަ ގައުމެއް، އަޅުގަނޑުމެންގެ ގައުމުގެ ނިސްބަތުން މުއްސަނދި ވިޔަސް، އިގްތިސާދުގައި ނެތް ވަރުގަދަ ބޮޑު އަސްކަރިއްޔާއެއް ހިންގޭ ވަރުގެ ހަކަތަކައެއް، މި ކަންކަމުގެ މައްޗަށް ރިއާޔަތްކޮށް އިންޑިއާއާއެކު އަސްކަރީ އެއްބާރުލުމުގެ އެގްރިމެންޓްއެއްގައި ސޮއިކުރުމަކީ ފަސް ޖެހެން ޖެހޭ ކަމެއް ނޫން، އަޅުގަނޑުމެންގެ އެންމެ ކައިރިން އޮތް އަސްކަރީ އެންމެ ވަރުގަދަ އިންޑިއާގެ އަސްކަރިއްޔާގެ އެހީ މި ތަނުގައި އޮންނަން ޖެހޭ،" ކަމަށެވެ.
މެންބަރު ޝަރީފްގެ މި ވާހަކައާ ގުޅިގެން ރާއްޖޭގެ ގިނަ މީޑިއާތަކުގައި ވަނީ ބޭރުގެ ސިފައިން ރާއްޖޭގައި ތިބުމަށް ތާއީދު ކުރައްވައި އޭނާ ވާހަކަ ދެއްކެވި ކަމަށް ރިޕޯޓް ކޮށްފައެވެ. އިއްޔެގެ ޖަލްސާގައި މެންބަރު ޝަރީފް ވަނީ ދުނިޔޭގެ އެހެން ގައުމުތަކުގެ ރައްކާތެރިކަން ދަމަހައްޓަން ބޭރުގެ ސިފައިން ބަހައްޓާ ކަމުގެ މިސާލުތައް ވެސް ދެއްވައިފައެވެ. އަދި ރާއްޖެއާއި އިންޑިއާ ކަނޑުގެ ހިމާޔަތަށް ވެސް އެ ކަންކަން ކުރަން ޖެހިދާނެ ކަމަށް ވިދާޅުވެފައެވެ.
އެކަމަކު މިއަދު މެންބަރު ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "އަޅުގަނޑު ނުބުނަން ރާއްޖޭގެ ސިޔާދަތު ދެމެހެއްޓޭނީ ބޭރުގެ ލަޝްކަރެއް ރާއްޖޭގައި ގާއިމްވެ ތިބެގެން ކަމަށް، ޖަލްސާގެ ރެކޯޑިން ރަނގަޅަށް ބައްލަވާ ލައްވާ،" ކަމަށެވެ.
މީސްމީޑިއާއަށް ވަނީ އުތުރުތިލަފަޅުގެ އެއްބަސްވުން ކަމަށް ވިދާޅުވެ ލިޔެކިޔުމެއް ދައުރުކޮށްފައެވެ. މި ލިޔެކިޔުން މީސް މީޑިއާގައި ޕޯސްޓް ކުރެއްވީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ. އެ ލިޔެކިޔުމުގައިވާ ގޮތުން ވެސް އެއީ އިންޑިއާއިން އެ އެއްބަސްވުން އެކުލަވާލަން ބޭނުންވާ ގޮތުގެ ޑްރާފްޓްއެކެވެ.
މަަޖިލީހުގެ އިއްޔެގެ ޖަލްސާގައި އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ މެންބަރުންގެ އިތުރުން ބައެއް އަމިއްލަ މެންބަރުން ވެސް ވަނީ އުތުރުތިލަފަޅުގެ އެއްބަސްވުން ރައްޔިތުންގެ މަޖިލީހުގެ ސަލަމާތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ހުށަހަޅައިގެން އެއްބަސްވުން ދިރާސާކުރުމަށް ގޮވާލައްވާފައެވެ. އެކަމަކު އެއީ މަޖިލީހަށް ފޮނުވަން ޖެހޭ ބާވަތުގެ އެއްބަސްވުމެއް ނޫން ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.
ޝަރީފުވެސް ސީރާޒު ހިއްޕަވަމުތޯ އަނެއްކާ؟ ހަނދުމަފުޅު ނެތުނީ ރޭގަ މާގިނައިން ހިއްޕެވީތޯ ނޫނީ ކޮވިޝީލްޑް ގެ ކަމެއްތޯ؟
ވަރަށް ބޮޑު ތެދެއް މީ. ކެމްޕޭނުގަ ބުނީ " މަ ވޯޓަރ،" ބުނެވެނީ މަށަށް ވޯޓް ލާށޭ ހެން ހީވަނީ. "ރާއްޖޭގެ ސިޔާދަތު ދެމެހެއްޓޭނީ ބޭރުގެ ލަޝްކަރެއް ތިބެގެން ކަމަށް ނުބުނަން:" ސީދާ މިހެން ނުބުނޭ، ބުނީ " އެހެންކަމުން ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމާއި ކުށުގެ ވެށިން ގައުމު ސަލާމަތް ކުރުމާއި ޓެރަރިޒަމް އިން ރައްކާތެރިވުމަށް ބޭރުގެ ސިފައިން ރާއްޖޭގައި ބޭތިއްބުމަކީ މައްސަލައެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. ކޮބާ ބާ ދޭހަވާ މާނައަކީ ޝަރީފް؟
މަޖިލީހަށް ޖެހޭނީ ކާޑްގެ ބާވަތްތަކުގެ ބިލް އެކަނި ފޮނުވަން ދޯ ނަޝީދޫ؟؟؟؟؟؟ ކަލޯގެ ގަމާރުކަމާއި ޖައްބާރުކަމުން ދިވެހިންނާއި އެއްމެހައި މީސްތަކުން ސަލާމަތްކުރައްވާށި. އާމީން
ކަލޭ ބުނި އެކައްޗެއްވެސް ނޯންނާނެ. ހަތަރު އަނގައި ވާހަކަދައްކާ ރޯނުއެދުރެއްތީ، ކިޔޭނުކިޔޭ އެއްޗެއް ނޭނގޭނީ ހިނދުކޮޅުގަ ހުންނެވީމަތާ؟
ކިޔެކޭ ކިޔާނީ ދެން!!! ކަލޭ މިހާރު ތިބުނި ލަފުޒު އެބުނި ގޮތާ ތަފާތުވެދާނެ އެކަމަކު ކަލޭ ހަމަ ބުނީ ތިޔަ ބުނި ގޮތައް ދޭހަވާ ގޮތައް. އިނގިއްޖެ. ތިޔާ ހަމަ ގައްދާރުން. މިކަން ދިވެހި ރައްޔިތުންނައް އޮޅުވައެއް ނުލެވޭނެ ދެނެއް.
ބޯގޯސް ބެއްޔާ ހަމަޖޭ އޮށްޓަރު ހުރި ވާ ހަކަ ދައްކަބަލަ
ޝަރީފްތިހެންވިދާޅުވެލެއްވިކަމުގައިވިއަސް ބޭރުގެ ލަޝްކަރެެއްތިބުމަކީ ސިޔާދަތުގެއްލުންވެސް
އެއީބެލެވިދާނެކަމެއް އެއީ ގައުމެއްގެ ސިޔާދަތުދެމެހެއްޓުމަށް ގައުމުގެ ސަރުކާރާ ސަރުކާރުން
އެކަމަށް ކަނޑައަޅުއްވާފައިވާ މުއަށްސަސާތަކެއްވާނެ ވީމާ، ބޭރުގެލަޝްކަރެއް ބައިިތިއްބަންޖެހޭނެ
ކަމަށްދެކިލައްވާ ބޭރުގެލަޝްކަރެއްބައިތިބާނީ އަމިއްލަގައުގައި މިކަންބަލަހައްޓަންތިބިފަރާތްތަކަށް
މިކަންނުކުރެވި ފޭލިވުމުން މިއަކީ ގައުމުގެ ސިޔާދަތަށް ބުރޫއަރަންވީކަމެއްނޫންމިކަންނުބެލެހެއްޓޭ
ނަމަ ގައުމުގައިމިކަންބެލެހެއްޓޭވަރުގެބަޔަކާ ޙަވާލުކޮށްނުބެލެހެއްޓޭ ބޭފުޅުން އަވަހަށް އިސްތިއުފާ
ދެއްވާ އިސްތިއުފާނުދެއްވާ މަގާމްގައި ތިއްބެވުމަށް އެހެންބައެއްގެ އަޅުވެތިކަމުގެދަށުގައި ގައުމުގެމިނިވަންކަން ގެއްލުމަށްނެއެދެން ކީއްވެތޯ ސިޔާދަތު ދެެމެހެއްޓުމުގެބޭނުމުގައި ބޮޑުތަކުރުފާނުއާޝަހީދުވި އަޅިރަސްގެފާނު ބޭރުގެ ލަޝްކަރެއް ނުބޭތިއްބީ
ބަލަގަކަލޭ މޮޔަވީތަ! ތިކަހަލަގަމަރުން މިގައުމުގަ ތިބެންޔާ ތިހުރިހާކަމެއްވާނެތަ
ބުނި..ވޯޓް އެއް ނުލިބޭނެ..
މޑޕ މީހަކު ތެދެއް ނުހަދާނެ.
މިފެންނަނީ އެޖެންޑާނަވާރައިގެ ތަފާތު އަބަދު ތިބޭނީ ހިނދުކޮޅުއައިއްސަ ދެފަހަރު ހަމައައް އެކައްޗެއް ނުކިޔޭނެ
ބުނެވުނީ ގައުމު ރައްކާތެރިކުރެވޭނީ ބޭރުގެ ސިފައިން ތިބެގެންނޭ. ާރާއްޖޭގެ ސިފައިންގެ އަގު ވައްޓާލީ.