އައްޑޫ ސިޓީގެ އެއާޕޯޓު ހިންގަން ލިބުނު ފަސް މަހުގެ ތެރޭގައި އިސްކަން ދެއްވީ އެ ސިޓީގެ ޒުވާނުން ބިނާ ކުރަން ކަމަށް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫގެ މޭޔަރު ކަމަށް ކުރިމަތިލެއްވި މުހައްމަދު ލަތީފް ރޭ ވިދާޅުވެއްޖެއެވެ.

"ގުޑް މޯނިން އައްޑޫ ސިޓީ ވިތު ލަތީބެ" ޝޯގައި ވާހަކަ ދައްކަވަމުން ލަތީފް ވިދާޅުވީ އެއާޕޯޓު ހިންގުމާ ހަވާލުވެވަޑައިގެން ފުރަތަމަ ވެސް ބެއްލެވީ ދަރަނިން ސަލާމަތްކޮށް، އެތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މުސާރަ ދިނުމަށް ކަމަށެވެ. އަދި އައްޑޫ އެއާޕޯޓުގެ ހިންގުން ބަދަލުކޮށް ފައިދާއާ އެކު ހިންގާ ތަނަކަށް އެތަން ބަދަލު ކުރަން މަސައްކަތް ކުރި ނަމަވެސް އެކަށީގެންވާ ފައިދާއެއް އެ ތަނުން ނުލިބުނު ކަމަށް އޭނާ ވިދާޅުވިއެވެ.

މި ހުރިހާ ކަމެއް އޮއްވައި، ފުރަތަމަ ވެސް އިސްކަން ދެއްވީ އައްޑޫ ސިޓީގެ އެއާޕޯޓުގައި އެކި ދާއިރާގައި މަސައްކަތް ކުރާނެ ބަޔަކު އުފެއްދުން ކަމަށާއި އެގޮތުން ޒުވާނުންނަށް އެ ފުރުސަތު ހުޅުވާލި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެ ޕްރޮގްރާމްގައި ބައިވެރިވުމަށް 120 ދަރިވަރަކު ކުރިމަތިލި ކަމަށް ލަތީފް ވިދާޅުވިއެވެ. އެކަމަކު ތަޖުރިބާ ކާރުން މާލެއިން ގެނެސް ހިންގި އެ ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާނީ ގާތްގަނޑަކަށް 80 ވަރަށް ޒުވާނުން ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ޒުވާނުންގެ ތެރެއިން ކޮންމެވެސް ވަރަކަށް ޒުވާނުންނަށް އޭރުވެސް ވަޒީފާ ހަމަޖެހިގެން ދިޔަ ކަމަށާއި އެއީ އައްޑޫގެ ޒުވާނުންނަށް ލިބިގެން ދިޔަ ކުރިއެރުމެއް ކަމަށް ގަބޫލު ކުރައްވާ ކަމަށް ލަތީފް ވިދާޅުވިއެވެ. ލަތީފް ވަނީ އައްޑޫ އެއާޕޯޓުގައި މަސައްކަތް ކުރާ މީހުން ނެގުމުގައި ތަމްރީން ޕްރޮގްރާމް ފުރިހަމަ ކުރި ޒުވާނުންނަށް އިސްކަން ދިނުމަށް ވެސް ގޮވާލައްވައިފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އައްޑޫ ދިޔެ

    މަކީ އަސްލު ހަގީގަތިޔަސް އެމްޑީޕީ މީހައް. މައަބަދަށަސް ވޯޓު ދެމުން އައި ޕާޓީއަށް. މިކޯ މިވޭލަކުން ސިޓީގެ ކުރިމަގަށް ވިސްނަފައި ވޯޓު ދޭއްތެބެޖެހެއި. އެހެން ނުނަސް ނިޒާރުގެ ނަން އެމްއެމްޕީއާރުސީ ފައިސާ ލިބެނެ ލިސްޓަ ތެބޯތާއި އަސް ކޭއަޑަ އިވެއި. އަފިރިން އަބަދަށަސް ވަކާލާތު ކެރަނީ ކަރެޕްޝަނާއި ދެކެޑަށް. މިވީ ލެކުން މަވޯޓް މިފަހަމަ މުޙައްމަދު ލަތީފް - ކެންޑިޑޭޓް ނަންބަރު 1 އައް ޔަގީން.....

    1
    2
    • ޖޯރޭ 78

      "އެހެން ނުނަސް ނިޒާރުގެ ނަން އެމްއެމްޕީއާރުސީ ފައިސާ ލިބެނެ ލިސްޓަ ތެބޯތާއި އަސް ކޭއަޑަ އިވެއި."

      "ޔާމީނު އެމްއެމްޕީއާރުސީ ފައިސާ އިން ޑޮލަރަ މާރަ ކެރި އައު އަސް ކޭއަޑަ އިވެއި" ސާބިތު ހުކުމަކަސް ތެބޮއް!

      އެހެންވީމެއި ޕީޕީ ކުލައަށް ނޫނާއު ބެނެވޭނީ!

  2. ހަޗާ

    ދޮގެއް! މި ސޮރު ކުރި މަސައްކަތުން ޔާމިނު ވަނީ ވެރިކަމުން ވެއްޓިފައިޮ