ސައިހޮޓާތަކާއި ކެފޭތަކާއި ރެސްޓޯރެންޓްތައް ބަންދުކުރާނެ ގަޑި ކަނޑަނާޅާއި އެއްކޮށް ދޫކޮށްލަން ޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކެފޭތަކާއި ރެސްޓޯރެންޓްތައް އަދި ސައިހޮޓާތައް ބަންދުކުރަން ޖެހޭ ގަޑި ރޭގަނޑު 20:00 އަށް އޮތްއޮތުން ބަދަލުކޮށް ރޭގަނޑު 22:30 އާއި ހަމައަށް އެތަންތަން ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ މިއަދު އެޗްޕީއޭ އިން ވަނީ ދީފައެވެ.

އެހުއްދަ އާއި ގުޅިގެން ރައީސް ނަޝީދު މިރޭ ކުރެއްވި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސައި ހޮޓާ، ރެސްޓޯރެންޓް އަދި ކެފޭތައް ރޭގަނޑު 22:30 ވަންދެން ހުޅުވާފައި ބަހައްޓައިގެން ހައްލެއް ލިބިދާނެ ކަމަށް އެވިޔަފާރި ހިންގާ ފަރާތްތަކުން ނުބުނާ ކަމަށެވެ. "މިހާރު ބޭނުން ވަނީ މުޅިން ދޫކޮށްލަން." ރައީސް ނަޝީދު ވިދާޅުވިއެވެ.

ހޮޓާ، ކެފޭ، ރެސްޓޯރެންޓުގެ ވިޔަފާރި ކުރާ މީހުން ހާލުގައި ޖެހި އެމީހުންގެ ކަންބޮޑުވުން އިންތިހާއަށް ގޮސް ދުވަހަކު އަރައި ނުގަނެވޭ ވަރަށް އެމީހުންގެ މާލީ ހާލަތު ދަށްވެއްޖެ ކަމަށާއި އެހެންކަމުން މިހާރު ލޮކްޑައުން (ފުރަބަންދު) އުވާލަންވީ ކަމަށް ރައީސް ނަޝީދު ރޭ ވެސް ވިދާޅުވިއެވެ.

މިއަދު އެޗްޕީއޭގެ ނިންމުން ބަދަލުވީ ވެސް ރައީސް ނަޝީދު ރޭ ދެއްކެވި ވާހަކަފުޅާއި ގުޅިގެން ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

ކެފޭތަކާއި ރެސްޓޯރެންޓްތަކުން ޚިދުމަތް ދެވޭނެ ވަގުތު މަދުކުރުމުން ކެފޭތަކާއި ރެސްޓޯރެންޓްތަކުގެ ވިޔަފާރިއަށް އަސަރުކޮށް އެވިޔަފާރިތައް ބަނގުރޫޓް ވަމުންދާ ކަމުގެ ޝަކުވާތައް އެތަންތަނުގެ ވެރިން އަންނަނީ ކުރަމުންނެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ކެފޭތަކާއި ރެސްޓޯރެންޓްތައް ހުޅުވާފައި ބެހެއްޓޭ ގަޑި މަދުކުރި ނަމަވެސް އަދިވެސް ބަލި ފެތުރުމުން މަދުވަމުން އަންނަ މަންޒަރެއް ނުފެނަކަމަށް ވިޔަފާރިވެރިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. އާދަމުގެދަރި

    އޭރުންތާ މިކަލޭގެއަށް ބައިގަނޑު ގޮވައިގެން ރޭގަނޑު ހަތަރުދަމު ހޭލައި އުޅެފައި ބަންގިއަށް ނިދޭނީ.

    41
    3
  2. ދޮނޭ

    މިހާރު މިކަމާ މަޖިލީހުގެ އަނގަގަދަކުރަން ފެށުމުން މައިމޫނައްތާ 10 30 އަށް ބަންދުކުރަން ނިންމީތާ އެހެންވީމައޭ މިބުނަނި މައިމޫނާއަކީ އެމްޑީޕީ ބުނާގޮތަށްހަދާ މީހެކޭ

    38
  3. މޫސަ

    ރާއްޖޭގެ ހާލަތު ރަނގަޅު ވަމުން ދާހެން ހީވީދޯ؟ ބޮއްޅަބޭ އެ އުޅެނީ ހޮޓާ ތަކުގެ ވިޔަފާރި ކުރާ މީހުނަށް ގެއްލުންވާތީއެއްނޫ. ރާއްޖޭގައި ކޮވިޑްގެ ހާލަތު ރަނގަޅު ވުމުން ދަށުން ދަމާބައި ދަމަން އުނދަގޫ ވާނެތީ ރާއްޖޭގެ ހާލަތު ރަނގަޅުވިޔަ ނުދޭން

    29
    1
  4. ޒިމްޒިމް

    ކެފޭތައްވެސް 24 ގަޑިއިރަށް ހުޅުވާށޭ.. އެބަޔެއްގެ ހާލާތެއް ބަދަލެއްނުވާނެއޭ އެބަޔަކު އެކަން ބަދަލްކުރަން ނޫޅެހާހިނދަކު.. އެހެންވީމައޭ އާއްމްހާލަތުގައި އުޅެންވީއޭ.. ދެން އެންމެން މިސްކިތަށްއަރާ ހުރިހާ ރަށަކު އެއްފަހަރާ ﷲއަށް ދުޢާ ދަންނަވަންވީއޭ މިބަލިމަޑުކަމުން ސަލާމަތްކޮއްދެއްވާތޯ.. މިއީ އިންސާނުން ނުބައިވެގެން ހައްދުފަހަނައަޅައި ދިޔައީމަ ﷲ ފޮނުއްވެވި ކޯފާއެއްކަން ޤަބޫލްކުރާށޭ.. މިކަމުން އަޅަމެން ސަލާމަތްކޮށްދެވޭނީ ހަމައެކަނި ﷲ ސވއ އަށްކަން ޤަބޫލްކުރާށޭ.. ހުރިހާ އެންމެންވެސް ތައުބާވެ ހެޔޮއަމަލްތައް ކުރުން ގިނަކުރައްވަވާ.. އިރާދަކުރެއްވެވިއްޔާ ވަރަށް އަވަހަށް މިކަމުން ސަލާމަތްވެވޭނެ..

    28
  5. ހެހެ

    ހަމަހިނިއަންނަނީ.. އިންތިޚާބެއް ބޯމަތިވެފައި އޮތީތީވެ، އެއިންތިހާބު ކާމިޔާބު ކުރަން، މިލާދީނީ ނަޝީދު ރައްޔިތުން ހައްލަންވެގެން މިދުވަސްކޮޅު ކޮންމެފަދަ ކަމެއްވެސް ކޮއްދީފާނެ! އިންތިޚާބު ނިމޭއަރަށް އަނެއްކާވެސް ބަދަލުވާނެ.

    32
  6. Anonymous

    ވޯޓްހޯދާ ހިސާބުން ހުރިހާއެއްޗެއް ފަހުމްވަނީ

    ތީވަރަށް ދެރެކަމެއް

    ވޯޓެއް ކުރީގައި ނެތިއްޔާ ރައްޔިތުމީހާ މަރުވިއަސް އޯކޭ

    30
  7. ޙެހެ

    ގައިދުރުކޮށް ނަމާދު؟ މީ ކޮންކަމއެއް

    26
  8. އިސްތިއުފާ

    ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ

    30
    3
  9. މާމީ

    ކޮވިޑު މާދަމާ ފުރަނީ މޮޔަމޫނާ ސައިޒު ކުރަން ގެންދަނީ

    27
    1
  10. އަލީ

    ވެއްޓެނީ ބަނޑު ވަތައް

    29
    1
  11. ފަހުމީ

    ކުއްލިޔަކަށް އަބަހައްދަކަން ފިލީތަ؟ ތިޔައީ ކަލޭމެން ގަސްތުގައި ރައްޔިތުން އަޅުވެތި ކުރުމަށް ހިންގި ޖަރީމާއެއް ކޮވިޑޭ ކިޔައިގެން.. ރަށްޔިތުން ކަލޭމެންގެ މައްޗަށް އަރައިގަންނަތަން ފެނިގެން ދާނެ ދާދި އަވަހަށް.

    29
    2
  12. ނަސީ

    މަޖިލީހުން ގަރާރެއް ފާސް ކުރޭ ބޭކާރު އަގަނުތަޅާ

    21
    2
  13. ރާޒީ

    ނޫން..ނޫން.. ކޮވިޑުއޮންނަނީ ދުވާލުގަޑީގަ ނިދާފަ.. އޭތި ހޭލަނީ ބަރާބަރު ހަވީރު 6އަކައް.. ދެން އޭތި އުޅޭނީ މަގުމަތީގަ އެކަނި.. އެހެން ހުރެލާފަ ހަމަ ހުރިހާ ސައިހޮޓާތަކައް އޭތި ވަންނަންފަށަނީ 8 ޖަހާއިރު.. ވީމާ ނިގަޑިތަކައް ބަލައިގެން އެންމެން އުޅެފިއްޔާމުން ކޮވިޑު ޖެހުން ވެސް ފެތުރުންވެސް ހަމަ ވަރައް މަދުވާނެ.. އެ ހެޔޮ ހެނދުނު 6 އަކުން ގޮސް ދުވާލު މެނދުރާއި އަދި ހަވީރު ވަންދެން ހޮޓާ ހޮޓަލައް ވަދެ ނިކުމެހަދާ ފިހާރަ އަދި މާޓުތަކުގައި ތޮއްޖެހި އަދި މާލޭ މަގުމަތީގައި ދުވާރު މަތީން ހިނގާ..ލޯންޗު ދަތުރުކޮއް.. ކިޔޫގައި ޖެހި އޭޓިއެމް ކިޔޫޖެހި.. ދެން މިހެންގޮސް ލިފްޓުގައި ތޮއްޖެހި ސީޕުލޭންގެ އެތެރޭ ޖެހިޖެހިގެން ސީޓުތަކުގައި އިށީނދެ އުޅުނަސް.

    4
    1
  14. ހުވާ

    މީނަ ބޭނުންވީނަ މިއޮއްހާދުވަހު ބަންދުކޮށްފައި އޮތީވެސް. މީނަ ބޭނުންވީމަ ހުޅުވީވެސް. ހުރިހާތުރާލެއް މިޖައްސަނީ މީނާކަން އެއްމެނަށް އެނގޭ.

  15. ....

    ޙުރިހާ ކަމެއް ސިޔާސީކޮށް ރައްޔިތުން ހަނާ ކުރަމުންދާ އިރު ރައްޔިތު އެންމެނަށް އެކަން ނޭނގިއޮތުން އެއީ ދަންނަ ބަޔަކު ނެތްކަމަށް ހެކިލިބިދާން ކަމެއްގެ ގޮތުގައި ދުށުމީ ތިމާގެ ނާގާބިލްކަން ކަމުގަ ބެލެވިދާނެ ކަމެއްކަމުގައި ދަސްކުރަންވާނެ....އެހެން ނޫނީ ފަސްއެނބުރި ކުރިމައްޗަށް އިއާދަވެ ފަޟީހަތުުގައި ބާކީ ދުވަސތައް ވޭތު ކުރަން ޖެހުން ގާތް

  16. މަގިލީ

    އޭ މިހެރަ ރޯނު އެދުރާ!!!! ކަލޯގެ ތިޔަހެރަ ރޯނުކަމާއެ.

  17. ބޭރަށް ފެނޭ

    ކެޕެއިންނަށް ތަންތަނަށް ވަދެލީމަ ބުއްޅަބެ މެނަށް ސަޕޯޓް ނެތްކަން އެގުނީ، ތިންހަތަރު ހޮޓަލުން ފަހައި ގަތީމަ

  18. ކަމަނަ

    ތިޔަ ދެން ހޮޓާތައް 24ގަޑި ހުޅުވަން ހުއްދަ ލިބުނީ . މިކަލޭގެ ދެކެ ބިރު ގަންނަނީ މައު މޫނާ އެކަންޏެއް ނޫން އިބޫސާލިހްވެސް ހުންނަނީ މިކަލޭގެ ނުރުހިދާނެތީ ފިތް ކެނޑިފަ މަޖްލީހަށް ތި ގެންދަނީ ބިރުދައްކަން .ޔަގީނޭ ތިތަނަށް ގެންދިއު މުގެ ކުރިން ލޮކްޑައުން އުވާލާނެކަން.

  19. ދަރަނި ދަންތުރަ

    ކަލޭނޭ މިގައުމުގެ ރައީސަކީ އަޅެފަހެ ކާކުބާ...؟

  20. ދަރަނި ދަންތުރަ

    މިއީ އެޖެންޑާ 19 ގެ ސުންޕާކަން ގައުމު ފުނޑާލައިފި ރީނދޫގުރޫޕު....

  21. އައްބޭބެ

    މުޅި ޤައުމުގައި ވަކިހިއްޕާލުމަށް މިހިރަ ވިޔާނުދާ މީހާ ކުރާމަސައްކަތާމެދު ހަމަ ޙައިރާންވެއްޖައީމެވެ. އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެސް އަގުވައްޓާލަން ތިޔަ ތަޅާ ބޭކާރު އަނގަޔާ ހެދި ރައީސްވެސް ހަމަ ޔަޤީނުންވެސް ހިތްޕުޅުހަމައެއް ނުޖެހޭނެއެވެ. ކަލޯ ނިކަން މައިތިރިވެ ހުރެބަލާށެވެ.