އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް މަރިޔަމް ޝިއުނާ ވަކި ކުރަން ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕް މެމްބަރުންގެ މެޖޯރިޓީ ނުލިބުނު ކަން "ވަގުތަށް" މިއަދު އެނގިއްޖެއެވެ.
އެމްޑީޕީގެ މެމްބަރަކު ވިދާޅުވީ ޝިއުނާގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަށް ފެނޭތޯ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގައި ނެގި ވޯޓުގައި ޝިއުނާ ވަކި ކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ 13 މެމްބަރުން ކަމަށެވެ. އެ މައްސަލަ ޕީޖީ ގްރޫޕަށް ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ އަރިސް ބޭފުޅެއް ކަމަށްވާ ހަސަން އަހުމަދު (ހަސަންޓޭ)އެވެ.
އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ތެރޭގައި މި ވޯޓު މި ނެގީ ކޮވިޑް-19 އާ ގުޅިގެން ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަން ހިންގި ކަމަށް ބުނާ މައްސަލައިގައި ތަހުގީގު ކުރިއަށް ގެންދިއުމުގައި އިހުމާލުވެފައިވާ ކަމަށް ވިދާޅުވެ ޝިއުނާގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ނަޝީދު ގޮވާލައްވާފައި ވަނިކޮށެވެ. ނަޝީދު ވަނީ ޝިއުނާގެ އިތުރުން ޕްރޮސެކިއުޓަ ޖެނެރަލް ހުސެއިން ޝަމީމްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ވެސް ގޮވާލައްވައިފައެވެ.
އެކަމަކު، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމުގައި ޝަމީމް ވަކި ކުރަން ފެނޭތޯ ވޯޓަށް އަހާފައެއް ނުވެއެވެ.
އެ ބައްދަލުވުމުގައި އޭސީސީގެ އެއްވެސް މައްސަލައެއް އުޅޭތޯ މަޖިލިހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް މައްސަލައެއް ވެއްދުމަށް އަލިފުށި ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވަނީ ހުށަހަޅުއްވައިފައެވެ.
އެކަމަކު އެ ހުށަހެޅުމަސް ވެސް ތާއީދެއް ނުލިބެއެވެ.
އެ ބައްދަލުވުމުގެ ރިޔާސަތު ބެލެއްޓެވީ މެދު ހެންވޭރު ދާއިރާގެ މެމްބަރު އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމްއެވެ.
މި ކަންބޮޑުވުންތަކުގެ އަޑުތައް އިތުރަށް ގަދަވީ ކޮވިޑް-19 އާ ގުޅިގެން ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގި ކަމަށް ބުނާ މައްސަލައިގައި ދައުވާ ނުކުރަން ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް ދެ ވަނަ ފަހަރަށް ނިންމެވުމާ ގުޅިގެންނެވެ. ޝަމީމް އެގޮތަށް ނިންމެވުމާ ގުޅިގެން މިފަހަރު އެންމެ ބޮޑަށް ފާޑު ކިއުން އަމާޒުވެފައި ވަނީ ވެސް އޭސީސީއަށެވެ.
ވެންޓިލޭޓަރުގެ މައްސަލައިގައި ކޮރަޕްޝަން ހިންގި ކަމަށް ބުނެ މި މައްސަލަ އެންމެ ވަރުގަދަ އަށް ތަހުގީގު ކުރީ ވެސް އޭސީސީންނެވެ.
ހެލްތު މިނިސްޓްރީން ވެންޓިލޭޓަރުތައް ގެންނަން ހަވާލުކުރި އެއް ބަޔަކީ ދުބާއީގެ ކުންފުންޏެއް ކަމަށްވާ އެގްޒެކިއުޓާސް ޕްރައިވެޓް ލިމިޓެޑާއެވެ. އެ ކުންފުންޏަށް އެޑްވާންސްކޮށް ފައިސާ ދެއްކުމުގައި ކޮރަޕްޝަނުގެ އަމަލުތައް ހިންގާފައިވާ ކަމަށް އޮޑިޓަ ޖެނެރަލް އޮފީހާއި އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ ތުހުމަތުކޮށްފައެވެ. އޭސީސީ އިން އެ މައްސަލަ ޕީޖީ އަށް ފޮނުވުމުން ޕީޖީން ނިންމީ އެކަމުގައި ދައުވާ ކުރެވޭ ވަރުގެ ހެއްކެއް ނެތް ކަމަށެވެ. ނަމަވެސް އޭސީސީން ވަނީ އެ ނިންމުން މުރާޖައާ ކުރުމަށް ޕީޖީގައި އެދިފައެވެ.
އަލުން މައްސަލަ މުރާޖާ ކުރުމަށް ފަހު ޕީޖީ ހުސެއިން ޝަމީމްގެ ނިންމުން ބަދަލެއް ނުކުރެއްވިއެވެ. އާއްމުންގެ ކަންބޮޑުވުން ވެސް އިންތިހާއަށް އޮތް ބޮޑު މައްސަލައިގައި ޝަމީމް އިއްޔެ އޭސީސީ އަށް އަންގަވާފައި ވަނީ ވެންޓިލޭޓަރުގެ މައްސަލާގައި އެއްވެސް ބަޔަކަށް ދައުވާ ނުކުރަން މީގެ ކުރިން ނިންމި ނިންމުން ބަދަލު ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.
އެހެންވެތާ މި ކިޔެނީ ބޮޑުވެގެންވާ ބޮޑު ޖަރީމާ އެއް ހިންގަން ކުޅުނު ، ކުޅެމުންދާ ޑްރާމާ ތަކެކޭ، އަދި ވެސް އަހަރެމެން ދިވެހިން ހޭވެރިކަން ވާން ނުވަނީތޯ؟ ހުރިހާ ދިވެހިން ގާސިމަށް ނުވަމާ އެއް ހަރުން އެތައްފަހަރަކު ކަށި ޖެހިޔަ ނުދެމާ ހެޔޮނުވާނެ.
ޢަންނިއާއި އޭނަގެ އައުވާނުން ނޫން އެހެނމީހަކަށް މުސާރަލިބޭކަށް ނޭދޭނެ.
ޝިއުނާއަށް އަސްލު ތިކަމެއް ނުވާނެ.އެއީ އޭނަގެ ކެޕޭސިޓީއެއް ނޫން.
ހުރިހާ ދިމާލަކުންވެސް ކޮރަޕްޝަން.
ވަރަށް މަޖާ ނަޝީދު ހުރިހާ ތާކަށް ލާންވީނު8 މިހާރު އެންމެތާކަށް ނަށީދުލައިގެން އޭނައަަކށް ނުވޭހެން ހީވަނީ..ބޮޑުމުސާރަދީފަ އެހެން
ތީކައުންސިލް އިތިޚާބަށް ކުޅޭ ގޭމް. ޢެމް.ޑީ.ޕީއަކީ ކްލީން ބައެއް ކަމަށް ދެއްކުމަށް ގަންނަ ގަނޑު. ޚުދު ޝިއުނާއަށްވެސް އެގޭނެ އެކަން ނުކާނެ ކަން. ރައީސް އޮފީހަށް ގެންގޮސްފައި އެކަމުގެ މައުލޫމާތު އޮންނާނީދީ ނިމިފައި. ފައްކާ ޔަހޫދީ މަސްހުނިގަނޑު.
ނަމުގެ ފަހަތުގަ ރަތް ބެލޫން އެއް ޖަހާފަ އިންނަނީ ކަމަކު
ކާކަށް ދައްކަން ކުޅޭޑްރާމާއެއް. ތީ އިޚްލާސްތެރި ބައެއްނޫން
އެމްޑީޕީ ދެމި އޮންނާނީ އަބަދުވެސް ވަގުންނާއި އެކު، އަދި އިސްލާމް ދީނާއި ދެކޮޅަށް، ރައީސް ނަޝީދު ގެ ޒަޢާމަތުގައި މިނޫންގޮތަކަށް ވުމަކީ ދުރުކަމެއް.އޭނާގެ ވިސްނުމަކީ ދިވެހިރައްޔިތުން ނަށް ޚިދުމަތް ކޮށް ޤައުމެއް ތަރައްޤީ ކުރުމެއްނޫން، މިކަން ވަރަށް ސާފުކޮށް މިއޮތީ ފެންނަން، މަޖިލިސް މެޖޯރިޓީ އޮވެ ރައީސް ކަންވެސް އޮވެ ދެ އަހަރާއި ބައި ފާއިތު ވެގެން ދާއިރު ރަގަޅު ޚިދުމަތެއް ނުދެވުނު، ރައްޔިތުން މިތިބެނީ ޖެހެނީ މާދަމާ ބުނާނެއެއްޗެއް ނޭނގިފައި ހާސްކަމާއި ބިރުވެރި ކަމުގައި، ހަމަޖެހިގެން އަރާމު ކޮށްލަން ވަގުތެއްނުލިބޭ، ވީމާ ރައްޔިތުންނަށް އެއްޗެއްވިސްނޭނެ ކަމަށް އުންމީދުކުރަނީ. ޕީޖީ އަދި އޭސީސީގެ އެއްވެސް މީހަކު މަޤާމުން ވަކި ކުރުމަކީ މިސަރުކާރުން ނުވަތަ މަޖިލީހުން ކުރާނެ ކަމެއްނޫން.
ރައްޔިތުން ގުނބޯ ހައްދަނީ ބޮޑު ބޯވަ ބުނެގެން ބަިކައްކާކުޅެނީ
އެމްޑީޕީ ހިންގާ ކޮޕްރަޝް ތަހުޤީގުކޮށް ކޮރަޕްޝަން ހުއްޓުވަން އެމްޑީޕީ އުޅެފާނެތޯ ؟
ޝިއުނާ އެހުރީ އެކޮމިޝަން އެމްޑީޕީ މީހުނަށް ފައިދާވާގޮތަށް ހ.ސަކީނާމަންޒިލް ކިޔާ ގެޔަށް ބަދަލްކޮށްދީފައި ދެން ކިހިނެއްތޯ ޝިއުނާގެ ވޯޓެެެއް އެމްޑީޕީ ނަގާނީ ؟
ބަލަ ތިކަން ވާނީ ތިހެންނެވެ. އޭނައަކީ މި ސަރުކާރުގެ ކޮރަޕްސަންގެ މައްސަލަތަކަށް ދެލޯ މަރާލައިގެން ހުރި އެމްޑީޕީގެ ޕަޕެޓެއްކަން ރައްޔިތުން ދަނެއެވެ.