މާލޭގައި މުރަނގަ މަގުގައި ބޮޑު މާރާމާރީއެއް ހިންގައިގެން ފުލުހުން އެ ސަރަހައްދަށް ދިޔުމުގެ ކުރިން މާރާމާރީގައި ބައިވެރިވި މީހުން ފިލައިފިއެވެ.
މި މާރާމާރީ ހިންގާފައި ވަނީ މިރޭގެ ވަގުތެއްގައެވެ.
މާފަންނު ބީޖީ ކުރިމަތީ މި މާރާމާރީ ހިންގިިއިރު، މިހާރު މީސް މީޑިއާގައި ދައުރުވަމުން އަންނަ ވީީޑިއޯއިން ފެނިގެން ދަނީ ގިނަ އަދަދެއްގެ ފުލުހުންތަކެއް އެ މަގުގައި ހަަރަކާތްތެރިވަމުންދާ ތަނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ވަގުތު" އަށް ވިދާޅުވީ، އެ މަގުގައި މާރާމާރީއެއް ހިނގައިގެން ފުލުހުންނަށް މިރޭ 8:13 ހާއިރު މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އަދި ފުލުހުން އެ ސަރަހައްދަށް ދިޔައިރު، އެ މީހުން އެ ސަރަހައްދު ދޫކޮށް ގޮސްފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
އަދި މިކަމާއި ގުޅިގެން ފުލުހުން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
😁
މަސްއޮޑި
ދެން ތިބެންވީ ތަ؟ އަޖައިބެއް އެމީހުން ތިބޭނެ ތަ؟ ހަހހަހަ
ފުލުހުން އެބަދަން. ކަން ނިމޭހާއިރުކޮށްފައި އެބަދަން. އިހަށް މަޑުކޮށްލާ. މާދަމާގެ ނިއުސް ކޮންފަރެންސް. ފުލުހުންގެ ސީރިއަސް އޮގަނަޒައިޒް ކްރަމް ޔުނިޓުން އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި އެބަބަލަން. މާލެތެރެ ބެލެހެއްޓުން ވަރުގަދަކޮށްފައިވާނީ. މިހާތަނަށް އެއްވެސް މީހަކު ހައްޔަރެއް ނުކުރެވޭ. ފުލުހުން ދަނީ ބަލަމުން. ނިއުސް ކޮންފަރެންސް ނިމުނީ. ހުރިހާ ނޫސްވެރިން ޚަބަރު ލިޔެލާނެ. ކިޔާމީހުން ކޮމެންޓް ކޮށްލާނެ. ތަޅާމާރީ ހިންގާ މީހުންގެ ވީޑިއޯ އެންމެން ބަލާފައި ސުބްހާނަﷲއޭ ގޮވާނެ. ތަޅާފޮޅާކުދިން އުފާފާޅުކުރަމުން މަގުމަތީގައި ދުވާނެ. 2 ހަފުތާ ފަސް. އަލުން އާކަމެއް ހިނގާނެ. ކުރީގެ ވާހަކަ އެކަކުވެސް ނުދައްކާނެ. އެލެކްސް ބުނާނީ އެއީ ޒުވާނުން ކުދިންކޮޅެއް ވީހާ ހައްގުތައް ރައްކާތެރިކުރަންވާނެކަމަށް. މަޖިލީހުގެ ކޮމިޓީން ބުނާނީ ސަރުކާރުގެ މުވައްސަސާއަކުން ޙައްގުތައް ކަށަވަރުކޮށްފައި އަދަބުދިނުން ހުއްޓާލާފައި ރީހެބިލިޓޭޓް ކުރެވެން ނެތްކަމަށާއި އެކަން އަވަސްކުރަންޖެހޭ ކަމަށް. ކޮމިޓީ ނިމުނީ. މަސްނިމުނީ. ކޮމިޓީ އެލަވަންސް ބަރާބަރަށް ލިބޭނެ. ސިވިލް ސަރވަންޓުން ލިބޭ ފައިސާކޮޅުން ނުފުދިގެން ރޯލަރޯލާ ތިބޭނެ. ޑިމޮކްރަސީއަކީ މިއީ. ވަލްހަމްދުލިއްލާހި.
ކަލޯ މެން ތިންފަށް އެރިފަހުން މާ އަވަހަށް ތި ދެވެނީ
ނެތް ކޮމެންޓް އެއް. މި ތިބީ އައު ހުވާ ކޮށްގެން. ދެން މޯލްޑިވްސް ލަލަލާ
ހަމަ ހިންދީ ފިލްމުގައި ވާހެން ވާނީ، ކަން ނިމެންދެން މަޑުކުރާނީ، ދެން ސީންއަށް ގޮސް ބުނާނީ ނެތޭ، ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަނީއޭ.
ފުލުހުންގެ އާ ގާނޫނު އަސާސީ ބުނާގޮތުން ހީވަނީ ކަންކަން ނިމުނީމަ އަންނަން ތިބި ބަޔެ ހެން.
މާދަމާގެ ނިއުސް ކޮންފަރެންސް. އާ ގާނޫނުގެ ދަށުން ތަޅަންތިއްބާ ނޫނީ ހައްޔަރުކުރެވޭކަށެއް ނެތް. ގޭންގު މާރާމާރީ ހުއްޓުވުމުގެ ގާނޫނު އޮތްގޮތުން ފުލުހުންގެ މަސައްކަތަށް ހުރަސްއެޅޭ. ޖިނާއީ އިޖުރާތުގެ ގާނޫނުގެ ދަށުން ގޮންޖެހުންތަކެއް އެބަހުރި. ފުހުންގެ ދައުރު އަދާކުރުމަށް ބޮޑެތި ހުރަސްތައް ހުރިނަމަވެސް ފުލުހުން ދަނީ މަސައްކަތްކުރަމުން. ނިއުން ކޮންފަރެންސް ނިމި ޚަރަބުރު ލިޔެފި. އެލެކްސްގެ ބަޔާން. ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރަންޖެހޭ. އެއްވެސް ކުއްޖަކު ހިފައި ހައްޔަރުކޮށް އަދަބުދިނުމަކީ ކޮށްގެން ވާނެ ކަމެއް ނޫން. މެންބަރު މަޖިލީހަށް ކުއްލި މައްސަލައެއް. މާދަމާގެ ކަސައުޓީ ނިމިދާނެ. ސަރުކާރުން ވީހާ އަވަހަކަށް ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ގޮވާލެވިއްޖެ. ވަލްހަމްދުލިއްލާހި.
މިވީހާތަނަށް ލައިވް ސީންއަކަށް ދެވިފައި ހިރި ކަމެއް ނޭނގެ. އަދިވެސް މުސާރައޭ ކިޔާގޮވާނެ
ޖޯކުގެ ޖޯކް...މިގައުމު ސަލާމަތް ކުރައްވާށި. އާމީން
ފުލުހުން ދިޔަ އިރު "ލެއްގި" އޮތީ ބިރުން ގެއަކަށް ވަދެ ފިލާ.. އޭނާ އެގެއިން ނިކުން އިރަކުން ހަނދަމާނެކަމަށް އެ ސަރަހައްދު ކުދިނ
ލެއްގި އޮތީ ބިރުން އެތާ އޮތް ގެއަކަށް ވަދެ ފިލާ.. އޭނާ އެގެއިން ނިކުން އިރަކުން އެ ސަރައްދު ކުދިން ބުނަނީ ނޮޅާނެ ކަމަށް.. ވަރަށް ސަލާމް