ނާކާމިޔާބީ ކުރިމަތިވިޔަސް ސިޔާސީ މަސައްކަތުންވެސް އަދި ލީޑަރު ކަމުންވެސް ދުރަށް ވަޑައިނުގަންނަވާނެ ކަމަށް އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިއްޔެ މުޅި ރާއްޖޭގައި ކުރިއަށް ގެންދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި އެންމެ މުހިންމު އެއް ދާއިރާ ކަމަށްވާ މާލެ ސިޓީން ވެރިކަން ކުރާ އެމްޑީޕީއަށް ކުރިމަތިވި ނާކާމިޔާބީ އާއި ގުޅިގެން ސިޔާސީ މަސައްކަތުން ދުރަށް ޖެހިވަޑައިގަނެފާތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، އެކަހަލަ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށެވެ.
ނޫސްވެރިޔާ ސުވާލުކުރިއިރު، ބޭރުގެ ބައެއް ގައުމުތަކުގައި ނާކާމިޔާބީއެއް ކުރިމަތިވެއްޖެ ނަމަ ޕާޓީގެ އިސްވެރިން ދުރަށް ޖެހިވަޑައިގަންނަވާކަން ވެސް ފާހަގަކުރިއެވެ.
ނަޝީދު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގައި ނާކާމިޔާބީއެއް ކުރިމަތިވި ނަމަވެސް ޕާޓީގެ ލީޑަރޝިޕުުން އެއްވެސް ފަރާތެއް ދުރަށް ދިޔަ މަންޒަރެއް މީގެ ކުރިން އެމަނިކުފާނަށް ފެނިފައި ނުވާކަމަށާއި، އަދި ކުރިއަށް އޮތް ތަނުގައި ޕާޓީގެ މަސައްކަތުން ދުރަށް ދިއުމަށް ގަސްދު ނުކުރައްވާކަމަށެވެ.
"އަޅުގަނޑު ދަަންނަ އެއްވެސް ތަނެއްގައި ލޯކަލް ކައުންސިލް އިންތިހާބެއް ނިމިގެން ޕާޓީގެ މީހަކު ވަކިވި ތަނެއްވެސް ނުދެކެން. މި ލީޑަރު ވަތްކެއް ނުވާނެ" ނަޝީދު ވިދާޅުވިއެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި އިތުރަށް ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ އެއްވެސް ސިޔާސީ ލީޑަރަކީ، އަދި ޕާޓީއަކީ ނުވަތަ ފިކުރަކީ ތާއަބަދަށް ދެމިގެންދާނެ އެއްޗެއް ނޫން ކަމަށާއި، އެ ފަރާތްތަކުން އެކަން ގަބޫލުކުރަން ޖެހޭނެ ކަމަށެވެ. އަދި އޭމަނިކުފާނަށް ވޯޓު ދޭން ނުފެންނަ މީހަކުވެސް "ދާންވީ" ކަމަށާއި، އަދި ސިޔާސީ ހަޔާތުގައި އޮތް މަގުބޫލުކަން ގެއްލިގެން ދާކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
ތިޔަބޭފުޅާގެ އަނގައިގެ ނުބައިކަމުން އިންތިޚާބުގައި ބަލިވާން ޖެހުނީ! އަދިވެސް އަނގަ މައިތިރިކޮށްގެން ހުރެވޭތޯ ބަލަ! ބޮޑާވެ ކިބުރުވެރިވާކަށް.
މި ކަލޭގެ މީ އަޅެ ދިވެހިރާއްޖެއަށް ޖެހިފައި އޮތް ބޮޑު މުސީބާތެއްނު
ދާނެ ކަމެއްނެތް، ގޮތްދޫނުކޮށް މުޑުދާރުކަންމަތީ ހުރެވޭތޯ ބަލާތި؟ ތިޔައުޅެނީ އަހަރުމެން މިޕާޓީ ފެނުޖައްސާލަން. ޑިމޮކުރަސީ ނުދަންނަ މީހުން އެބައުޅޭ؟ އާލީޑަރުން އިސްވަންއެބަޖެހޭ. އެހެންބަޔަކާ ޕާޓީ ހަވާލް ކުރަންއެބަޖެހޭ.
ތަރިކައެއްދޯ
ދުރަ އްނުގޮސް ބަގުޑިބަ އްދަ އިގެން އޮވޭ !!
...... އަހަރެމެންހިނގަ އިދާނަން !!
ބަލި ވެއްޖެއްޔާ ގޮނޑި ދުއްވަން ވަޑައިނުގެން ހުންނަވާފާނެ ކަމަށް އަޅުގަނޑު ނުކުރާނަން ގަބޫލެއް
ބަރުލަމާނީ ދަންނަ މީހަކުނަމަ އިސްތިއުފާ ދޭނެ.ދެން ބަލިކުރާނީ ވަރަށް ހުތުރުކޮށޤ އިން ޟާ ﷲ
މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ގޮނޑި ގެއްލުނަސް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީ ބައްޔެއް ނުވޭ. އިންތިހާބު ބޭއްވީ މުޅި ރާއްޖޭގައި. އެންމެ ގިނަ ގޮނޑި ލިބުނީ އެމްޑީޕީއަށް. އެހާވަރަށް އިދިކޮޅުން އެންޓި ކެމްޕޭންކުރިއިރުވެސް ކޮވިޑް 19 ގެ ބަލިމަޑުކަމުގައި ސަރުކާރުން ގައުމުގެ ކަންކަން ކުރިޔަށް ގެންދަނީ ރަނގަޅަށްކަމަށް މެޖޯރިޓީ ރައްޔިތުން އެއޮތީ ބުނެފަ
ދެވޭނޭގޮތެއް ނެތް،،، އެއްވެސް ޑިކްޓޭޓަރަކުގޮސްފައެއް ނެތް
ކަލޭ އަނގަތަޅަން އިނދޭ! މިވަރުގެ މީހެއްނެތިގެން އަނގަޔަށް ރެވިތެޔޮ އެޅިގެން އުޅޭހެން މޮޅުވާހަކަ ނުދައްކާ އިނދޭ! ފެއިލްވެފަ ތިތިބީ! ރައްޔިތުން ބަލައެއްނުގަނޭ މިހާރު ތި ބުއްޅަބެޔެއް! ކަލޭ ކޮންމެ އެންޓި ކެމްޕޭނެއް ކުރިޔަސް ކަލޭމެންގެ ހިސްޓްރީ އޮތީކިހިނެއްކަން ދިވެހިންދަނޭ! އަހަރެމެންގެ ސިކުނޑިއަކާ ކަލޭމެން އމްޑީޕީން ކުޅެން ހިތައްވެސް ނާރުވާތި! ސައިޒުގަތިބޭ!
ޢެގެޔޭ ވެރިކަމާ ބޫތުކާއިފަ ހުރި ބޭފުޅަކު ދުރަށް ވަޑައިނުގަންނަވާނެކަން.
އެހެންވީމާ އަހަރެމެން މި ބުނަނީ ތިއީ ޑިކްޓޭޓަރެކޭ، އެއްވެސް ތަފާތެއް ނެތޭ، ވިލާތު މީހުން ކަންތައް ކުރާ ގޮތް ދަހެއް ނުވެޔޭ، އުޅުނީ ސިލޯން ގައި ކަމަށްވާތީ 3 ވަނަ ދުނިޔޭގެ ޑިމޮކްރެޒީ އޭ ކަލެއަށް އެނގެނީ.