ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީ މޭޔަރު ކަމަށް ވާދަކޮށް، ނާކާމިޔާބުވި އަލްހާން ފަހުމީ، އެމްޑީޕީގެ ޓިކެޓުގައި ރާއްޖޭގެ ރައީސް ކަމަށް ވާދަކުރައްވަން ޝައުގުވެރިކަން ފާޅުކުރައްވައިފިއެވެ.
ކުރިން އެމްޑީޕީގެ ރައީސްކަމުގެ މަގާމުގައިވެސް ހުންނެެވި އަލްހާން ވިދާޅުވީ، އެމްޑީޕީ ޓިކެޓުގައި އަލްހާން ރައީސް ކަމަށް ކުރިމަތިނުލާންވީ ސަބަބެއް ނެތް ކަމަށެވެ.
އަދި ޑިމޮކްރަޓިކް އުސޫލުތައް އަލުން ގާއިމްކޮށްގެން، އެމްޑީޕީއަށް އަދިވެސް ކާމިޔާބު ހޯދޭނެ ކަމަށް އަލްހާން ގާބޫލުކުރައްވަފައެވެ. އެދެނީ އެމްޑީޕީއާއެކު މިކަމުގައި ކުރިއަށްދާން ކަމަށްވެެސް އަލްހާން ވިދާޅުވިއެވެ.
އަލްހާން މިގޮތަށް ވިދާޅުވެފައި ވަނީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވެރިކަމަށް ކުރިމަތިލަނީ ކޮން ބައެއްތޯ މީހަކު ކުރި ޓްވީޓެއް ރީޓްވީޓް ކުރައްވަމުންނެވެ.
އެ މީހާގެ ޓްވީޓްގައި ވަނީ، ރައީސް ކަމަށް ވާދަކުރައްވާ އެ ކެންޑިޑޭޓަކީ މިހާރު ވެރިކަމުގައި ހުންނެވި ފަރާތަށް ނުވުން އެދޭ ކަމަށް ކަމަށް ބުނެފައެވެ.
އިއްޔެ ބޭއްވި ކައުންސިލް އިންތިހާބުން އަލްހާން ނާކާމިޔާބުވެވަޑައިގެންނެވީ، ކުރީގެ ހައުސިންގ މިނިސްޓަރ އަދި ޕީޕީއެމްގެ ނައިބް ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެމްޑީީޕީގެ ޓިކެޓުގައި ވާދަކުރެއްވި އަނަސް އަބްދުއް ސައްތާރުއާ ވާދަކަށެވެ.
މި ގޮނޑި ކާމިޔާބު ކުރައްްވާނީ ޑރ. މުއިއްޒު އެވެ.
މީއަނެއްމުނާފިގު
ބޯހަމަ ޖެހޭ ހެނެއް ހިޔެއް ނުވޭ
މަގޭ ލަދުން ނެއް މިޔައް ކުރަނެ ކޮމެންޓެއްވެސް.
ކެނަބިސް ހުއްދަކޮށްފަ ދޯ
ޝުޖާޢު ޙުސައިން އަލްހާނު ފަހުމީ މޫސާ އަންވަރު މިއީ އެއް ކެޓަގަރީ އެއްގައި ހިމެނޭ ބޭފުޅުން..
ކަލޯ ރަސްކަން ކުރަން ތައްޔާރުވޭ މޑޕ ގެ ޓިކެޓުގަ.
ބޯހަމަ ޖެހޭ ހެނެއް ހިޔެއް ނުވޭ !! މިކަހަލަ މީހުންނަށް ރައީސްކަން ކުރެވޭނެބާ ؟؟ 😂😂😂
ބޮލަށް ބޭސް ކުރޭ ބޮޑުވަރު ނުވަނީސް
ދުނިޔޭގެ ވެރިކަން މިބޭފުޅާއަށް ދޭން ފެންނަނީ.
އޯކޭތޯ
ދެފުއްކެހެރިބެ
އޭރުވެސް އެގެޔޭ މޭޔަރުކަމަށް އަމިއްލަގިތުންނޭ ކިޔާފަ ކުރިމަތިލީވެސް މޑޕ އިން އަންގައިގެންކަން
މި އަލްނު މީ ހަމަ މީހެއްތޯ ސުވާލު އުފެދެއެވެ. މާ ޑިމަކުރަޓިކް ވެގެން މޮޅުވާހަކަ ދައްކާފައި އިންތިޚާބުން އެންމެ %1 ވެސް ނުލިބި ތިމާ ފެއިލްވީމައި ދެން ނިކުމެ މިބުނަނީ ދެން ތިމަންނާ ވާދަކުރާނީ ރާއްޖޭގެ ރައީސްކަމުގެ މަގާމަށް ކަމުގައެވެ.
އަނެއްކާ އަނެއް ކަނޑުކޮސް.. ކަންފަތުލާ މުންޖޭ ކިޔާބަލަ..!
ތިޔަކަށް ނެއްތާއީދެއް %5 ވެސްނުލިބޭނެ..އެއްވެސް ޕާޓީއަކުންވެސް ޖާގައެއްނެއް..ކޮންމެސް އެހެންކަމަކާ އުޅޭ..
ބުރޯ ހޮވޭނެ...ލާރިކޮޅެއް ހަމަޖަށްސާތި ވަރަށް ވަރުގަދައަށް ޖައްސަންވާބެ...ހިހިހީ