އެމްޑީޕީއާ ވާދަވެރި ސިޔާސީ ޕާޓީތަކުގެ މެޖޯރިޓީ އޮތް ކައުންސިލްތަކަށް ވެސް އެއްބާރުލުން ދޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
މިއަދު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހް ވިދާޅުވީ ދައުރުގެ މެދު ތެރެއިން ބޭއްވި މި އިންތިޚާބުގައި އެމްޑީޕީއަށް ލިބިފައި ވަނީ ރަނގަޅު ކާމިޔާބީއެއް ކަމަށެވެ. މި ގޮތުން ކައުންސިލްތަކުގެ 43 އިންސައްތަ ގޮނޑި އެމްޑީޕީއިން ކާމިޔާބުކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސްގެ ވެސް އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ ގިނަ ސިޔާސީ ޕާޓީ ހިމެނޭ ޑިމޮކްރެޓިކް ނިޒާމު ތައާރަފްވި ފަހުން އަބަދުވެސް އެމްޑީޕީއިން މެޖޯރިޓީ ނަގަމުން އައި މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީ މި ފަހަރު ގެއްލިގެން ދިއުމެވެ.
މިހާތަނަށް ލިބިފައިވާ ނަތީޖާތައް ދައްކާ ގޮތުން މާލެ ސިޓީ ކައުންސިލްގެ 17 ގޮނޑީގެ ތެރެއިން 12 ގޮނޑި ޕީޕީއެމްއިން ވަނީ ކާމިޔާބުކޮށްފައެވެ. އޭގެ ތެރޭގައި މާލޭގެ މޭޔަރުގެ ގޮނޑި ވެސް ހިމެނެއެވެ. އެމްޑީޕީއަށް ލިބިފައިވަނީ ހަތް ގޮނޑިއެވެ.
މާލެ ސިޓީއިން އެމްޑީޕީއަށް ދަށް ނަތީޖާއެއް ލިބިފައިވުމާ ގުޅިގެން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ މާލެ ސިޓީގެ އިންތިޚާބީ ކައުންސިލްއަށް އެމަނިކުފާނުގެ އެއްބާރުލުން ލިބޭނެ ކަމަށެވެ. ރާއްޖޭގެ ހުރިހާ ކައުންސިލަކަށް ވެސް އެމަނިކުފާނުގެ އެއްބާރުލުން ލިބިވަޑައިގަންނަވާނެ ކަމަށެވެ.
"މާލެ ސިޓީ ކައުންސިލަށް ވެސް ދޭން ޖެހޭ އެއްބާރުލުން ދޭނަން. ކޮންމެ ޕާޓީއެއްގެ މެޖޯރިޓީ އޮތަސް ކައުންސިލްތަކަށް އެއްބާރުލުން ދޭނަން. ކޮންމެ ރަށެއްގެ، ކޮންމެ ޕާޓީއެއްގެ މެޖޯރިޓީ އޮތް ކައުންސިލްތަކަށް އެއްބާރުލުން ދޭނަން،" ރައީސް ސޯލިހް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ މާލެ ސިޓީގެ އިންތިޚާބު ބަލިވި ނަމަވެސް މާލޭގެ ރައްޔިތުންގެ ކަންބޮޑުވުންތައް އެމްޑީޕީއަށް އެނގޭ ކަމަށެވެ. އެ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް އޮތީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށެވެ. އެކަމަކު ނަތީޖާއިން އެމްޑީޕީ ބަލިވީ ޕާޓީގެ ލީޑާޝިޕްއަށް ވެސް ހީކުރެވުނު ވަރަށް ވުރެ ރައްޔިތުންގެ ކަންބޮޑުވުން މާ ބޮޑަށް އޮތުމުން ކަމަށެވެ.
އެއްބާރުލުންނުދީ ވާނެގޮތެއްނެތް. ތިހުރީ ސައިޒްކޮށްފާ. ދެން ކިރިޔާ ކަތިފިޔަވަޅެއް އެޅިއަސް ކުޑަކަކުލަށް ތިރިކުރާނަށް.
ބަލަ ސައިޒު ކުރީ ކިހިނެއް. މާލެޔަށް ވުރެ އަތޮޅުތެރޭން ގިނަ ވޯޓު ލިބުނު. ރިޔާސީ އިންތިހާބުގަ ބަލާނީ ޖުމްލަ ވޯޓަށް. މީ ބޮޑަށް އާއިލާ އާއި ރައްޓހިން ހޮވަންލާ ވޯޓެއް. މީގަ ގޮނޑިޔަކަށް ހޮވިދާނެ ފަސް ވޯޓު ލިބޭ މީހާވެސް. ބަޖަރާ ސިޔާސީ ކަންކަމަށް އަދި ޅަވާނެ.
މަނިކުފާނުގެ އާރާއި ބާރުގައި ވެރިކަން ހިންގަންވާ ގޮތަށް ހިންގަވައިފިއްޔާ ފިސާރި ނަލަ ދުވެލީގައި ހުރިހާ އެންމެން އެއްގަލަކަށް އަރުވައިގެން ނިޔާމަ ދަތުރެއް ކުރެވޭނެ. މަނިކުފާނު ވެރިކަމަށް ވަޑައިގެންނެވީވެސް އެމަގުން. މިހާރު އެމަގުން ނިޔާމަ ދަތުރުފުޅެއް ނުކުރެއްވިގެން ތިޔަ އުޅުއްވަނީ އަނގަގަދަ މިތުރަކާޖެހިގެން. ބޮޑުވަޒީރުކަން ނުލިބިގެން އުޅޭ މޮޔަ ސޮރަކާހެދި. އެ ސޮރު އެއްފަރާތްކޮށްގެން ނޫނީ ކާމިޔާބެއް ނެތް.
ސޯލިހު ޕަސަންޓޭޖު ހަދަނީކިހިނެ ކަމެ ނޭގުނު %68 އިދިކޮޅައް ދީފަރައްޔަތުންވަނީ ދެންވައްކަން ނުކޮއް ހަޖަމްކުރަންވީ
"ކޮންމެ ޕާޓީއެއްގެ މެޖޯރިޓީ އޮތަސް ކައުންސިލްތަކަށް އެއްބާރުލުން ދޭނަން: ރައީސް"
މިއީ ޙަގީގަތުގައި ރައީސް ވިދާޅުވެގެންވާނެ ވާހަކަފުޅެއް ނޫން! ސަބަބަކީ ގައުމުގެ ރައީސަކީ ގައުމުގެ ހުރިހާ ރަށެއްގެ، ހުރިހާ ކައުންސިލްތަކެއްގެ، ހުރިހާ ރައްޔަތުންގެ ރައީސް. ނަމަވެސް ގައުމެއްގެ ރައީސަކަށް ހުންނަވާ ބޭފުޅާ ވަކިގުރޫޕަކަށް އެކަނި ނިސްބަތްވެގެން ހުންނެވުމަކީ ވަރަށް ހުތުރުކަމެއް. ވެރިމީހާ ކިބައިން ފެންނަން ޖެހޭނީ ވަކިފަރާތަކަށްނުޖެހޭ ކުލައެއް، ވަކިފަރާތަކަށްނުޖެހޭ ބަސްތަކަކާއި ޢަމަލުތަކެއް. ގައުމުގެ ރައީސްއަކީ ވަކިގުރޫޕެއްގެ މީހެއްކަން އެއްވެސް ގޮތަކުން ދައްކުވައިދެވޭނަމަ އެވެރިޔަކު އެނިޒާމެއްގެ ތެރެއިން ގެނެވިފައިވާ ނިޒާމަކީ ވަރަށް ނުރަގަޅު ނިޒާމެއް!