17:51
އެމެރިކާގެ މިޗިގަންގައި ކޮވިޑް-19 އަށް ފައްސި ވާ މީހުން އިތުރުވެފައި ވާތީ އެ ސްޓޭޓް ފުރަބަންދު ކުރަން ޖެހޭކަމަށް ސެންޓަރ ފޯ ޑިސީސް ކޮންޓްރޯލް އެންޑް ޕްރެވެންޝަން (ސީޑީސީ) އިން ބުނެފި
Covid Ah Fassi Vaa Meehun Ithuruvaathee Michigan Furabandhu Kuran Govaalaifihttps://t.co/Jyc3ExYtSD
— Vaguthu Online (@VaguthuOnline) April 13, 2021
16:45
ޖޯންސަން އެންޑް ޖޯންސަން ވެކްސިން ހުއްޓާލުމަށް ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އާއި ސެންޓަރ ފޯ ޑިސީސް ކޮންޓްރޯލް (ސީޑިީސީ) އިން ގޮވާލައިފި.
Ley Ganduvumuge Mahsala Dhimaavaathy Johnson And Johnson Vaccine Jehun Huhttaalan Govaalaifihttps://t.co/sUfWBfcDPx
— Vaguthu Online (@VaguthuOnline) April 13, 2021
14:33
ކޮރޯނާވައިރަސް ފަދަ އިތުރު ނުރައްކާތެރި ބައްޔެއް ފެތުރުމުގެ ފުރުސަތު ހަނި ކުުރުމުގެ ގޮތުން ދިރޭ ޖަނަވާރު މާރުކޭޓުތަކުގައި ވިއްކުން އެއްކޮށް ހުއްޓާލުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިވްއެޗްއޯ) ގޮވާލައިފި
BREAKING: Market Thakugai Dhirey Janavaaru Vikkun Huttaalumah WHO In Govaalaifihttps://t.co/s5IwwdVc5P
— Vaguthu Online (@VaguthuOnline) April 13, 2021
14:18
ލޯ ސްކޭންކޮށްލައިގެން ތިން މިނެޓު ތެރޭގައި ކޮވިޑް-19 ހުރިތޯ ނުވަތަ ނޫންތޯ ބެލޭނެ ގޮތެއް ހޯދައިފި.
Loa Scan Kollaigen 3 Minute Thereyga Covid Hurithoa Beleyne Goiy Hadhaifihttps://t.co/0neaukuy5I
— Vaguthu Online (@VaguthuOnline) April 13, 2021
ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު މަދުވަމުން އަންނަކަމަށް ތަފާސް ހިސާބުތަކުން ދެއްކި ނަމަވެސް އެއީ ކޮވިޑް-19 އަށް ޓެސްޓް ކުރާ މީހުންގެ އަދަދު މަދުވުމުގެ ސަބަބުން އައިސްފައިވާ ބަދަލެއް ކަމަށް ލަފާކުރެވެން ފަށައިފިއެވެ.
މިއަދު 84 މީހަކު ކޮވިޑަށް ފައްސިވިއިރު މިއަދު ރާއްޖެ އިން ކޮވިޑަށް ޓެސްޓް ކޮށްފައި ވަނީ ވެސް 2216 މީހުންނެވެ. ރާއްޖެ އިން މިހާރު ގިނަ ދުވަސްދުވަހު ކޮވިޑަށް ޓެސްޓް ކުރާ އަދަދު އުޅެނީ 2000 ގައެވެ. ނަމަވެސް މީގެ ކުރިން ބައެއް އެންމެ ދުވަހެއްގެ ތެރޭގައި 4000 އަށްވުރެ ގިނަ މީހުން ވެސް ކޮވިޑަށް ޓެސްޓް ކޮށްފައި ވެއެވެ.
މިހާރު ކޮވިޑަށް ޓެސްޓް ކުރާ އަދަދު މަދުކުރި ސަބަބެއް އެޗްއީއޯސީ އިން ވިދާޅެއް ނުވެއެވެ.
މިއަދު މާލެ އިން ކޮވިޑަށް ފައްސިވީ 32 މީހުންނެވެ. މިއަދު އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 37 މީހުން ކޮވިޑަށް ފައްސިވިއެވެ. ރިސޯޓްތަކުން މިއަދު ފައްސިވީ 13 މީހުންނެވެ.
ރާއްޖެ އިން ކޮވިޑް ޖެހިފައިވާ މީހުންގެ ތެރެއިން 245 މީހަކު މިއަދު ވަނީ ބަލިން ރަނގަޅު ވެފައެވެ. އެހެންކަމުން މިހާރު ރާއްޖޭގައި ތިބީ 2829 ކޮވިޑް ބަލި މީހުންނެވެ. އޭގެތެރެއިން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން 64 މީހުންނެވެ.
BREAKING NEWS: Miadhu Covid Ah Fassivee 84 Meehun https://t.co/Hz7FQVwC1I
— Vaguthu Online (@VaguthuOnline) April 12, 2021
ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.
ޢަނެއްކާ ސަރުކާރު ކޯސްކުރަން މިމީހުން މިއުޅެނީ
ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު މަދުވަމުން އަންނަކަމަށް ތަފާސް ހިސާބުތަކުން ދެއްކި ނަމަވެސް އެއީ ކޮވިޑް-19 އަށް ޓެސްޓް ކުރާ މީހުންގެ އަދަދު މަދުވުމުގެ ސަބަބުން އައިސްފައިވާ ބަދަލެއް ކަމަށް ލަފާކުރެވެން ފަށައިފިއެވެ.
އެއްމެ ކުރިންވެސް އަހަރުމެނެ ދައްކަމުން އައި ވާހަކައަކީ.
ކޮވިޑް 19 އޭ މިކިޔަ ބައްޔަ ކޭސްތަށް އިތުރުވަނީ
ޓެސްޓުކުރާމިންވަރު އިތުރުކުރާ މިންގަޑެއްގެ މައްޗަށެވެ.