ވ. ފުލިދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

ފުލިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މިއަދު ފަށާފައިވާއިރު މިމަސައްކަތް ކުރިއަށްގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީން) ނެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން ފުލިދޫ ގިރާ ސަރަޙައްދުން 1.2 ހެކްޓަރުގެ ސަރަހައްދަކަށް ވެލިއަޅާ ހިއްކުމަށް ހަމަ ޖެހިފައިވާ ކަމަށެވެ. އަދި 210 މީޓަރުގައި ގްރޯއިންސް ޖެހުމާއި 270 މީޓަރުގެ ބޭރު ތޮށިލުމަށް ވެސް ހަމަ ޖެހިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

16.94 މިލިއަން ރުފިޔާގެ މިމަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޚކ

    އަދި ކިރިޔަ ތިޔަ ރަށަށް ބޮޑު ޕުރޮޖެކްޓެއް ތިޔަަ އައި ވަރަށް ތަރައްގި ބައި ކުޑަ ރަށެއް ކަން ފަ ހަގަ ކުރެވޭ ތިޔަ ރަށަށް މަވެސް ދިޔައިން

    3
    2
    • ޙު

      ތެދެއް ތިޔަ ބުނި ހަމަ 💯 ގެ ވަހަކައެއް

    • ހުދާ

      5 އަހަރު ޔާ މީނު ކީއްކުރީ