އެމްއެމްޕީއާރުސީގެ މައްސަލައިގައި "ދުލުގައި ހިފައި" ނުދެމުމަށާއި އޭރުން އިވެންހުރި އަޑުތައް ތާހިރެއް ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު، އިބްރާހީމް ޝަރީފް (މަވޯޓާ ޝަރީފް) ވިދާޅުވެއްޖެ އެވެ.
ޝަރީފް މިގޮތަށް ވިދާޅުވީ، އެމްއެމްޕީއާރުސީ މައްސަލައިގައި ދެކެވޭ ވާހަކަތާއި ގުޅިގެން ޝަރީފް ކޯފާ އިސްކުރައްވާކަމަށް ބައެއް ފަރާތްތަކުން ބުނަމުން އަންނާތީ އެކަމަށް ރައްދު ދެއްވައި ކުރެއްވި ޓްވީޓެއްގައެވެ.
މިގޮތުން އާންމު ފަރާތަކުން ކުރި ޓްވީޓަކަށް ރައްދު ދެއްވަމުން ޝަރީފް ވިދާޅުވީ، ގޮތްވަނީ އޭނާއަކަށް ނޫންކަމަށާއި، ވާގޮތެއް ވަނީ ހުރިހާ ޖަރީމާއެއް ހިންގުމަށްފަހު ހުދު ކާފޫރުކޮޅެއްހެން ހެދިގެން ތިބި މީހުންނަށް ކަމަށެވެ.
"އައްޑޫ ޝަރީފް އަކަށް ނޫން ގޮތްވަނީކީ. އެ ހުރިހާ ޖަރީމާ ހުދު ކާފޫރުކޮޅެހެން ހެދިގެން ތިބި މީހުންނަށް އެވާގޮތެއް ވަނީ. ދުލުގައި ހިފައި ނުދަމާ ހުރޭ. އިވެންހުރި އަޑު ތާހިރެއް ނުވާނެ،" ޝަރީފް ކުރެއްވި ޓްވީޓުގައި ވެއެވެ.
ޝަރީފް އިތުރަށް ވިދާޅުވީ އޭނާއަކީ އެމްއެމްޕީއާރުސީގެ މައްސަލަ އާއި ގުޅުމެއްހުރި މީހެއް ނޫން ކަމަށެވެ. އެހެންކަމުން އޭނާ އެއްޗެއް ވިދާޅުވާނީ އޭނާއާއި "ބެހިގެންފި ހާލަތެއްގައި" ކަމަށް ޝަރީފް ވިދާޅުވިއެވެ.
މީސްމީޑިއާގައި ޝަރީފް އާއި އެމްއެމްޕީއާރުސީގެ މައްސަލަ އާއި ގުޅުމެއްވާ ކަމަށް އަޑުފެތުރެމުން އަންނަނީ މަޖިލީސްތެރޭގައި ވެސް އެފަދަ ވާހަކަތަކެއް ދެކެވެމުންދާ ދަނޑިވަޅެއްގައެވެ. މިގޮތުން ކޯޓުތަކުގެ ފަނޑިޔާރުން ބަދަލުކުރުމަށް މަޖިލީހަށް ބިލެއް ހުށަހެޅުމަށް ޝަރީފް ގިނަ ޢަދަދެއްގެ ފައިސާ ނަންގަވާފައިވާ ކަމަށް ބިލެއްދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޙަލީމް ވަނީ ތުހުމަތު ކުރައްވާފައެވެ.
ތިޔަ ދޮންބިލެތާ އާޒި މާ ޕެޑް ހަސަނަކީ ތާކުން ތާކުޖެހޭ ބަޔެއްނޫން
ޢަންނިގެ ޕެޑުން . ތިޔަފައިސާއެއްގައި މިސަރުކާރުގެވެސް ގިނަ ބަޔަކު ޖެހި ފައިވާތީ އަދީބާއެކީ ސަރުކާރުން ޑީލްހެދީ ، އެއީ މަ މެން ގަބޫލު ކުރާ ގޮތް. ޢެހެން ނޫންނަ މަ އަދީބުގެ ޝަރީޢަތްތައް ސިއްރުކޮށްފަ ނިޔާ ކަނޑައަޅާފަ އަނބިދަރިން ކައިރީގަ ގޭގަ ނުބެހެއްޓީސް ،
އޭރު މަޖިލީހުގަ ތިބި %99 މެމްބަރުން ވަނީ އަދީބުގެ ރިޝްވަތުގެ ފައިސާގައި ހިފާފައި. މޑޕ، ޕޕމ ކީއްކުރަން، މިނިވަން އަދި ހުރިހާ ޕާޓީ އެއްގެ މެމްބަރުންވެސް ހިމެނޭ. އަދި އޭރު ރާއްޖެއިން ބޭރުގަ ހުރި ސިޔާސީ ބައެއް މީހުންވެސް ހިމެނޭ. ކޯޓު ތަކުގެ ވަރަށް ގިނަ އިސް ގާޒީންވެސް ހިމެނޭ. ދެރައީ މި އެންމެން ވެސް މިނިވަން ކަމާއެކު ހަމަޖެހިލައިގެން އުޅޭތީ. މި އެންމެންގެ ހުރިހާ މައުލޫމާތާއި ހެއްކި ހުރެވެސް ސަރުކާރުން އަދި އަދަށްވެސް އެއްވެސް ފިޔަވަޅެއް ނާޅާ. ސަބަބަކީ މި އެންމެން ހާމަވެއްޖެ ނަމަ، ވަރަށް ވެސް ރެސްޕެކްޓިވް އަދި ގައުމަށް މުހިންމު ބަޔަކު ހާމަވެ ބޮޑު ލަދުވެތި ކަމަކަށް ގައުމު ވެއްޓިގެން ދިއުން. ވަކި ޕާޓީ އަކަށް ތާއީދު ނުކޮށް އާންމުން ވެއްޖެ ނުކުމެ އެ ލިސްޓް ހާމަ ކުރުމަށް ޕްރެޝަރ ކުރަން.
ހެކި ހުރެ ރިކޯޑިންގ ހުރެ ޕާޓީއަށް ވަފަތެރިވާން ހާމަނުކޮށް ހުރުމަކީ ޤައުމަށް އަދި ދީނަށް ޣައްދާރުވުން.
އިވެން ހުރި އަޑުތައް ފޮރުވައިގެން ނުހުރެ އިއްވަބަލަ! އޭރުންތާ ތިޔަކިޔާ އެއްޗެއް ގެ ހުރި ވަރެއް އެނގޭނީ!
ކެފޭ، ހޮޓާ، ރެސްޓޯރަންޓް ފަދަ ތަންތަނަށްވަދެ ތިބޭ މީހުން ދައްކާވާހަކަ އަޑު އަހަނމު. ބުނާ އަޑު އިވޭ މަވޯޓާ ޝަރީފު އޭ ކިޔާ މީހަކު އެމް.އެމް.ޕީ.އާރ.ސީ ގެ ފައިސާގެ ތެރެއިން ބްރޯ އޭ ކިޔާ މީހަކު ދިން 16 މިލިއަން ރުފިޔާ އަށޯ މަނިކުފާނު މަޖީދީމަގުގެ މެދުތެރެއިން 2500 އަކަފޯޓުގެ ބިމެއްގަނެ އެ ބިމުގައި ވިޔަފާރި އެބަކުރެޔޯ! ކޮބާތޯ މިކަމުގެ ޙަޤީގަތަކީ. ހާދަހާ ރައްޔިތުންގެ ފައިސާ އެކޭ ދޮތަ މިވެރިން ފެންކޮލަކާނުލައި މިތިބިގެން ދިރުވާލީ! ޔަޤީނުންވެސް އެ ވާނީ އަލިފާނަށްދޮތަ!
އައިސް ތިބި ގޮތަކަށް ގޮސް ނިމޭނެ އިންޝާ ﷲ ، މި ވެރިކަން ގެނައުމަށް ޖަރީމާގެ އިސް މައިތިރިޔަކީ އީ.ސީ ޝަރީފް މީނާ އަކަށް ވެސް އިންޝާ ﷲ އަދި މަޑުން ނުހުރެވޭނެ،
އަޑު އެހީމު ޔަަމީނުގެ ވެރިކަމުގައި ނަޝީދު އާއި އަދީބު މުއާމަލާތް ކުރިކަމަށް. އަދި ނަޝީދު އަދީބު އަތުން ފައިސާ ނުނެންގެވިއަސް، ނަޝީދު ވިދާޅުވި ގޮތަށް އެކި މީހުންނަށް އަދީބު ފައިސާ ބެއްސެވި ކަނަށްވެސް. ނަޝީދުގެ ވިސްނުން ތޫނު ކަމުން އަދީބުގެ މަޅީގަ ނުޖެހި އަދީބު ބޭނުންފުޅު ވިގޮތަށް އޭރު މަޖިލީހުގަ ތިއްބެރި މެމްބަރުންގެ ބޭނުން ކުރެއްވި. އަދި ނަޝީދު އަދީބު ބޭނުން ކުރެއްވީ ބުޅިގަ ލާ އެންކޮޅެއް ފަދައިން ކަމަށާއި އަދި އަދީބު އަކީ ފަންޏެއް ކަމަށްވެސް ފަހުން ނަޝީދު ވިދާޅުވި.
ސަރީފް ބޫނީ ރަނގަޅަށް ދޮންބިލެތަށް ނަސީދު ވެރިކަމުގަ ފެރީ ހިންގާށޭ ކިޔާފަ ދެރަށް ދިން ރިސޯޓް ހަދަން!!އެއްވެސް އަގަކާނުލާ!!އެއްރަށަކީ ވޮއްމުލި(އެސްޓީ ރެޖިސް)އެރަށް ބޮޑު އަގުގަ އެމެރިކާ ބަޔަކަށް ވިއްކާލީ ދެވަނަ ރަށަކީ ދޫރެސް މީހާރުވެސް ރިސޯޓް ހިންގާ މަޖިލީހަށް އަންނަން ވެގެން އާއިލާ މީހަކަށް ރަށުގެ ވެރިނަން ބަދަލުކުރީ
ވަލުދޮރާށިން އެއްޗެއް ދެއްވާނަމަ، އަދީބުވެސް އެއެއްޗެއް ދެއްވާނީ، ކަމެއްކުރެވޭވަރުގެ މީހަކަށެވެ. އޭރުގެ ޙާލަތަށްބަލައި ތާއީދުގެ ވޯޓަކަށެވެ. ފައިސާގައި ހިފާފައިވާ މަންޒަރާއި އަޑުފެތުރިފައި ނުވިނަމަވެސް ފައިސާގައި ކޮށްފައިވާ ކަންކަމަށް ޒަމާންހެކިވެއެވެ.
މާސްކު ނޭފަތުގަ އަޅާބަލަ ބޭބޭ އޭރުން މާ ތާހިރުވާނެ
މީރަގަނޅު ދުވަސްކޮޅެއް ކަރަޕްޝަންގެ ވާހަކަ ދައްކަން އެއީރޯދަމަސް ކަމުން މެންދުރުފަހުން ކިޔާނެ ޚީރިތި ރަސޫލާ ސލއލހވސލ ސިޔަރަތުކިޔާނެ ޔަހޫދީދަންނަބޭކަލެއްގެވާހަކަ ހަދީސްކުރައްވަނީ ތައުރާތަ އޮވޭނޫންހޭ ފަލަ ހިބުރެއްގެ ވާހަކަ އެއީކަލޭގެ ވާހަކައޭ މީހުންއަތުންރިސްވަތުހިފައިގެން ބަނޑު މަސްޖަހާފައި ތިހިރީ މިހާރު މިފެންނަނީ އެމަންޒަރެއްނޫންތޯ ވަޒީފާނުލިބޭއިރު ވޭރު ހުއްޔެއްހެން ތިބޭ މީހުން ވަޒީފާލިބުނީމަ އެތިބެނީ މުޅިޓީވީފުރާލާފަ މިހެންދެނެވީމަފުދޭނެކަމައް ހީކުރަން ވެދުން
ޝަރީފުގެ ދުލުގައި ހިފާ ކިހާވަރަކަށް ދެމީމަ ދެމިކަމަށްވާނީ ތިހުރީ ދަމާފަ ބުނެފަ ޝަރީފު އެމް އެމް ޕީ އާރ ސީ ގެ ލާރީގަޑުގައި ބައިވެރިވެއޭ، ތިއުޅެނީ ބިރުން އެއްޗެއް ބުނަން ނުކެރިގެން ބޭޒާރުވެދާނެތީ
އޮރިޔާންނުވެތިބޭ!!
ދަ މާކަށް ނުޖެހޭނެ ކަންކަން ހާ މަނުކުރުޟަކީ ކަލޭ މެންގެ އިހްލާސްތެރިކަން ނެތުން ، މިމ މީހުންގެ މައްސަލަތައް ބެލެންޖެހޭ އެބަ