މި އަހަރުގެ އޭ ލެވެލްގެ ކެމިސްޓްރީ ޕޭޕަރު ޓެސްޓް ފެށުމުގެ ހައެއްކަ ގަޑިއިރު ކުރިން ލީކް ވެއްޖެއެވެ.
މިއަދު މެންދުރު ފަހު 13:30 ގައި ރާއްޖޭގެ އިމްތިހާން މަރުކަޒުތަކުގައި ދިނުމަށް ހަމަޖެހިފައިވާ ކެމިސްޓްރީ ޕޭޕަރު ލީކްވެފައި ވަނީ މިއަދު ހެނދުނު 06:00 ކަންހާއިރުއެވެ. މި ޕޭޕަރުގެ ކޮޕީއެއް "ވަގުތު" އަށް ވެސް ވަނީ ލިބިފައެވެ. މީސް މީޑިއާގެ އެކި ޕްލެޓްފޯމްތަކާއި ޗެޓް ގްރޫޕްތަކުގައި ވެސް މިހާރު ޕޭޕަރު ދައުރުވަމުން އެބަދެއެވެ.
އޭ ލެވެލްގެ ފިޒިކްސް އަދި ބަޔޮލޮޖީ ޕޭޕަރު ވެސް މިދިޔަ ހަފްތާގައި ވަނީ ލީކްވެފައެވެ. އެޕޭޕަރުތައް ލީކްވީ ޓެސްޓް ފަށަން ކުޑަ ވަގުތުކޮޅަކަށް ވެފައިވަނިކޮށެވެ.
އެޑިއުކޭޝަން މިނިސްޓްރީން ކުރިން ވިދާޅުވެފައި ވަނީ ޕޭޕަރުތައް ލީކްވަމުން ދަނީ ރާއްޖެ އިން ނޫން ކަމަށެވެ.
ނަމަވެސް ކެމިސްޓްރީ ޕޭޕަރު ލީކްވުމާއި ގުޅޭ ގޮތުން އަދި އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް ނުލިބެއެވެ.
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި މުހައްމަދު އިހުސާން ރާއްޖެޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމުގައި ރޭ ވިދާޅުވީ ފިޒިކްސް އަދި ބަޔޮލޮޖީ ޕޭޕަރު ލީކުވި މައްސަލައިގައި އެޑެކްސެލްއާ މަޝްވަރާކުރަމުން އަންނަ ކަމަށެވެ. އެކަމާ ގުޅިގެން އަމަލުކުރާނެ ގޮތެއް ވަރަށް އަވަހަށް ނިންމާނެ ކަމަށް ވެސް އިހުސާން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ސަރުކާރުގެ ހުށަހެޅުމަކީ ދަރިވަރުންނަށް އަލުން އިމްތިހާނު ދިނުން ކަމަށެވެ.
އިހްސާން ރޭ ވިދާޅުވީ މިއަދުން ފެށިގެން ދެން ޕޭޕަރުތައް ލީކް ނުވާނެކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެޑެކްސަލް އިން ދެއްވާފައިވާ ކަމަށެވެ.
ލީކް ނުވާނެކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެޑެކްސަލް އިން ދެއްވާފައިވާ ކަމަށެވެ. ހަހަހަހަހަހަހަ
ސާބަހޭ! މިފަހަރު ސަރުކާރުގެ ތަޢުލީމީ ސިޔާސަތުގެ މޮޅުކަން މުޅި ދުނިޔެއަށް ފެނިގެންދާނެ! މި ވޭތުވެދިޔަ ގަރުނުގައިވެސް މި ދިވެހިރާއްޖެއިން އިމްތިޙާނުތަކުން ކުރިން ނުހޯދޭފަދަ ކުރިއެރުމެއް މިފަހަރު ދަރިވަރުން ހޯދާނެ! ސާބަހޭ އެޑިޔުކޭޝަން މިނިސްޓަރ ކަމަނާގެ ތިޔަ ފުރިހަމަ ސިޔާސަތަށް!
މިއޮތީ ލީކު މޫސުން ލައިގަނެފަ ދޯ..
ރަނގަޅެންނު ލީކުވި ޕޭޕަރު ބަލައިގެންވެސް ފާސްވޭތޯބަލާބަލަ ކުދިންނޭ
އެޑިއުކޭޝަނުން ބުނަނީ ތިކަހަލަ އެއްވެސް ކަމެއް ނުހިގާކަމަށް!
ލީކެއް ނުވާނޭ ބަލަ އައިސްތު އަލީ ލީކެއް ނުވޭ ނުވެސް ވާނޭ ލަލާލަލާލަާ
ދެން އެޑިއުކޭޝަން މިނިސްޓަރު ޓީވީއައް އަރާ ފުއްމައިގެންފަ ބުނޭ މީވެސް ތައުލީމީދާއިރާގެ ކާމިޔާބެކޭ. ސާލޭ