ވަކި ގޮތެއް އަންގަންދެން މާލެ ސަރަހައްދުގެ ޔުނިވަރސިޓީތަކާއި ކޮލެޖުތަކަށް ދަރިވަރުން ހާޒިރުވެގެން ކިޔަވައިދިނުމުގެ ބަދަލުގައި އޮންލައިންކޮށް ކިޔަވައިދިނުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އަންގައިފިއެވެ.
އެޗްޕީއޭ އިން މިގޮތަށް އަންގާފައި ވަނީ މާލެ ސަރަހައްދުގައި ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާތީ އެވެ.
އެގޮތުން މިހާރުވެސް މާލެ ސަރަހައްދުގައި ބަލި ޖެހިފައި 5000 އަށްވުރެ ގިނަ މީހުން އެބަތިއްބެވެ.
އެޗްޕީއޭއިން ނެރުނު އެންގުމުގައި ވަނީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަށްލިބިދޭ ބާރުގެ ދަށުން، މިއަދުން ފެށިގެންވަކި ގޮތެއް އަންގަންދެން މާލެ ސަރަހައްދުގެ ޔުނިވަރސިޓީތަކާއި ކޮލެޖުތަކަށް ދަރިވަރުން ހާޒިރުވެގެން ކިޔަވައިދިނުމުގެ ބަދަލުގައި އޮންލައިންކޮށް ކިޔަވައިދިނުމަށް އަންގާ ކަމަށެވެ.
އެހެން ނަމަވެސް، އޭނާ ކަނޑައަޅާ ޚާއްޞަ ހާލަތްތަކުގައި، އޭނާ އަންގާ ގޮތެއްގެ މަތިން އަމަލު ކުރެވޭނެ ކަމަށް އެ އެންގުމުގައި ވެއެވެ.
ޔުނިވަސިޓީ ތަކާ ކޮލެޖް ތައް ބަންދުކުރިޔަސް މުވައްޒަފުން ހާޒިރު ވާންޖެހޭ. ދެނޯ؟
އެހެންވީމާ ކެޔަސް ނުކައި
ތިވެސް އަރަތެއް.ކޮވިޑު19އަޅައިނުގަނެއޮތީޔާ އެރަށަކަށް ރަށްކާތެރިކަމަށް އަޅަން ފިޔަވަޅެއް
އޮވޭތަ؟ މާލޭ 6 އަވަށު ސްކޫލްތަކާއި، އޮފީސްތައް ތަންމިނަށް ބަންދުު ނަމަވެސްކޭސް
ތައްހުރި އެހެންރަށެއްގެ އޮފީސްތަކާއި، ސްކޫލް
ތައްހުޅުވަންޖެހޭ. ކޮންމެ ރަށެއްގަ އޮންނަނީ ވަކި
ސަރުކާރެއްހެން ހީވާވަރުވެއްޖެ.
ކިހާސަޅި. މީޑިޔާތަކުން ކިޔަނީ ގަޔާރުކޮށް ގޭގަ
ތިއްބެވުމަށް. ސަރުކާރުން ބުނަނީ އޮފީސްތަކާއި،
ސްކޫލްތައްބަންދޭ. އެކަމަކު މާލެއާއި،ހުޅުމާލެއާއި،
ވިލިމާލެ އެކަންޏޭ. އެހެހެންވީމާކޮންމެ ރަށެއްގައި
އޮންނަނީ ވަކި ސަރުކާރެއްތާ.
ރަށްރަށުގެ ހާލު އަސްލު މާ ދަށް. މާލޭގަ އައިޖީއެމްއެޗާ އޭޑީކޭ އާ ދަރުމަވަންތައާ ހުއްޓަސް އަތޮޅު ތެރޭ ރަށެއްގަ ފެތުރުނީމާ ދާނެ ތަނެއްނެތް. އަތަށް ގޮވީމަ ރާއްޖެތެރޭ އޮފީސްތަކާ ސްކޫލްތަކާ ބަންދުކުރަން މަޑުކޮށްލާ.. އެޑިއުކޭޝަން މިނިސްޓަރަށްވެސް ވާ ކަމެއްވެސް ނޫން.
ރާއްޖޭގެ ރައްޔިތުން މި ބަލިން ސަލާމަތް ކޮދެއްވަ ފާނދޭވެ! އާމީން