ކޮވިޑް-19 ޖެހިގެން މިއަދު ދެވަނަ މީހަކު ނިޔާވެއްޖެއެވެ.
"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކުއްލި ގޮތަކަށް ނިޔާވެގެން އޭދަފުށީ ހޮސްޕިޓަލަށް ގެންދިޔަ އުމުރުން ދުވަސްވީ މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ.
އޭދަފުށީ ކައުންސިލުން އިއްޔެ އާއްމުކުރި މައުލޫމާތުތައް ދައްކާ ގޮތުގައި އެރަށުގައި މިހާރު ވެސް 87 ކޮވިޑް ބަލި މީހުން އެބަތިއްބެވެ. މިއަދު ނިޔާވި މީހާ ހުރީ އޭނާ ދިރިއުޅޭ ގޭގެ މީހަކު ކޮވިޑަށް ފައްސިވުމުން ކަރަންޓީންގައެވެ. އޭނާ ދިރިއުޅޭގެ ހުރީ މޮނިޓަރިންގައެވެ.
އޭދަފުށިން ނިޔާވެފައި ވަނީ 85 އަހަރުގެ ފިރިހެނެކެވެ. އޭނާ ކޮވިޑަށް ފައްސިވުމުން އޭނާގެ ޖަނާޒާގެ ކަންކަން ކޮވިޑްގައި ނިޔާވާ މީހުންގެ ޖަނާޒާ ކުރިއަށް ގެންދާ އުސޫލުން ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ.
މިއަދު އޭނާ ކުއްލި ގޮތަކަށް ނިޔާވި ނަމަވެސް ރޭ ވެސް އޭނާގެ ހާލު ރަނގަޅު ކަމަށް އެރަށުން މައުލޫމާތު ދިން މީހުން ބުނެއެވެ.
އެޗްޕީއޭ އިން ވިދާޅުވީ އޭދަފުށީ ހޮސްޕިޓަލަށް މިއަދު ހެނދުނު ގެންދިޔަ މީހަކު ނިޔާވެފައިވާ ކަމަށާއި އޭނާ ނިޔާވީ 20:30 ގައި ކަމަށް ޑޮކްޓަރުން ނިންމަވާފައިވާ ކަމަށެވެ.
ރޭ ފަތިހު އައިޖީއެމްއެޗްގައި ވެސް ވަނީ ކޮވިޑް ޖެހިގެން އަންހެނަކު ނިޔާވެފައެވެ.
މިހާތަނަށް ރާއްޖެ އިން 86 މީހަކު ވަނީ ކޮވިޑް ޖެހިގެން ނިޔާވެފައެވެ.
ސަރުކާރުން ޒިންމާވާށޭ…ފެއިލް ވެފަ އޮތް ސަރުކާރެއް މި
ޒިއްމާވާންޖެހޭނީ ކޮވިޑުފަތުރަން މީހުންޖަމާ ކޮއްގެން މުޒާހަރާ ކުރުވި މީހުން.
ރަސްދޫ އަށް ގޮސް ބައިބޯކޮށް ނާޗަރަންގީ ކުޅުނު ބައިގަނޑުދޯ. އަވަހަށް ފޮނުވާ ހާއްސަ ހުއްދައިގެ ދަށުން ބަޔަކުން