ހއ. އަތޮޅުގެ ގިނަ ބަޔަކު ދަތުރު ދަމުން އަންނަ ފަޅުރަށެއް ކަމަށްވާ އިންނަފިނޮޅު ދެ ބުރިވެއްޖެއެވެ.
އިންނަފިނޮޅު ދެބުރި ވެފައިވަނީ ރާއްޖެއަށް އެންމެ ފަހުން ކުރި ވިއްސާރާގައި އޮއިވަރު ހުރި ގޮތުންނާއި މޫސުމީ ބަދަލުތަކުގެ ސަބަބުން ކަމަށް އެއަތޮޅު ކައުންސިލުން ބުންނެވެ.
މި ވިއްސާރާގައި އެންމެ ބޮޑަށް ގެއްލުންވެފައިވަނީ އުތުރުގެ ރަށްތަކަށެވެ. އެގޮތުން ހއ. އަތޮޅު ހޯރަފުށި އޮންނަ އެއާޕޯޓަށް ވެސް ބޮޑެތި ގެއްލުންތަކެއްވެ ތުރާކުނުގެ "އުތުރު ބައްތި" ވެސް ވަނީ މޫދަށް ގިރާލައިފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އިންނަފިނޮޅު ދެބުރިވެ، ދުރުމިނުގައި ގާތްގަނޑަކަށް ސާޅީސް ފޫޓު އަދި ފުންމިނުގައި ހަ ވަރަކަށް ފޫޓު ހުންނާނެއެވެ.
ހއ. އަތޮޅު ކައުންސިލް ރައީސް މޫސާ ޝަފީގް "ވަގުތު" އަށް ވިދާޅުވީ، ކައުންސިލްގެ ސަމާލު ކަމަށް އެކަން އެނގިފައިވަނީ ހޯރަފުށީ ބަޔަކު ޑްރޯން އެކޮޅަށް ފޮނުވައިގެން ނަގާފައިވާ ފޮޓޯތަކެއް އާއްމު ވުމާ ގުޅިގެން ކަމަށެވެ.
މޫސާ ޝަފީގް ވިދާޅުވީ ރަށްރަށަށް ލިބިފައި ހުރި ގެއްލުމުގެ މައުލޫމާތު ހޯދުމަށް އަންގާފައިވާ ކަމަށެވެ.
އިންނަފިނޮޅަކީ ތިމާވެށީގެ ގާނޫނުގެ ދަށުން ސަރުކާރުން ހިމާޔަތްކޮށްފައިވާ ރަށެކެވެ. ”ވަގުތު ހޭރިޔާ“ އިން ހއ.ގެ ހުރިހާ ފަޅުރަށްތައް ހިމެނޭހެން ހުރިހާ ރަށަކަށް ޒިޔާރަތް ކުރިއިރު އެންމެ ރީތި ފަޅު ރަށެއްގެ ގޮތުގައި އެ އަތޮޅުން ފާހަގަވެފައި ވަނީ އިންނަފިނޮޅެވެ.
މާ ގިނައިން އިންނާތީ މިފަހަރު ވަރި ކުރީ ކަންނޭންގެ
މޑޕ ސަރުކާރުން ބުރިޖު އަޅައިދޭން ޖެހޭނެ މިހާރު ދެން.
ތިޔޮތީ ވަރިކޮސްފަ . ރާއްޖޭގަ ވަރި ގިނަ ވަނީ މިހެންވެތާ؟ ރަށް ރަށް ވެސް ވަރިފަށުގަ، ކެކެކެކެ
ތި އަކަށްނުކިޔާނެ ބުރިވުމަކަށް ވަކިވީއޭކިޔާނީ