މާލޭގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކަށް ފަރުވާ ދެމުން ދަނިކޮށް ދެންމެ ނިޔާވެއްޖެއެވެ.
ފުލުހުން ވިދާޅުވީ ނިޔާވެފައި ވަނީ މާލޭ ހުވަފެނީ ގޯޅީގައި ބާއްވާފައި އޮތް ގާޑިއަލެއްގައި ދުއްވާފައި ދިޔަ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހެއް ކަމަށެވެ. ނިޔާވެފައި ވަނީ ސައިކަލްގެ ފަހަތުގައި އިން މީހާއެވެ.
އެކްސިޑެންޓްގައި ނިޔާވި މީހާގެ ނަން އަދި ފުލުހުން ހާމައެއް ނުކުރެއެވެ. ނަމަވެސް ފުލުހުން ވިދާޅުވީ އެކްސިޑެންޓްގައި ނިޔާވެފައި ވަނީ 22 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
މިއެކްސިޑެންޓްގެ ރިޕޯޓް ފުލުހުންނަށް ކޮށްފައި ވަނީ މިރޭ 22:00 ގައެވެ.
އޭނާ ނިޔާވީ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ.
މިހާތަނަށް ލިބިފައިވާ މައުލޫމާތައް ބަލާއިރު ސައިކަލް ދުއްވި މީހާ އެސަރަހައްދުގައި މަޑުނުކޮށް ގޮސްފައިވާ ކަމަށް ބެލެވޭ ކަމުގައި ފުލުހުން ވިދާޅުވިއެވެ.
މިއެކްސިޑެންޓްގެ މައްސަލަ ފުލުހުން ދަނީ ތަހްގީގު ކުރަމުން ކަމަށް ފުލުހުން ވިދާޅުވިއެވެ.
ސުބުހާނަﷲ އެވެ. ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ. މަރުވި މީހާއަށް ހެޔޮ ރަޙްމަތް ލައްވާށި. ނޫސްވެރިޔާއެވެ. ތިޔަ ނޫސްތަކުގައި މާދަމާ ލިޔަންވީ މާލޭގެ ގޯޅިތައް އަދިރި ވާހަކައެވެ. ހޭބަލިވެފައި ދެބަންދިހާރުވެފައި ގޮތެއް ފޮތެއް ނެތިފައި ތިބި ބަޔަކު އުޅޭ ވާހަކަ ލިޔާނެ ކަމެއް ނެތެވެ. މިއީ ދައްކަން ނުޖެހޭ ވާހަކައެކެވެ. އަމުދުން ޒުވާނެއް ވިއްޔާ ޖަލުން ތަމްރީނު ހަދައިގެން ރީހެބުން ޑިގްރީ ނަގައިގެން ހަތަރެސްފައިގައި ކެވެލި އަޅާފައި ތޮރުފެން އޮތްތަނެއް ވިއްޔާ ތޮރުފައިގެން ލެއްވެން އޮތް އެއްޗެއް ލައްވައިގެން ޓެޓޫޖަހައިގެން ބޯދިގުކޮށްފައި ހަޑިގިއްލާ ޖިންސަކާއި ގޮޅިޖެހި ގަމީހެއް ލެވެން ޖެހޭނެ. މިނިވަންކަމަކީ މިއީ ނޫންތޯ. މި ހައްގުތައް ރައްކާތެރިކޮށްފައި އިއްޒަތްތެރިން ގާނޫނު ހަދާނެ.
. ..ތިވާނީފުލުހުންނައްފިލަން އުޅުބަޔަކައް
ވީޑިއޯ އިން ފެނޭ އެހެން ސައިކަލެއް ތެދުކޮށްގެން ދުއްވާފައި ދާ މަންޒަރު، އަންހެނެއް ކަމަށް ބެލެވެނީ.. އެމީހާގެ ޒަޚަމްގެ މަޢުލޫމާތު ގެނެސްދީ
ބައެއް މީހުން ސުންސިކުންތުގައި ހޮސްޕިޓަލައްގެންގޮސް ޑޮކްޓަރުންގެ ފައުޖު ސުންސިކުންތުގައި އެއްވެ ސަލާމަތް ކުރެވޭނެ ނިކަމެތި ރައްޔިތުން މިގޮތައް ތެޅިތެޅި މަރުވާން ދޫކޮއްލާ