ޖިންސީ ގޯނާގެ ބޮޑެތި ދައުވާތަކެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، ރާއްޖެއިން ބޭރުގައި ހުންނަވައިގެން ވީޑިއޯ ކޯލް މެދުވެރިކޮށް އޭނާގެ ޝަރީއަތް ކުރިއަށް ގެންގޮސް ދޭން އެދިވަޑައިގެންނެވި ކަން "ވަގުތު" އަށް އެނގިއްޖެއެވެ.
އަލީ ވަހީދު، ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި އިރު، އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި އޭނާގެ މައްޗަށް ހަތް ދައުވާއެއް އުފުލާފައިވެއެވެ. އަދި މި އެ މައްސަލައިގެ އަޑުއެހުންތައް ކޯޓުގައި ފަށާފައިވަނިކޮށް އޭނާ ވަނީ ރާއްޖެ ދޫކޮށް ވަޑައިގެންފައެވެ.
ރާއްޖެ ދޫކުރައްވައި އަލީ ވަހީދު ފުރާވަޑައިގަތީ، އޭނާގެ ޕާސްޕޯޓް ހިފަހައްޓަން ކްރިމިނަލް ކޯޓުން ކުރިން ނެރުނު އަމުރު ބާތިލް ކުރުމުންނެވެ. އެ ގޮތަށް އެ އަމުރު ބާތިލް ކުރީ އެ ކަމުގައި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑޭ) ޒިންމާވާ ގޮތަށް ޖާމިނުވާ އެއްބަސްވުމެއް ވެސް ކޯޓަށް ހުށަހަޅައިގެންނެވެ.
މާދަމާ ކްރިމިނަލް ކޯޓުގައި ތާވަލު ކޮށްފައިވާ އަލީ ވަހީދުގެ ޝަރީއަތް ވީޑިއޯ ކޮންފަރަންސް މެދުވެރިކޮށް ކުރިއަށް ގެންގޮސް ދިނުމަށް އެދިފައި ވިޔަސް ފަނޑިޔާރު އެކަމަށް އަދި ގޮތެއް ނިންމާފައެއް ނުވާކަން "ވަގުތު" އަށް ވަނީ އެނގިފައެވެ.
ރާއްޖޭގެ އިހްތިސާސް ނުހިނގާ ތަނެއްގައި ހުރި މީހެއްގެ މައްސަލައެއް، ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތް ހިންގުމަކީ ގާނޫނުގައި އޮންނަ ކަމެއް ނޫނެވެ.
ރާއްޖެއިން ބޭރުގައި ހުރި މީހަކު، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބައިވެރިވެގެން ޝަރީއަތެއް އަދި މިހާތަނަށް ހިންގާފައެއް ވެސް ނުވެއެވެ. އެކަމަކު ބައެއް ހާލަތްތަކުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހެކިންގެ ބަޔާން ނަގާފައި އެބަހުއްޓެވެ.
އަލީ ވަހީދު ޕާސްޕޯޓް ދޫކުރި އަމުރު ބާތިލް ކުރަން ހައި ކޯޓާއި ސުޕްރީމް ކޯޓުގައި ވެސް އިސްތިއުނާފް ކުރިއެވެ. އެކަމަކު މި މައްސަލަތައް ކުރިއަށް ދެވޭ ގޮތް ނުވެ ވަނީ ހުއްޓިފައެވެ. އެއީ އަލީ ވަހީދުގެ ޣައިރު ހާޒިރުގައި މިފަދަ މައްސަލައެއް ގެންދެވެން ނޯންނާނެތީއެވެ.
އަލީ ވަހީދުގެ މައްޗަށް ކުރެވޭ ދައުވާތަކުގެ ތެރޭގައި ޖިންސީ ގުނަވަން ދެއްކި ކަމުގެ ދައުވާ، ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދައުވާ، ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާ، ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ އާއި ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާގެ އިތުރުން، ހުއްދަނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާ ހިމެނެއެވެ.
ސައްލަ އެއް ނޯންނާނެ މަނިކުފާން އެދި ލެއްވި ގޮތެއް . އެހެންވެތާ މިނިވަންކަމާއެކު ރާއްޖޭން ބޭރުގައި މަޖާކުރަން ތި ހުރީ، އެންގޭ ދޯ މި ޤައުމުގާ ހިންގާނީ ސަދޫމް ގާނޫނު ކަން؟
ދުނިޔޭގެ ކޮންމެ ގައުމެއްގައި ހުއްޓަސް ހޯދާ ހައްޔަރު ކުރޭ
އޭނަ ހުރިތަން ނެނގިގެން ސަރުކާރަކުން ނޫޅޭ...އަދި އޭނަ އުޅެނީ ފޮލައިގެން ކަމަކަށް ގަބޫލެއް ނުކުރެވޭ...އޭނަ ވިޔަސް މަވިޔަސް ކުށް ކުރީމަ އަދަބު ދެވެންޖެހޭނެ....ހަމަ އެގޮތަށް ނުކުރާ ކުށެއްގައި ދޮގު ތުހުމަތު ތަކުން ސަލާމަތްވެސް ވުމުގެ ހައްގު އޮންނާނެ...
މީނަޙޯދައިގެން ގެންނަން ބަޔަކ ކު އުޅޭތަ؟ ރާއްޖޭގައި ބަޔަ ކުފިލައިގެން ވާނުވާގައި އުޅުނަސް ދުނިޔޭގެ ގައުމުތަ ކުގަ ފިލައިގެނެއް ނޫޅެވޭނެ އެގައުމަށް ނޭގި،،،
އޭނާ ފްރޭމްކޮށްފަ، ސިޔާސީ މީހުންގެ ޒަމާން ދުއްވާލަން ރާއްޖޭގައި މިފަދަ ދަށުދަރަޖައިން ކުރާ ފްރޭމްގެ ހުއްޓާލާ
ބަލަ މަނިކުފާނަށް ޑީލްހަދައިގެން ފިލަން ފުރުސަތުލިބުނީވެސް ބަޔަކުފޮރުވީމަ، ތިކަންވެސް ކޮށްދޭނެ އެއީ މަނިކުފާނު ބޭނުންވާގޮތެއްނުވެއްޖެނަމަ މިސަރުކާރު ބޭޒާރުކޮށްލާނެތީ ބުޅާގޯނިން ބޭރުވާނެ ރޯޔަލްގުރޫޕްކޮބާ
ކޮންތާކުން ހޯދާލާރިއަކުންތާ މިކަލޭގެ ރައްޖެއިން ބޭރުގައި މިދިރި އުޅެނީ
ފްރޭމް!! ފްރޭމް!! ފްރޭމް!! ފްރޭމް!! ފްރޭމް!! ފްރޭމް!! ފްރޭމް!! ފްރޭމް!! ފްރޭމް!! ފްރޭމް!! ފްރޭމް!! ފްރޭމް!! ފްރޭމް!! ފްރޭމް!! ފްރޭމް!! ފްރޭމް!! ފްރޭމް!! ފްރޭމް!! ފްރޭމް!! ފްރޭމް!! ފްރޭމް!! ފްރޭމް!! ފްރޭމް!! ފްރޭމް!! ފްރޭމް!! ފްރޭމް!! ފްރޭމް!! ފްރޭމް!! ފްރޭމް!! ފްރޭމް!! ފްރޭމް!! ފްރޭމް!! ފްރޭމް!! ފްރޭމް!! ފްރޭމް!!