ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލޭގައި ބިނާކުރި ޑިސްޓްރިބިއުޝަން ސެންޓަރު ކޮވިޑް-19 ގައި އެޑްމިޓް ކުރަން ޖެހޭ މީހުންނަށް ފަރުވާދޭ ކޮވިޑް މެޑިކަލް ފެސިލިޓީއަކަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އެފެސިލިޓީއަށް ވަޑައިގެން އެތަނުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައެވެ.
ރައީސްގެ ޒިޔާރަތާއި ގުޅޭ ގޮތުން ރައީސް އޮފީހުން ނެރުއްވި ކުރު ބަޔާނެއްގައި ވިދާޅުވީ ރައީސް އިމާރާތަށް ޒިޔާރަތް ކުރެއްވުމާ ގުޅިގެން، އެމަނިކުފާނަށް މި އިމާރާތާއި ގުޅޭ މަޢުލޫމާތު ދެއްވީ ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަޙްމަދު އާއި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު އާޠިފް ކަމަށެވެ. މީގެ އިތުރުން ޕްލޭނިންގ މިނިސްޓްރީގެ އިސްވެރިންވެސް ވަނީ މި އިމާރާތާ ގުޅޭ ގޮތުން ރައީސްއަށް ބައެއް މައުލޫމާތު ދެއްވައިފައި ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
ހުޅުމާލޭގައި އިމާރާތްކޮށްފައިވާ 91،000 އަކަފޫޓުގެ ޑިސްޓްރިބިއުޝަން ސެންޓަރަކީ ވިޔަފާރިތަކަށް މުދާ ރައްކާކުރުމަށް ބޭނުންވާ ގުދަންތައް ހިމެނޭ އިމާރާތެކެވެ. ޖުމްލަ 49 ޔުނިޓު ހިމެނޭ އެ ސެންޓަރުގެ ގިނަ މަސައްކަތްތައް ހުރީ ޔާމީންގެ ވެރިކަން ނިމުނުއިރު ވެސް ނިމިފައެވެ. އެ ޑިސްޓްރިބިއުޝަން ސެންޓަރުގައި އެއް ކޮންވީނިއަންސް ސްޓޯރާއި، 14 ވެއަރހައުސް ޔުނިޓު، 13 ލައިޓް އިންޑަސްޓްރިއަލް ޔުނިޓު އަދި 20 އޮފީސް ސްޕޭސް އާއި އެއް ރެސްޓޯރެންޓު ހިމެނެއެވެ.
މިއިމާރާތް މެޑިކަލް ފެސިލިޓީއަކަށް ބަދަލު ކުރުމުގެ މަސައްކަތް ފަށާފައި ވާއިރު ރާއްޖޭގައި ކޮވިޑް ޖެހިގެން ހޮސްޕިޓަލްގައި އެޑްމިޓް ކުރަން ޖެހޭ މީހުންގެ އަދަދު މިހާރު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ.
ތިޔަނޫނީ ނުހުންނާނެ މީދާކޭ އުނބެއް ބޮލަކައް ހުރި އެއްވެސް ރައީސެއް މުދުނިޔޭންވެސް..
ހަމަ އެކަހަލަ ނިމިފަ ހުރިތަންތަން ބަދަލުކޮއް މުޅިގައުމުގެ ބަޖެޓް ހުސްކޮއްލައިފި…
މީނާބޭލޭނެ ތުނބުޅިބާލާ އެއްޗެއް ނަމަވެސް ހޯދައިގެން ބާލަދީ
ޤައުމެއްވާނެތް…
މީނަގެ ކުރިން ޔާމީނު ވެރިކަން ކުރީ ނަސީބެއް... އެނޫންނަމަ ކޮވިޑު ގަ ވަންނާނެ ހޮހޮޅަގަންޑެއް ވެސް ނުހުން ނާނެ
ރައީސް ޔާމީން ވަރެއް ނެތް
ސު ކުރިންޔާ ރ ޔާން އަދިވެސް ބޭނުން
ރ ގެންނަން
ޢިބުރަާހިީމު ކަލެޭ އެހެންކަމެއް ނެޭގުނަސް ލަދުގަންނަން ދަސްކޮއްބަލަ އަބަދުހިނިއަިސްފަ ތިހުންނަނިީ އެތެރެ ހޮއިހުރިީމަ
ޙަމަ ހުރިހާ ޝު ކުރެއް ރައީސް ޔާމީންއަށް ، ހުރިހާ ފުރުޞަތުތަ ކެއް މިފެންނަނީ އެމަނި ކުފާނުގެ ބިނާތަ ކުން ، ހަމައެ ކަނި ވރންޓިލޭޓަރެއް ހޯދާނުދެވި އޮތީ
ހަމަ އެއްކަލަ ޔާމީނު ދަޢުރުގައި ހަދާފަ ހުރި އިމާރާތެއް ދޯ؟ ހީހީހީ .... ވައްކަންކޮށް މުޅި ގައުމު ލޫޓުވާފަ ކޮންތާކުން ހޯދި ލާރިޔަކުންތަ ޤައުމުގެ އުމްރާނީ ތަރައްޤީ އެހެން ހަރުފަތަކަށް ގެންދިޔައީ؟ ކޮންމެވެސް ކުއްޖެއް ޔާމީން ކައިރީ އަހާލަބަލަ މި ސުވާލު.... ހެހެ
ﷲގެ ކުޅަދުންވަންތަކަން ނިކަންދެކިބަލަ. ތިމާމެންގެ ބޮޑާކަމާއި ޖާހިލުކަމުގެ ނަތީޖާ މިފެންނަނީ. ލިބިގައިވާ ނިޢުމަތްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފަން ނޭންގުމުގެ ސަބަބުން އެތަކެއް ބޭކާރު ޚަރަދުތަކެއް ކުރާތަން މިފާއިތުވި ދެއަހަރާއި ބައިގެތެރޭ ފެނުނީ. ތިޔަތަންވެސް ބޭނުންކުރަންފެށިނަމަ ކިޔާބައިވަރު ލަރިއެއް ލިބޭނެ. ފަރުމަވަންތަ ހޮސްޕިޓަލްވެސް ހަމަ އެހެންހެދީ. ތަންވީރާނާކޮށް ބޭނުންނުކުރެވޭތަނެއްކަމަށް ރައްޔިތުންނަށް ދައްކަން ބޭނުންވީ. އެކަމަކު ﷲގެ ރޭއްވެވުން މިމުނާފިގުންގެ ސިކުންޑިއަށް ފަހުމުވެސް ނުވާނެ. ޔާﷲމިމިނާފިގުންގނާއި އެމީހުންނަށް ވާގީވެރިވާ ބައިގަނޑުގެ ކިބައިން މިދިވެހިރާއްޖެ ސާލާމާތް ކުރައްވާނދޭވެ. އާމީން.
ޔާމިނު ކެޔަސް ކެއީ އެމްޑީޕީ ވަގުންނަށްވެސް ދީގެން، ކެޔަސް ޤަވްމު ތަރައްޤީކޮށްފި، އިބޫމެން އެކަނި ކާގެންވެސް ގަވްމު ތަރައްޤީ އެއްނުކުރެވުނު، ޤަވްމު ހަނާ ވަނީ، ލިޔާން ނޭންގުނު މީހަކަށް މިޔާންވެސް ނޭންގޭނެ،