އައްޑޫސިޓީން އިތުރު 20 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
އައްޑޫ އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން އާއްމު ކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މިއަދުގެ 18:00 އާއި ހަމައަށް ފައްސިވެފައިވާ 20 މީހުންނަކީ ހިތަދޫން ފައްސިވެފައިވާ މީހުންނެވެ. އޭގެ ތެރޭގައި ފްލޫ ކްލިނިކަށް ދެއްކި ދެ މީހަކާއި، ގާތުން އެއްތާވި ނުވަ މީހަކާއި ވަކި ތަރުތީބެއް ނެތި ނެގި ސުންކުގެ ތެރެއިން 9 މީހަކު ހިމެނެއެވެ.
އައްޑޫން އިތުރު 20 މީހަކު ކޮވިޑަށް ފައްސިވުމާއި އެކީ އެސިޓީން މި ބައްޔަށް ފައްސިވި މީހުންގެ އަދަދު ވަނީ 367 އަށް އަރާފައެވެ. އޭގެ ތެރެއިން މިވަގުތު ބައްޔަށް ފަރުވާ ދެމުން އަންނަނީ 73 މީހަކަށެވެ.
އައްޑޫގެ ވަކި ވަކި ރަށްތަކުގައި ކޮވިޑްގެ ވޭދަނަތަކަށް ހުރި މިންވަރަށް ބަލާއިރު، ހިތަދޫގައި 63، މަރަދޫގައި ދޭއް، މަރަދޫފޭދޫގައި އެކެއް، ފޭދޫގައި އެކެއް އަދި ހުޅުދޫގައި ހަޔެއް ހިމެނެއެވެ.
އައްޑޫން ބަލި ޖެހުނު މީހުންގެ ތެރެއިން 292 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، މި ބަލީގައި ހާލު ދެރަވެގެން އެކަކަށް އަންނަނީ ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެން ފަރުވާ ދެމުންނެވެ.
އައްޑޫން ކޮވިޑް ޖެހިގެން މިހާތަނަށް ދެ މީހަކު ވަނީ ނިޔާވެފައެވެ.
އައްޑޫ ސިޓީގައި ހަލުވި ކަމާއި އެކީ ކޮވިޑް ފެތުރެމުން އަންނައިރު، ބަލީގެ ނުރައްކާ މިވަގުތު އެންމެ ބޮޑު ވެފައިވަނީ ހިތަދޫއަށެވެ. އެހެން ކަމުން ހިތަދޫގައި ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް ކައުންސިލުން އަންނަނީ ވިސްނަމުންނެވެ.
ތިޔައީ މަސްތުވާ ތަކެއްޗަށް ޕޮޒިޓިއުވާ މީހުން ތިއަތޮޅަކީ މަސްތުވާ ތަކެތީގެ ބޮޑު ހަބެއް ވިއްކާ މީހުން ގިނަ ވާނެ ބޭނުން ކުރާމީހުންވެސް ގިނަވާނެ !
މަސްތުވެގެން ހުރެ ކަލޭ ތިކިޔަނީ ކީކޭ؟؟؟
ރަށަށް ދާންބޭނުންވާ މީހުންނަށް މިވަރުން ހުއްދަ ލިބޭނެބާ؟
އެވަގްރީން ހަމީދު މިކަމުގެ ފުރިހަމަ ޒިންމާ އުފުލަން ޖެހޭނެ