ވ.ފުލިދޫ ބަނދަރުގައި ލޯންޗެއް ގޮވައި ހަތަރު ފަތުރުވެރިންނަށާއި ލޯންޗްގެ ކެޕްޓަންގެ އިތުރުން ގައިޑަކަށް އެކިވަރުގެ އަނިޔާވެއްޖެއެވެ.
މިހާދިސާ ހިނގީ މިއަދު ހެނދުނު 09:30 ކަންހާއިރު ފަތުރުވެރިން ގޮަވައިގެން ލޯންޗް ނައްޓާލަން އުޅެނިކޮށެވެ.
މަންޒަރުދުއް މީހަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ ލޯންޗް ގޮވަން މެދުވެރިވި ސީދާ ސަބަބެއް ނޭނގޭ ކަމަށެވެ. އޭނާ ބުނީ ހާދިސާ ހިނގީ ލޯންޗުގެ ކެޕްޓަން ލޯންޗަށް ޕެޓްރޯލް އެޅުމަށްފަހު ފަތުރުވެރިން އަރުވައި ލޯންޗް ސްޓާޓު ކުރި ވަގުތު ކަމަށެވެ.
ލޯންޗް ގޮވި ނަމަވެސް ލޯންޗްގައި އަލިފާން ރޯވެފައެއް ނުވެއެވެ. ނަމަވެސް ލޯންޗް ގޮވުމާއިއެކު ވަނީ އަޑިއަށް ގޮސްފައެވެ.
ލޯންޗް ގޮވިއިރު ލޯންޗްގައި ތިބީ ހަތަރު ފަތުރުވެރިންގެ އިތުރުން ލޯންޗްގެ ކެޕްޓަނާއި ފަތުރުވެރިން ހިދުމަތްދޭ ގައިޑެކެވެ. އަނިޔާވީ ދެއަންހެނަކަށާއި ހަތަރު ފިރިހެނުންނަށެވެ.
އަނިޔާވި މީހުންނަށް ފުލިދޫ ސިއްހީ މަރުކަޒުގައި އަންނަނީ ފަރުވާ ދެމުންނެވެ. އަނިޔާވި މީހުންގެ ތެރެއިން ލޯންޗް ކެޕްޓަންގެ ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބެއެވެ.
އަނިޔާވި މީހުން އިތުރު ފަރުވާއަށް މާލެ ފޮނުވުމުގެ މަސައްކަތް މިހާރު ކުރަމުން އެބަގެންދެއެވެ.
މިހާދިސާ އާއި ގުޅިގެން ރަސްމީ އިދާރާއެއްގެ ބަހެއް އަދި ނުލިބެއެވެ.
ގޯހެއް އެބައުޅޭ.
ފުލުހުންނާއި ގުޅިގެން ރައްޔިތުން އެބަޖެހޭ ބަދަރުމަތި މޮނިޓަރ ކުރަން.
ރައްޔިތުން ލޮކްޑައުންގައި ގޭބަންދުވެފައި ތިއްބައި ބަޔަކު ގަސްތުގައި ކަމެއް ގޯށްކޮށް ކުރަނީތޯ ބަލައި ފާރަވެރިވާން ޖެހޭ.
އުޅަނދު، ވިޔާފާރި އަދި ދނަޑުބިންތަކަށް ލިބޭ ގެއްލުމަކީ އެއިގެ ވެރިފަރާތައް އެކަނި ލިބޭ ގެއްލުމެއް ނޫން.
މީ ލޯންޗުތައް ގޮވާ މޫސުން، އުތަ؟ އަނެއްކާ ކަނޑުއުޅަނދު އިންސުއަރަންސް ކުރުމަކީ ދިވެހިން ގަބޫލުކުރާކަމެއް ނޫން. އޭރުން އެހެންބަޔަކު މުއްސަދިވަނީ ޔޯލަ
ފަޒްލޫންއާއި އިޔާޒާއިޒައިދުއަދި އިސްލާމިކްމިނިސްޓަރަށްމިވާނުވާއެނގޭނެ..