ގޭގޭ ގައި ފަތުރުވެރިންނަށް ތިބެވޭ ގޮތަށް ހޯމްސްޓޭ ތައާރަފްކުރަން މިހާލަތުގައި އެންމެ ރަނގަޅު ވަގުތުތޯ ވިސްނާލުން މުހިއްމު ކަމަށް ދެކޭ ކަމަށް ގެސްޓު ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) އިން ބުނެފިއެވެ.
ހޯމްސްޓޭ ފަތުރުވެރިކަން ތައާރަފް ކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފައެވެ. އެކަމަށް އާއްމުންގެ ތަރުހީބު ހޯދުމަށް ޓޫރިޒަމް މިނިސްޓްރީންވެސް ދަނީ މަސައްކަތް ކުރަމުންނެވެ.
ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ހޯމްސްޓޭ ފަތުރުވެރިކަން ކުރިއެރުވުމުން ގިނަ ބަޔަކަށް ފައިދާވާނެ ކަމަށެވެ.
މުސްލިމުން ގިނަ، އާދަކާދަ ފިސާރި މެލޭޝިއާ ފަދަ ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި ވެސް "ހޯމްސްޓޭ" ފަތުރުވެރިކަން ކާމިޔާބު ކަމާއި އެކީ ހިންގަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.
ގޭމުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، ހޯމްސްޓޭ ޓޫރިޒަމްއަކީ ދުނިޔޭގައި ފުޅާވަމުން އަންނަ ޓޫރިޒަމެއް ކަމުގައިވާއިރު، ހޯމްސްޓޭ ޓޫރިޒަމް ރާއްޖެއަށް ތައާރަފްކުރުމަކީ އިންޑަސްޓްރީ ފުޅާވުމަށް އެޅޭނެ މުހިއްމު ފިޔަވަޅެއްކަމުގައި ދެކޭ ކަމަށެވެ.
ކޮވިޑު-19 ގެ ސަބަބުން ޓޫރިސްޓުން އައުން މަދުވެ މުޅި ޓުއަރިޒަމް ސިނާއަތަށް ހީނަރުކަމެއް އައިސް ސިނާއަތައް ބޮޑެތި އިންވެސްޓްތައް ކޮށް ހިދުމަތްދެމުންދާ ރިސޯޓްތަކާއި، ލިވަބޯޑްތަކާއި އަދި ގެސްޓް ހައުސްތަކަށް ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް ނުހަނު ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.
އާމްދަނީ ލިބުން ދަތިވެފައިވާ މި ދަނޑިވަޅުގައި، ޓޫރިޒަމް ސިނާއަތުގައި މަސައްކަތްކުރަމުން އަންނަ މަސައްކަތްތެރިންގެ ވަޒީފާގެ ކަށަވަރުކަން ދަމަހައްޓާދިނުމާއި، ގެސްޓްހައުސްތައް ދެމެހެއްޓެނިވިގޮތަކަށް ހިންގާ ބެލެހެއްޓުންމިވަނީ ނާޒުކު ފައްތަރެއްގައި ކަމަށް އެ އެސޯސިއޭޝަންގެ ބަޔާނުގައި ބުންޏެވެ.
ގެސްޓްހައުސްތައް މިހާތަނަށް އެކަށީގެންވާ ގޮތެއްގައި ދުނިޔޭގައި އިސްތިހާރު ކުރެވިފައިނުވާކަމީ ސިނާއަތައް ހަމަ އަގު ހޯދުމަށް ދަތިވެ، ގަބޫލްކުރެވޭ މިންވަރަށް އޮކިއުޕެންސީ ދެމެހެއްޓުމަށް ނުކުޅެދިފައިވާ ހާލު ބަޔާންކޮށްދޭ ހަގީގަތް ކަމަށްވެސް ގޭމުން ބުންޏެވެ.
މައުސޫމް "ވަގުތު" އަށް ވިދާޅުވި ގޮތުގައި ހޯމް ސްޓޭ ޓޫރިޒަމްގެ ސަބަބުން ރަށްތަކަށް މުއްސަނދިކަން ލިބޭނެއެވެ. ހޯމްސްޓޭ ތައާރަފް ކުރެވިގެން ދާނީ ރަށްރަށުގެ ކައުންސިލްތަކާއި ރައްޔިތުންނާ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވިގެން ކަމަށް މައުސޫމް ވަނީ ވިދާޅުވެފައެވެ.
ޖަޒީރާ ގެސްޓް ހައުސްތަކާ ރަށްވެހި ފަތިސް ގެސްޓްހަައުސްތައް ބުކިން ފުލްވެ ޑޮލަރުތައް މި ގައުމުހައި އެހެރަ އުދުހެނީ! މިހާރު މައުސޫމް މިނިސްޓަރ ފަތުއަޑު ކިޔާފައި ޑޮލަރު ޖަހަން އެއުޅެނީ! މި އުޅޭ ލާރިކޮޅަކަށް ފެންބޮވާ ގެންފައިތިބި ހީލަތްތެރި އެމްޑީޕީ ބައިގނަޑު ވަރަށް އުފާވާނެ
މައުސޫމަކީ..ބޮޑު ކޮހެއް