އައްޑޫ ސިޓީ ހިތަދޫން އިތުރު 9 މީހަކު ކޮވިޑް-19އަށް ފައްސިވެއްޖެ އެވެ.
މިއާއެކު އެ ސިޓީގެ ހިތަދޫން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 117 އަށް އަރާފައެވެ.
މިއަދު އެ ސިޓީން ފައްސިވި ނުވަ މީހުންގެ ތެރެއިން އެކަކީ ވަކި ތަރުތީބެއް ނެތި ނެގި ސުންކަކުން ފައްސިވި މީހެކެވެ. އަދި އެރަށު ފްލޫ ކްލިނިކަށް ދެއްކި މީހަކާއި، ފައްސިވި މީހުންނާއި ގާތުން އެއްތާވި ހަތް މީހަކުވެސް ކޮވިޑަށް ފައްސިވެފައި ވެއެވެ.
އަދި އެ ސިޓީން ޖުމްލަ ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ވަނީ 428 އަށް އަރާފައެވެ.
އެ ސިޓީން ބަލި ޖެހުނު މީހުންގެ ތެރެއިން 307 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، މިހާރު ބަލި ޖެހިގެން ފަރުވާ ހޯދަމުން ދަނީ 119 މީހެކެވެ. އޭގެ ތެރެއިން އެކަކަށް ފެސިލިޓީގައި ދަނީ ފަރުވާދެމުންނެވެ.
އެ ސިޓީން ބަލި ޖެހުނު މީހުންގެ ތެރެއިން ދެ މީހަކު ވަނީ އެ ބަލީގައި ނިޔާވެފައެވެ.