ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް މާލޭ ސަރަހައްދުގައި އެޅި ފިޔަވަޅުތަކުގެ ދަށުން ކޮންމެ ގެއެއްގެ ކަރަންޓް މީޓަރު ނަމްބަރު ޖަހައިގެން ހޯދާފައިވާ ފާސް ބޭނުން ކުރެވޭނެ ގަޑި މިހާރު އިތުރު ވާނެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވީ އަލަށް ދެވުނު ލުއިތަކާއެކު، ފުލުހުން ދޫކޮށްފައިވާ ހައުސް ހޯލްޑް ޕާމިޓްގައި މެންދުރު 12 އިން ހަވީރު 04 އަށް ބޭރަށް ނުކުތުމަށް ހުއްދަ އޮންނަ ދުވަސް ތަކުގައި މިހާރު މެންދުރު 12 އިން ހަވީރު 06 އަށް ޒަރޫރީ ބޭނުންތަކަށް ބޭރުގައި އުޅެވޭނެ ކަމަށެވެ.
ހުއްދަ ހޯދައިގެން ގެއިން ބޭރަށް ނިކުމެވޭނީ ހަވީރު 04:00 އާއި ހަމައަށް ކަމަށް ކުރިން އޮތް ނަމަވެސް އިއްޔެ އިން ފެށިގެން ވަނީ ހުއްދަ ހޯދައިގެން ގެއިން ބޭރަށް ނިކުމެވޭނެ ވަގުތު ހަވީރު 06:00 އާއި ހަމައަށް އިތުރު ކޮށްފައެވެ.
ކޮވިޑް-19 އަށް މާލެ އިން ފައްސިވާ މީހުންގެ އަދަދުތައް މަދުވާން ފެށުމުން އިއްޔެ އިން ފެށިގެން ކެފޭ ރެސްޓޯރެންޓްތަކުން ޓޭކްއަވޭ ހިދުމަތް ދެވޭނެ ވަގުތާއި ފިހާރަތައް ހުޅުވާފައި ހުންނަ ވަގުތު ވެސް ވަނީ ހަވީރު 06:00 އާއި ހަމައަށް އިތުރު ކޮށްފައެވެ.
މާލެ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އަންނަނީ މިމަސް ފެށުނު ފަހުން މަދުވަމުންނެވެ. ނަމަވެސް އަދިވެސް އޭޕްރީލް މަހު ކޮވިޑަށް ފައްސިވި މީހުންގެ އަދަދު މަދުވި މިންވަރަށް ފައްސިވާ މީހުންގެ އަދަދު މަދެއް ނުވެއެވެ.
މާލޭގަ ކުއްޔަށް އުޅޭ ހުރިހާ ގެއެއްގެ ހުރިހާ އެޕާޓްމަންޓް ތަކެއްގައި ވަކީ މީޓާރު ތަކެއް ނުހުރޭ. އެހެންވެ ތިކަން ވެފައި ވަނީ ބޮޑޫ މުސީބާތަކަށް
މީޓަރު ފާސްތަ ، ނުވަތަ ހައުސްހޯލްޑް ފާސްތަ؟؟ ނޫސްވެރިންވެސް ތަންކޮޅެއް އެބަޖެހޭ ދޯ ރަނގަޅުވާން.ވ.ވެދުން