13 އަހަރުގެ ކުއްޖަކު ރަހީނުކޮށްގެން ގެންގުޅުމަށްފަހު މަރާލި ވާހަކަތައް ކަވަރު ކުރި މީޑިޔާތައް ޖޫރިމަނާކޮށްފައި ވަނީ މީޑިޔާ ކައުންސިލާއި މަޝްވަރާ ކުރުމެއް ނެތި ކަމަށާއި، އެއީ ހައްލެއް ނޫން ކަމަށް އެ ކައުންސިލްގެ ރައީސް ޝަހުބާން ފަހުމީ ވިދާޅުވެއްޖެއެވެ.
މީޑިއާތަކަށް އިންޒާރުދީ ޖޫރިމަނާ ކުރަމުން ދަނީ ޖެންޑާ މިނިސްޓްރީންނެވެ. މިއީ ރާއްޖެ އަށް ޑިމޮކްރަސީ ގެނައި ފަހުން ސަރުކާރު މިނިސްޓްރީއަކުން މީޑިއާތައް ޖޫރިމަނާ ކުރަން ފެށި ފުރަތަަމަ ފަހަރެވެ.
ޖެންޑާ މިނިސްޓްރީގެ ދަށުން ހިންގާ ފެމިލީ ޕްރޮޓެކްޝަން ސާވިސް އިން މީޑިއާތައް ޖޫރިމަނާ ކުރަނީ އެ ކުއްޖާ މަރާލި މައްސަލައާ ގުޅިގެން ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތާ ގުޅިގެންނެވެ.
ރާއްޖޭގައި މީޑިއާތަކުގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ ގާނޫނީ ބާރު ލިބިފައި އޮންނަނީ މީޑިއާ ކައުންސިލަށާއި ބްރޯޑްކާސްޓިން ކޮމިޝަނަަށް ކަމަށް ވާއިރު މި މައްސަލާގައި ފިޔަވަޅު އަޅާފައި ވަނީ އެ އިދާރާތަކާއި މަޝްވަރާ ކުރުމެއް ނެތި ކަމަށް ޝަހުބާން ވިދާޅުވެއެވެ.
"މަރާލާފައި ވަނިކޮށް ފެނުނު އުމުރުން 13 އަަހަރުގެ ކުއްޖާ ގެ މައްސަލާގައި އެއްވެސް ތަހުގީގެއް، ސުވާލު ކުރުމެއް ނެތި، މީޑިއާތައް ޖޫރިމަނާ ކުރުމަކީ އަޅުގަނޑު ކަންބޮޑުވާ ކަމެއް.މީޑިޔާތައް ޖޫރިމަނާ ކުރުމަކީ މިކަމުގެ ހައްލެއް ނޫން. މީޑިޔާ ކައުންސިލްއާއި މަޝްވަރާ ނުކުރީތީވެސް ކަންބޮޑުވަން" އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ޝަހުބާން ކުރެއްވި ޓްވީޓްގައި ވެއެވެ.
Maraalaafai vanikoh fenunu umurun 13 aharu ge kuhjaa ge mahsalaiga ehves thahugeegeh suvaaleh kurumehnethi media thah joorimanaa kurumakee alhugandu kanboduvaa kameh. Media thah joorimanaa kurumakee mikamu ge hahleh noon. @mmc_mv aai mashavaraa nukureethee kanboduvan
— Sahubaan Fahmy (@sahubaan) June 24, 2021
މީޑިއާ ކައުންސިލުން އޮންލައިން މީޑިއާތައް ރެގިއުލޭޓްކޮށް ބަލަހައްޓަމުން އަންނަ އިރު ބްރޯޑްކާސްޓިން ކޮމިޝަންގެ ޒިންމާއަކީ ޓީވީތައް ރެގިއުލޭޓް ކުރުމެވެ.
ޖެންޑާ މިނިސްޓްރީން ފިޔަވަޅު އަޅަމުން ގެންދަނީ އެއްވެސް މީޑިއާއަކާ ސުވާލު ވެސް ކުރުމެއް ނެތިއެވެ.
މި މައްސަލަ ކަވަރު ކުރި ގިނަ މީޑިޔާތައް ދެހާސް ރުފިޔާއިން ޖޫރިމަނާ ކޮށްފައިވެއެވެ. އަދި އެފަދަ ކަންކަން ތަކުރާރު ނުވާނެކަން ކަށަވަރު ކުރުމުގެ ގޮތުން އެކަން އެ މިނިސްޓްރީއަށް ލިޔުމުން އަންގައި އަދި އެ ލިޔުން އާންމުކޮށް ފެންނާނެހެން ޝާއިއު ކުރުމަށް ވަނީ އަންގާފައެވެ.
ޖެންޑާ މިނިސްޓްރީން ކުޑަކުއްޖާ މަރުވި މައްސަލައިގެ އިހްމާލްވާތީ މަޖިލީޖާ ގުލިގެން އެބަ ސިއްރުބައްދަލްވުންތައްބާވާ މަޝްވަރާ އެބަކުރޭ... އެމްބިއުލާންސް ލަސްވެ ކުއްޖާ މަރުވި މައްސަލައިގައި.. ވަގުތުން މިކަން ބަލާދެއްވާ... މިއީ ތެދެއްތޯ ދޮގެއްތޯ ޔަގީން ކުރައްވާ.. އަޑުއިވުނު ފޯނުކޯލްއެއްގެ ވާހަަކަ މިދައްކަނީ