މ.މުލީގައި ޕިކަޕަކާއި ދޮރުކަންޏަކާއި ދެމެދު ތާށިވެ ސީރިއަސް އަނިޔާތަކެއް ލިބުނު އުމުރުން 28 އަހަރުގެ އަހުމަދު ރައިހާންގެ ސިކުނޑި އަށް އަދިވެސް ހުރީ ވައި އެޅިފައި ކަމަށާއި، ބޮޑު އޮޕަރޭޝަނެއް ކުރަން ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޭނާގެ އާއިލާއިން ބުނެފިއެވެ.
ރައިހާންގެ އާއިލާގެ މެމްބަރެއް ކަމަށްވާ ޝިޔާމް އަހުމަދު "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ބުނީ ރައިހާންގެ ހާލަތު މިހާރު ކުރިއަށް ވުރެ ރަނގަޅު ކަމަށެވެ. އެހެންނަމަވެސް އަދިވެސް ސިކުނޑި އަށް ވައި އެޅިފައި ހުރުމުން، އެކަން އަމިއްލަ އަށް ރަނގަޅު ނުވެއްޖެ ނަމަ އޮޕަރޭޝަން ކުރަން ޖެހޭކަން ޑޮކްޓަރުން އަންގާފައިވާ ކަމަށް އޭނާ ފާހަގަކުރިއެވެ. ރައިހާންގެ އެއް ލޮލުގެ ފެނުން ފުސްކަމަށާއި، ލޮލުގެ ފެނުން އިއާދަވާނެ ކަމުގެ ޔަގީންކަން ޑޮކްޓަރުން ނުދެއްވާ ކަމަށް އޭނާ ބުންޏެވެ.
"ސިކުނޑި އަށް ވައި އެޅުން އަމިއްލަ އަށް ވެސް ރަނގަޅުވާ ކަމަށް ޑޮކްޓަރު ބުނީ. ނުވެއްޖެއްޔާ ކުރަން ޖެހެނީ ބޮޑު އޮޕަރޭޝަނެއް. ދެން ފަހުން ވެސް ލޮލުގެ ފެނުން އެއްކޮށް ރަނގަޅުވާނެ ކަމުގެ ޔަގީންކަމެއް ޑޮކްޓަރު ނުދޭ. ކަންފަތުގެ އަޑު އިވުމަށް ވެސް އަސަރުކޮށްފައި ވަނީ." އޭނާ ބުންޏެވެ.
ރައިހާން އަށް ލިބުނު އަނިޔާތަކުން އަރައިގަތުމަށް އެހީވުމަށް މުލީ ކައުންސިލުން މިހާރު ވަނީ ފަންޑް ފޮށްޓެއް ވެސް މުލީ ކައުންސިލުން ވަނީ ހުޅުވާފައެވެ. މުލީ ކައުންސިލްގެ ނައިބު ރައީސް އަހުމަދު ސާކިފް "ވަގުތު" އަށް ވިދާޅުވީ އެ ހާދިސާ ހިނގާފައި ވަނީ މި މަހުގެ 26 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ކަމަށެވެ. އެ ހާދިސާ ހިނގީ ޕިކަޕެއް ގުދަނަށް ވައްދަން އުޅުމުގެ ތެރޭގައެވެ.
އެ ހާދިސާ ހިނގީ 26 ވަނަ ދުވަހުގެ މެންދުރު 11 ޖަހާކަށް ހާއިރުއެވެ. އޭނާ އިތުރު ފަރުވާ އަށް މާލެ ގެނެސް އޭޑީކޭގައި ފަރުވާ ދޭން ފެށީ އެ ދުވަހުގެ ހަވީރުގެ ވަގުއްގައި ކަމަށް ކައުންސިލުން ވިދާޅުވިއެވެ. ފައިސާ ޓްރާންސްފަރ ކުރަން ބޭނުންވާ ފަރާތްތަކަށް 7709469908101 އަށް ފައިސާ ޖަމާކުރެއްވުމުގެ ފުރުސަތު އެބައޮތެވެ. ޓްރާންސްފަރ ސްލިޕް ޖަމާކުރާނީ 9774475 އަށެވެ.
ﷲ އަށް ދުޢާ ދަންނަވާށެވެ! ރަ އިހާނަށް ފުރިހަމަ ޝިފާ އެއއ އް މިންވަރު ކޮށްދެ އްވުމަށް އެދި ﷲގެ ޚަޟްރަތަށް ދުޢާ ކުރުމަށް، ރަ އިހާންގެ ޢާ އިލާ އަށާ އި، ހެޔޮ އެދޭ ފަރާތްތަކަށް އިލްތިމާސް ކުރަމެވެ!
ރައިހާނަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާށި
އަވަސް ޝިފާއެއް މިންވަރުކުރައްވާށި.އާމިން