ސްރީލަންކާގެ ދެކުނަށް 5.2 ކިލޯ މީޓަރުގެ ބާރުމިނުގައި ބިންހެލުމެއް އަތުވެއްޖެއެވެ.
ރާއްޖޭގެ މޫސުމާއި ބެހޭ އިދާރާއިން ބުނީ، މި ބިންހެލުމަކީ 10 ކިލޯ މީޓަރު އަޑިން އައި ބިންހެލުމެއް ކަމަށާއި ބިންހެލުން އައިސްފައިވަނީ ރާއްޖޭގެ ގަޑިން 20:06 ވީއިރު ކަމަށެވެ.
ރާއްޖެއާއި 968 ކިލޯމީޓަރު ދުރުން އައި މި ބިންހެލުމުގެ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް މެޓުން ވަނީ ބުނެފައެވެ.
މި ބިންހެލުމާއި ގުޅިގެން އެގައުމަށް އެއްވެސް ކަހަލަ ގެއްލުމެއް ލިބިފައިވާ ކަމުގެ މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ.