"ވަގުތު" ގެ އެޑިޓަރެއް ކަމަށްވާ މުހައްމަދު އަޒްހީމް އަޒީޒް އާއި ނޫސްވެރިޔާ ފާތިމަތު ސަފާ ރަޝީދުގެ ކާފަ، އައްޑޫ ސިޓީ ދޮނަޅަމާގެ އިބްރާހިމް ތައްޚާން ވަނީ މިރޭގެ ވަގުތެއްގައި ނިޔާވެފައެވެ.

އިބްރާހިމް ތައްޚާން ނިޔާވުމާއި ގުޅިގެން އާއިލާއަށް ލިބިފައިވާ ހިތާމައިގައި "ވަގުތު" އިން ބައިވެރިވަމެވެ. އަދި "ވަގުތު" މުވައްޒަފުންގެ ފަރާތުން އާއިލާއަށް ތައުޒިއާ ދަންނަވަމެވެ.

"ވަގުތު" މުވައްޒަފުންގެ ދުއާ އަކީ އިބްރާހިމް ތައްޚާންގެ ކުށްފާފަތައް ފުައްސަވާ ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރެއްވުމެވެ. އޭނާގެ އާއިލާ އަށް ކެތްތެރިކަން ދެއްވުން އެދި ދުއާ ކުރަމެވެ.

އިބްރާހިމް ތައްޚާންގެ ކަށުނަމާދު އޮންނާނީ މާދަމާ ހެނދުނު 11:00 ގައި އައްޑޫ ސިޓީ ހިތަދޫ ހުކުރު މިސްކިތުގައެވެ.

އިބްރާހިމް ތައްޚާންގެ ޖަނާޒާގައި ވީހައިވެސް ގިނަ ބަޔަކު ބައިވެރިވުމަކީ "ވަގުތު" ގެއެދުމެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢބްދުއްﷲ

    "ވަގުތު" ގެ ތައުޒިއާ

    ( ޖުލައި 2, 2021 )

    إنا لله وإنا إليه راجعون .. البقاء لله

    އިބްރާހިމް ތައްޚާންގެ ކުށްފާފަތައް ފުައްސަވާ ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރެއްވުމެވެ. އޭނާގެ އާއިލާ އަށް ކެތްތެރިކަން ދެއްވުން އެދި ދުއާ ކުރަމެވެ.