ހުރިހާ ގްރޭޑެއްގައި ޓެބްލެޓުން ކިޔަވައިދޭނެ ފުރަތަމަ ގައުމަކަށް ވާނީ ރާއްޖެވާނެކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ރިޔާސީ ބަޔާން އިއްވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، ރާއްޖޭގެ ކުދިންނަކީ ގާބިލް އަދި ހުނަރުވެރި ކުދިންނަށް ހެދުމަށްޓަކައި މިއަހަރުގެ ދެވަނަ ޓާމުން ފެށިގެން ރާއްޖޭގެ ހުރިހާ ސްކޫލެއް ވައިފައި ކުރެވި ސްކޫލްތަކުގެ 1 އިން 12 އަށް ކިޔަވާ ދަރިވަރުންނަށް ޓެބްލެޓްގެ އެހީގައި ކިޔަވަދޭން ފަށާނެ ކަމަށެވެ. އަދި މިއީ ދުނިޔޭގައި މިކަން ކުރާ ފުރަތަމަ ގައުމުކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ ރަށްރަށުގެ ސްކޫލްތަަކަށް ބޭނުންވާ ހުރިހާ ޓިޗަރުން ހޯދުމުގައި ހުރި ދަތިތަކަށް ހައްލެއް ހޯދުމުގެ ތެރެއިން ކުދި ސްކޫލްތަކަށް އެންމެ މި ޒަމާނުގެ ޓެކްނޮލޮޖީގެ ވިއުގާ އަޅާ ވާޗުއަލް މާހައުލުގައި ދަރިވަރުންނަށް އުނގައިދިނުމުގެ ފުރުސަތު ފަހިވެފައިވާކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ސްކޫލް ތައުލީމް ނިންމާ ދަރިވަރުންނަށް މަތީ ތައުލީމާއި ތަމްރީންގެ ފުރުސަތުތައް ދިނުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއުގެ ދަށުން މަތީތައުލީމް ހާސިލް ކުރުމުގެ ނިސްބަތް މީގެ ހަތަރު އަހަރާއި އަޅާބަލާއިރު، 19 އިންސައްތަ އިން 32 އިންސައްތައަށް އިތުރު ކުރެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
"ސަރުކާރުގެ އަމާޒަކީ 2022 އަށް ދާއިރު މަތީ ތައުލީމަށް ދާ ކުދިންގެ ނިސްބަތް 32 ޕަސެންޓުން 60 ޕަސެންޓާއި ހަމައަށް މައްޗަށް ޖެއްސުން" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މިދިޔަ އަހަރު ސާނަވީ އިމްތިހާން ނިންމާ ފަަސް މާއްދާއިން ފާސްވި ކުދިންގެ ނިސްބަތް 77 ޕަސެންޓަށް އަރާފައިވާކަމަށާއި، މިއީ 2013 ވަނަ އަހަރުގެ ނަތީޖާއާ އަޅާބަލާއިރު، 28 ޕަސެންޓުގެ ކުރިއެރުމެއްކަމަށެވެ.
ޓެބްލެޓްތައް ބޭނުންކުރާނީ ދަރިވަރުންނަށް އެކަމުން އެންމެ ފަސޭހަ އަދި ފައިދާ ކުރާނެ ގޮތަކަށް ކަމަށާއި އެކަން ބެލުމަށް ދިރާސާތައް ހަދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
ކުދިންގެ ލޯތަކަށް ވާނެގޮތް އިގޭތަ
ކުދިންގެ ލޮލައް ވާނެގޮތް އިގޭތަ
ހުރީހާ ގުރޭޑެއްގެ ޓެބުލެޓޭ ކީޔާފަ ބޭކާރުގޮތުގަ ލާރީގަނޑެއް ދުއްވާލުމަކީ ދަރަނީން ފޯވެފަ އޮތް ސަރުކާރެއް ފަޚުރުވެރީވާންޖެހޭ ސަބަބެއްނޫނެވެ.
ކޮބާތަ ތީގެ ބޭނުމަކީ. މިހާރުވެސް މިއުޅޭ ކިދިންނަށް ލިޔަން ކިޔަން ނޭގިގެން މިެުޅެނީ
ވަރަށް ފުރިހަމަ ރިޔާސީ ބަޔާނެއް. ޝުކުރިއްޔާ ރައީސް
ސާބަސް ރައިސް ޔާމިން
ތިކަމަކުން ފަހުރުވެރިނުވޭ،ދަރިވަރުންގެ ކިޔެވުން ހަލާކުވާނީ.ޕަސަންޓޭޖް އިތުރުކުރަން މޮޅުކުއްޖާ ބާވެރިކޮއް ދައްކުއްޖާ ވޯލެވެލްގަ ބައިވެރިނުވާން މަޖުބޫރު ކުރުވަނީ.
ނިއުމަތް ތަކަށް ފުރަގަސް ދިނުމަކީ އެނިއުމަތްތައް ނުލިބުން ވާޖިބުވުން. މިގައުމުގަ ލިޔެކިޔުން މަނަލެއް ނޫން. ބޭނުންވަރަކަށް ދަރިން ލައްވާ ލިޔުއްވަންވީ. ފޮތުން ކިޔުއްވަންވީ. ސްކޫލަށް ފޮތް ފޮނުވަންވީ. އެކަމަކު މިކަންކަންކުރެވޭނީ ދަރީގެ އަމާއަށް މުޒާހަރާ ނިމިގެންނު
ރާއްޖޭގެ ހުރިހާ ބާރެއް މުށުތެރެޔަށް ލައިގެން ހުރެމެ އިސްލާމީ ޝަރީޔާ ގާއިމުނުކޮށްދޭނީ ހާދަހާ ލާދީނީވެރިޔެކޭ.. ތަމެންނަށް ފެނޭތޭ ބޮޑެތި ކުށްވެރިން އެތިބީ ދޫކޮށްލާފަޔޭ ހެކިއޮތަސް ހެވޭ.. ނަމަވެސް ރިޔާސީ އިންތިހާބުގަ ވާދަކޮށްފާނެހެން ހީވާ މީހަކު ވިއްޔާ އެހެރަ ދަނީ ޖަލަށް ލެވެމުންނޭ.. ދަންވަރެއް ފަތިހެއް ނޯވޭ ކޯރޓު ހުޅުވޭ..ފެނޭހޭ ތަމެންނަށް.. ވައްކަން ކުރާ މީހުންނާ މީހުން މަރާ މީހުންގެ ޝަރީޔަތް ބޭއްވޭ ކަމަށް ވަނީ އަހަރަކު 2 ފަހަރޭ.. ތަމެން މަގެ ދީނޭ މަގެ އަމްނޭ ކިޔަން ލަދެއް ނުގަނޭހޭ
ތިޔަ ހަމަ ބޮޑު ކަޓު ނަގަން ޖެއްސި ސުޓަނޓެއް.. 65 ޑޮލަރަށް ލިބޭ ޗީޕު ޓެބު ކިހާވަރަކަށް ތޯ ބިލު ހައްދައިގެން ތިޔަ ގެންނަނީ؟ މަޢުލުމާތު ހާމަކުރާނެކަމަށް ހީކުރަން
ވީ ޑޯންޓް ވޯންޓް ޓު ގިވް ޓެބްލެޓްސް ޓު އާ ކިޑްސް. އިޓްސް ބެޓާ ފޯ ދެމް ޓު ރީޑް ފްރޮމް ބުކްސް އެންޑް އެކްސެސައިޒް ދެއާ މައިންޑް ޓު ގެއިން ނޮލެޖް.
ޕްލީޒް ޑޯންޓް ބީ "ދަ ވަން " ޓު ސްޕޮއިލް ދަ ފިއުޗާ އޮފް އާ ކިޑްސް
މިހާރު ފެންނަނީ ހުރިހާ ސްކޫލުތަކުން ވެސް ގްރޭޑް 10 ކިޔަވާދޭ ގޮތައް ހެދީމަ މިހާރު ފެންނަނީ 10ގެ މޮޅު ދަރިވަރުންގެ ކަންތަކާ އަވަދިނެތީ އުޅޭތައް،މިގޮތައް ވުމުން ދަށުގެ ގްރޭޑް ތަކައް އަޅާ ނުލެވޭތައް ފެނޭ،އިސްކަންދަރު ،ކަލާފަން ، ޓީއެސް،ޖަމާލުން ދީން، އިމާދުން ދީން މި ސްކޫލް ތަކުގެ ހާލަތު ވަރައްދައް.މި ސްކޫލް ތަކުގައި 10 އަކައް ކިޔަވާ ގޮތައް ހެދުމުން ދަށުގެ ގްރޭޑް ތަކައް އަލާނުލާ.
ކުދިންހަލާކުވާނީ މިހެންހަދައިގެން އެހެންނޫންނަމަ ދުނިޔޭގެ އެހެން ގައުމުތަކުގަވެސް މިކަން ކުރާނެތާދޯ.
ތިކަން ވާނީ މިސަރުކާރުން ދިވެހިރާއްޖޭގެ ޖީލެއް ހަލާކުކޮށްލުމަށް ހިންގާ ބޮޑު ޖަރީމާ އަކަށް، ބަލަ ތީ މާމޮޅުކަމެއް ނޫނޭ، ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުން ތިކަން ނުކުރަނީ ކުދިންގެ ތަޢުލީމަށާއި ޞިއްޙަތަށާއި އަޚުލާޤަށްވެސް ތިކަމުން ނޭދެވޭ އަސަރުތަކެއް ކުރާނެތީއޭ، ތިވެދާނެ ބައެއްގެ ޖީބަށް އެތައްމިލިއަން ރުފިޔާއެއް ވަން ކަމަކަށް ، ހިޔޮނުވާނެ ތިކަން ހުއްޓާލާ