ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ނިރުބަވެރި ހަމަލާއެއް އަމާޒުވުމުގެ ކުރިން އެ މައުލޫމާތު ލިބުނު ފަރާތްތަކުގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
ނަޝީދަށް ދިން ހަމަލާގެ ދެ ދުވަސް ކުރިން ރައްޔިތުންގެ މަޖިލިހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް، ފޯނު ކޯލެއް މެދުވެރިކޮށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީއަށް ދެއްވި މައުލޫމާތު ކަމާބެހޭ އިދާރާތަކަށް ހިއްސާ ނުކުރާ ކަމަށް މަޖިލީހުގެ 241 ކޮމިޓީން ރައީސް ނަޝީދުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ބެލުމަށް ކުރިއަށް ގެންދިޔަ އިންކުއަރީގެ ފައިނަލް ރިޕޯޓުން އެނގިގެންދެއެވެ.
އެ ރިޕޯޓުގައި ބުނެފައިވަނީ މެއި ތިން ވަނަ ދުވަހުގެ ރޭ އާންމުންގެ މީހެއްގެ ފަރާތުން ނަޝީދު އަވަހާރަކޮށްލަން އުޅޭކަމުގެ މައުލޫމާތެއް އިލްޔާސް ލިބިވަޑައިގަތުމުން އެ ވާހަކަ އެގޮތަށް ރައީސް ނަޝީދު އަރިހުގައި ދެންނެވި ކަމަށެވެ. އަދި ރައީސް ނަޝީދުގެ އިރުޝަދާއެކު އިލްޔާސް އެވާހަކަ މިނިސްޓަރު މާރިޔާއަށް ގުޅުއްވާފައި ހިއްސާ ކުރެއްވި ކަމަށްވެއެވެ. އެކަމަށް އެ ދެބޭފުޅުން ވެސް އެއްބަސްވެފައިވާ ކަމަށް ރިޕޯޓްގައި ވަނީ ބުނެފައެވެ.
މިނިސްޓަރު މާރިޔާއަށް އެ މައުލޫމާތު ހިއްސާ ކުރުމުން އެ މައްސަލަ ފުލުހުންނަށް ހިއްސާ ކުރުމަށާއި އެކަމާއި ގުޅޭ އިތުރު މައުލޫމާތު ލިބިއްޖެނަމަ، ހިއްސާ ކުރުމަށް ވެސް އެދިފައިވާ ކަމަށް ރިޕޯޓްގައި ވަނީ ބުނެފައެވެ.
ނަމަވެސް އިލްޔާސް ދެއްވި މައުލޫމާތު މާރިޔާ އެމްއެންޑީއެފްގެ އެއްވެސް ފަރާތަކާ ހިއްސާ ނުކުރައްވާ ކަމަށާއި އެކަން ޗީފް އޮފް ޑިފެންސް ފޯސް އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ އިތުރުން އެސްޕީޖީ ގެ ކޮމާންޑަރާއި ޑިފެންސް އިންޓެލިޖަންސް ސާވިސްގެ ފަރާތުން އިންކުއަރީގައި ބުނެފައިވާ ކަމަށް ރިޕޯޓްގައި ވަނީ ބުނެފައެވެ.
ގާތްގަނޑަކަށް 270 ގަނޑުގެ އެ ރިޕޯޓުން ފާހަގަވި ކަންކަން ތަހުގީގުކުރަން ފުލުހުންނަށް ހުށަހަޅާފައިވާ އިރު އެ އިދާރާއިން "ވަގުތު" އަށް ވިދާޅުވީ ނިރުބަވެރި ހަމަލާއެއް އަމާޒުވާން އުޅޭ ކަމުގެ މައުލޫމާތު ކުރީބައިގައި ލިބުނު ފަރާތްތަކުގެ މައްސަލަ ތަހުގީގު ކުރަމުން ދާކަމަށެވެ. އަދި އެ މައްސަލައިގެ ވަށައިގެންވާ ހުރިހާ ކަމެއް ބެލުމަށްފަހު އިހުމާލުވާ ފަރާތްތަކާއި މެދު ފިޔަވަޅުއަޅަމުން ގެންދާނެ ކަމަށް ވިދާޅުވިއެވެ.
މަޖިލީހުން ހެދި އިންކުއަރީގެ މައްޗަށް އެކުލަވާލި ރިޕޯޓުގައި ބުނެފައި ވަނީ އެ މައުލުމާތު ހިއްސާ ކުރެއްވި ނަމަ ރައީސް ނަޝީދުގެ ބޮޑީގާޑުންނަށް އެ މައުލޫމާތު ހިއްސާ ކޮށް ސެކިއުރިޓީ ވަރުގަދަ ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
އިލިޔާސް ލަބީބު ކޮނެލާ ހިސާބުން ޑުރާމާ ނިމޭނެ!
އަދިކިރިޔާތޯ؟....ހަމަ ސާބަސް.....ތަހުގީގު ހިނގަނީ ފަތުއަޑުކިޔާފަ ދެއްތޯ؟..އެހެންޏާފަހެ ދެމަހާބައިވީ...އާހް.
މާރިޔާއަށް އެނގުމުގެކުރިން ފޭބިރައީސް މީހާއަށްވަނީ އެކަން އެނގިފަ އޭނަގެ މައްސަލަނުބަލާ މާރިޔާގެ މައްސަލަ އެއް ނުބެލޭނެ އޭނަވެސް އެހުރީ ގާނޫނާ ޚިލާފް ވެފަލަބީބުފުރަތަމައެންގީއަންނިއަށްކަމަށްއޭނައެބަބުނޭ. ޢަންނިކީއްވެހޭ ޕޮލިހަށް ނޭން ގީ .މަޖްލިސްރައީސްއަށް ގާނޫނު ނުހިގަ ނީހޭ ސުވާލަކީ