ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަށް ފަހު އައްޑޫ ސިޓީގައި ފުލުހުން ކުރިއަށްގެންދެވި ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަންގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ ހއ. ހޯރަފުށީ، އަލަނާސިގޭ މުހައްމަދު ތަސްލީމްގެ މައްޗަށް މޭ 6 ވަނަ ދުވަހު ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާ މައްސަލައިގެ ތުހުމަތު ކޮށްފިއެވެ.
ތަސްލީމަކީ އައްޑޫގައި ދިރިއުޅެމުންދާ، އެ ސިޓީގެ މީހަކާއި ކައިވެނިކޮށްގެން އުޅޭ މީހެކެވެ.
އައްޑޫގައި ހިންގި ހަރުކަށި ފިކުރާއި ގުޅުން ހުރި އޮޕަރޭޝަންގައި ތަސްލީމްގެ އިތުރުން ހަތަރު މީހަކު ހައްޔަރުކުރިއެވެ. އެއިރު ހައްޔަރުކޮށް އެ މީހުން ހިތަދޫ މެޖިސްޓްރޭޓު ކޯޓުން ދޫކޮށްލުމުން، އެ ފަސް މީހުންވެސް ހައްޔަރު ކުރުމަށް ހައިކޯޓުން ވަނީ އަމުރުކޮށްފައެވެ.
"ވަގުތު"އަށް އެނގިފައިވާގޮތުގައި، މިއަދުގެ މެންދުރުގެ ވަގުތެއްގައި ތަސްލީމް ހައްޔަރު ކޮށްފައިވަނީ ރައީސް ނަޝީދަށް ދިން ހަމަލާގެ ތުހުމަތުގައެވެ. އޭނާ މިހާރު ހިތަދޫ ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓާފައިވާއިރު، ކުށުގެ މައްސަލަތަކުގައި ހައްޔަރު ކޮށްފައިވާ މީހުންނާއި ވަކިން އޭނާ ބެހެއްޓުމަށް ވެސް އަންގާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ޖުމްލަ އަށް މީހަކު ފުލުހުންގެ ބެލުމުގެ ދަށުގައި ތިބިއިރު އޭގެ ތެރެއިން ހަތަރު މީހެއްގެ މައްޗަށް ދައުވާކުރުމަށް މިހާރު ވަނީ ފޮނުވާފައެވެ. އެއީ، ހަމަލާއާ ގުޅިގެން އެންމެ ފުރަތަމަ ހައްޔަރުކުރި އަހުމަދު އަދުހަމް، 25، އާއި މުޖާޒް އަހްމަދު 21، އާއި ތަހުމީން އަހްމަދު، 32 އަދި އަހުމަދު ފާތިހު، 23 ގެ މައްޗަށެވެ.
މީގެތެރެއިން މުޖާޒާއި ތަހުމީނު އަދި އަދުހަމް ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.
އައްޑޫގާވެސްތިބެނީތަ ނަޝީދުދެކެ ރުޅިއަންނަމީހުން ؟؟ ވަރަށްހީނުވާކަމެއް؟؟ އެކަމަކުވެސް ތިބީތާދޯ ؟؟
ބަލަ އޭ އައްޑޫމީހެއްނޫނެއްނުން. ފިލަނަގޮސް އެތާ އޮތްމީހެއްނުން؟