ދައުލަތް ހިންގުމުގައާއި، ސިޔާސީ މަސައްކަތުގައި ދެބަސްވުންތަކެއް ހިނގި ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މެދު ރުޅިވެރިކަމެއް ނެތް ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހާމަކުރައްވައިފިއެވެ.
މިއަދު ހަވީރު ކްލަބްހައުސްގައި "އައްޑޫ ވޮއިސް" ނަމުގައި ކުރިއަށް ދިޔަ އޮންލައިން ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެން ނަޝީދު ވަނީ ރައީސް ސޯލިހާއި މެދު އޮތް ރަސްމީ ގުޅުން ހީނަރުވިނަމަވެސް އެ ދެމެދުގައި ރުޅިވެރިކަމެއް ނެތް ކަމަށް ވިދާޅުވެފައެވެ.
"އަޅުގަނޑާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ދެބަސްވާ ކަންކަން އެބަހުރި، އެކަމަކު އޭގެ މާނައެއް ނޫން އެއީ އަޅުގަނޑުމެން ދެމީހުން އުޅެނީ ރުޅިވެރިވެގެން ނެކޭ." ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ސޯލިހްއާ އެކު ސިޔާސީ ގޮތުން އެކުގައި ދެން މަސައްކަތް ނުކުރެވޭނެ ކަން ވެސް ނަޝީދު ވިދާޅުވެފައިވާއިރު އެމްޑީޕީގެ އެތެރޭގެ މަސްރަހު ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. ނަޝީދުގެ އެންމެ ބޮޑު ނުރުހުމެއް އޮތް ކަމަކީ "ލާދީނީ ގޮވުން" ޖިނާއީ ކުށަކަށް ހަދާ ގޮތަށް ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލް މަޖިލިސް ޗުއްޓީއަށް ދިއުމުގެ ކުރިން ފާސް ނުކުރުމެވެ. އަދި ބިލު ހުށަހެޅި ގޮތަށް ނުބާއްވައި ގިނަ އިސްލާހުތަކެއް ގެންނަން އުޅުމެވެ.
ރައީސް ސޯލިހާއި ނަޝީދަށް އެކުގައި މަސައްކަތް ނުކުރެއްވޭނެ ކަމަށް ވިދާޅުވިއިރު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕް ތެރޭގައި ދެ ފެކްޝަނެއް އޮތް ކަން ހާމަވެފައިވެއެވެ. އަދި ސަރުކާރުން، އެމްޑީޕީގެ މެނިފެސްޓޯ ތަންފީޒުނުކުރާތީ މަސައްކަތް ބައިބައިވެފައިވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެފައިވެއެވެ.
ނަޝީދާއި ރައީސް ސޯލިހާ ދެމެދު ސިޔާސީ ހިޔާލުތަފާތުވުން ބޮޑުވެފައިވާ ތަން ފެންނަން ފެށީ، ބަރުލަމާނީ ނިޒާމުގެ ވާހަކަތަކުންނެވެ. ނަޝީދު ވަނީ އެމަނިކުފާނު ބޮޑުވަޒީރަކަށް ވެވަޑައިގަތުމުގެ ފުރުސަތު ދެއްވަން ރައީސް ސޯލިހްގެ އަރިހުން އެދިވަޑައިގެންފައެވެ. އެކަމަކު ނިޒާމް ބަދަލުކުރުމަކީ ރައްޔިތުންގެ އަތްމަތީގައި އޮތް ކަމެއް ކަމަށް ތަކުރާރުކޮށް ރައީސް ސޯލިހް ވަނީ ވިދާޅުވެފައެވެ.
ހޫނ. އަނެއްކާ އިބޫ ކޮޅަށް ދީލާލަނީ ދެއްތޮ؟ ނެތޭ ދެން އިތުރުގޮތެއް.
އޯޓޯން ބަދަލުވަނީ. ދެންފެންނާނީ އެކުގައި ނިކުންނަތަން. ޑުރާމާ ކުޅޭމީހުންނަށް ގައުމުގެ ރައީސް ކަން ބޮޑުވަޒީރުކަން ލިބިގެނެނުވާނެ.
ދެބޭޕުޅުންގެ ދެމެދަކު މައްސަލައެެް ނެތް. ޢިހުލާސްތެ ރިން ފު ރާނަލަނީ. 2023 ގައިވެސް ދެބޭފުޅުން ފެނުން ގާތީ އެކުއެކީ . މީ ހުސް އަދުން . ރައްޔިތުންނަށް ވަ ރަށް އަވަހަށް މިކަން އިގިދާނެ. ލަސްވެގެން އޮކުޓޯބަ ރު މަހު . ބަލަމާ ހިނގާ ކުޅިފަސް.
އެލެކްސް ގޮތްހުސްވެއްޖެ ދެންވެސް އަގަނުފަޅާވެތޯބަލާ
ނޯންނާނެ =ތީ=ކަލޭމެން=ކުޅޭ=ކުޅިވަރެއް=ހުސް=ރޭވުން=ދެން=ގަމާރުންާތިބޭނެ=ހެދިފަ
ރައީސުލްޖުމްހޫރިއްޔާގެ ސްމާޓްކަން މިފެންނަނީ! ހުރިހާ ބޭފުޅުން ވެސް ޖެހޭނީ ބޮޑާ ނުހާކައި ރައީސްގެ ކުރިމަތީ ކުޑަކަކޫ ޖަހަން! ވަރަށް ސަލާމް
ބަލަ ނަސީދޫ ހުރިހާއެއްޗެއްވެސް ތިކިޔަމުން ގެންދަނީ ހަމަ ނަސީދުއެވެ. ފުރިފާހުރި އެއްޗެއް ގުޑުގުޑެއް ނާޅާނެއެވެ. އިބްރާހިމް ސޯލިހު ނޫޅޫއްވައޭ ހާސްވެގެނެން، ނަސީދު ބޭނުންވާހާ ގޮތަކަށް ހުރިހާކަމެއް ނުވާނެކަން ގަބޫލް ކުރެވުނީމަ އަވަހަށް ވާހަކަ ބަދަލު ކޮށްލީދޯ!
މީނަމީމާ މަތީމީހެއްތަ؟
ހަމަގައިމުވެސް ކަލެއަށްވުރެ 6 ގުނަ މަތިވާނެ
މިސޮރު މެން ކޮންމެ ހާލެއްގައިވެސް ޢާއިލާ ދަމަހައްޓާ އެކުގައި އުޅޭތާ! މިސޮރުގެ އަނގައިން ހަމަކޮށްގެންވެސް! މި އުޅޭ މާތްމޫނު ދީނީ ލީޑަރު ޢާއިލާގެ ކޮއްކޮ އަކާ އަޅާގަނެ ފިތުނަވެރިވެ އެހުންނަނީ އަޅެ ކޮންފައިދާއެއް ކުރާނެކަމަށް! ދީން ކިޔަވާފަައި ހުރި މީހަކާއި ދީން ނުކިޔަވާ ތިބި މީހުންގެ ތަފާތު ރައްޔިތުންނަށް މި ފެންނަނީ! ހަމަ ހިސާބަށްވުރެ ނުލަފާކަމާއި ހިތުގަައި އަނގުރު އަލިފާން އަނދާލެއް ބޮޑީ ދަންނަބޭލުގެ!
ކޮންމެ މީހަކު 24ގަޑީގައި ހަމައިގައި ހުންނަށް ބޭނުން ނުވެދާނެ ކަން މިއޮތީ ހަމަ ސީދާ ސާފުކޮށް ފެންނަށް. ދެން ރައްޔިތުމީހާ ކޮންމެހެން އާވެގެން އުޅޭކަން ނުޖެހޭ ދޯ؟