ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން މިހާރު ދައުވާ އުފުލާފައިވާ ފުއްގިރި މައްސަލައިގައި އެމަނިކުފާނު ފުލުހުންނަށް ދެއްވި ބަޔާނުގައި ލީކް ކޮށްލުމުން ޕީޕީއެމް އިން ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމަށާއި ފުލުހުންނަށް ފާޑުކިޔައިފިއެވެ.

ޔާމީން ފުލުހުންނަށް ދެއްވި ބަޔާން "އަދަދު" ނޫހަށް ލިބިފައިވާ ކަމަށް އެނޫހުން ބުނެއެވެ. ބަޔާނުގައި ހިމެނޭ ވާހަކަތައް އެނޫހުން ވަނީ އާއްމު ވެސް ކޮށްފައެވެ.

ޕީޕީއެމް އިން ނެރުނު ބަޔާނުގައި ބުނީ ޔާމީންގެ ބަޔާނާއި ގުޅޭ ގޮތުން އަދަދު ނޫހުގައި ޝާއިޢުކޮށްފައިވާ ޚަބަރުގައި ކަންބޮޑުވާ އެތައް ކަމެއް އެބަހުރި ކަމަށެވެ. އެއީ ކަމުގެ ޙަޤީޤަތް ރައްޔިތުންނަށް އޮޅުވާލުމާއެ ޝަރީޢަތަށް ނޫފޫޒު ފޯރުވުމަށް ސަރުކާރު އަޑީގައި އޮވެގެން ހިންގާފައިވާ ކަމެއް ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.

ޔާމީނާއި އެމަނިކުފާނުގެ ވަކީލުންގެ ފަރާތްޕުޅުން ކޯޓުގައި ދައްކަވާފައިވާ ވާހަކަ ތަކެއްގެ އިތުރުން، އެމަނިކުފާނުގެ ފަރާތްޕުޅުން ތަޙުޤީޤީ އިދާރާއަކަށް ދެއްވާފައިވާ ކަމަށް ބުނާ ޞައްޙަކަން ކަށަވަރު ނުވާ އެތައް މަޢުލޫމާތެއް ޚަބަރުގައި ހުރިކަން ވަނީ ފާހަގަވެފައި ކަމަށް ބަޔާނުގައި ބުންޏެވެ.

"ކޯޓެއްގައި ހިނގަމުން ދާ މައްސަލައަކާ ގުޅިގެން، ތަޙުޤީޤީ އިދާރާއަކަށް ޢާންމު ފަރުދަކު ދީފައިވާ މަޢުލޫމާތުތަކެއް ނޫހެއްގައި ޝާއިޢުކޮށް ހެދުމަކީ ޝަރީޢަތަށް ސީދާ ގޮތުން ނުފޫޒު ފޯރުވުމުގެ ޢަމަލެއްކަމުގައި ބެލެވޭއިރު، އެފަދަ މަޢުލޫމާތެއްގެ ތެދު ދޮގު ސާފު ކުރުމެއް ނެތި ޝާއިޢުކުރި ފަރާތުން އެކުރަނީ ޖިނާޢީ ކުށެއް." ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

އެ ޚަބަރު ލިޔެފައިވާ ނޫސްވެރިޔާ އާއި އެ ނޫހުގެ އެޑިޓަރު އަދި މަސްއޫލުވެރިންނާއި މެދު ފިޔަވަޅު އެޅުމަށް ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކަށް ބަޔާނުގައި ވަނީ ގޮވާލާފައެވެ. "އެ ޚަބަރު ކިޔާލުމުން އެޚަބަރުގައި ވާ މައުލޫމާތުތަކުން ކުށެއް ނެތް މައުސޫމް ބޭފުޅަކު ރައްޔިތުންގެ ކުރިމަތީ ބަދުނާމު ކުރުމަށް މަސައްކަތް ކޮށްފައިވާކަމަށް ބެލެވޭތީ، މިކަމަކީ ސަރުކާރާއި ޕްރޮސެކިއުޓަރ ޖެނެރަލް އާއި ފުލުހުންގެ އިދާރާ ގުޅިގެން ހިންގާފައިވާ ޖަރީމާއެއްކަމަށްވެސް ބެލުމުގެ ޖާގަ އޮތްކަމަށް ފެންނާތީ، އެކަންވެސް ސަރުކާރުގެ ނުފޫޒުތަކުން އެކަހެރިވެފައިވާ ދައުލަތުގެ މިނިވަން މުއައްސަސާއަކުން ބަލާ ފިޔަވަޅު އެޅުމަށް." ބަޔާނުގައި ވަނީ ގޮވާލާފައެވެ.

ޔާމީންގެ ބަޔާނުގައި ހުރިކަމަށް "އަދަދު" ނޫހުގައި ބުނެފައިވާ ވާހަކަތަކުގެ ތެރޭގައި ވެސް ޔާމީން ތުހުމަތުތަކަށް އިންކާރު ކުރައްވާ ވާހަކަ ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ޢަޒު

  އިބޫ ކަލޭ އިސްތިއުފާ ދީފަ ގެއަށްދޭ ވަގައް ވެރިކަމަށް އައިއްސަ ހިތުހުރި ގޮތަކަށް ކަންތަށް ކުރަން ޖާގަ ނުދެވޭނެ

  18
  2
 2. އިބުރާހީމު

  ކޮމިޝަނެއްގެ ވެރިޔއަކަށްހުރި މީހަކު ކޮމިޝަން ދޫކޮށްދިޔައީ މިޖަރީމާ ހިންގަން

  17
 3. ފުއްގިރި ވަގު

  މިހާރު ސާ ފުވެއްޖެ ނަރީސް ބަނޑަށްވައިއަރައިގެން "ހަޖަމް"ނުވެގެން އުޅުނު ސަބަބު.

  5
  8
 4. ޢަބްޅޯ ނެއިފަރު

  "ކުށެއް ނެތް މައުސޫމް ބޭފުޅަކު" މިހެން ބުނާތީ ހަމަ ހައިރާންވޭ1 ބަލަ ތިބުނާ ބޭފުޅަކީ ބޮޑުވަގެއް.

  2
  24
 5. ކެނެރީގެ މާފަތް އެދުރު

  އަދިވެސް ހަމީދުމެން ކިޔާނެ އަވައްޓެރި ފުލުހުންނޭ ދެން ޖެހުނު އެއްޗެކޭ ހަމީދުމެން އަޑީގައި ތިބެގެން ކުރާ މިކަހަލަ ނެއްގާނީ ކަންކަމުގެ ސަބަބުން މުޅި މުއައްސަސާގެ ދުވަސް ދަނީ ނަމަނަމަ އަހަރުމެން ގެޔަށް އަވައްޓެރި ފުލުހުން ނުފޮނުވައްޗޭ ދޭނެ މައުލޫމާތެއް ނޯންނާނެ ޝުކުރިއްޔާ

  15
  1
 6. އަލްޖިބްރާ

  މައުސޫމް ބޭފުޅެކޯ ލޮލް. ވަގުންނަކީ މައުސޫމް މީހުން ޕީޕީއެމްއަށް

  2
  22
 7. ދަނޑުވެރި

  ބަޔާން އަމިއްލައަށް ނުދާނެދޯ ނޫސްވެރިންނާދިމާލަކަށް ތީ މުއަށްސަސާތަކުގެތިބިވެރިންގެ ފަރާތުންލީކު ކޮށްލާފައިވާއެއްޗެއް ކޮންއިތުބާރެއްކުރެވެނީ މީ ހިތުހުރިގޮތެއްހަދަނީއޭ ބުނާސަބަބު