ކޮންޓޭނާއެއްގެ މަތިން ވެއްޓި އެމްޕީއެލް މުވައްޒަފަކަށް އަނިޔާވެއްޖެއެވެ.

އެމްޕީއެލް އިން ބުނީ މި ހާދިސާ ހިނގާފައިވަނީ މިރޭ 9:30 ހާއިރު ކަމަށެވެ. އޭނާ ކޮންޓެއިނާ ސްޕްރެޑަރ އަޅުވަން އުޅެނިކޮށް ބޯޓު ރޯލު ކުރުމުން ސްޕްރެޑަރ އޭނާ ގައިގައި ޖެހި ކަހާލައި ތިރީގައި ހުރި ކޮންޓެއިނަރ މައްޗަށް ވެއްޓިިި ކަނާއަތު އޮޅަނބޮށި ވަނީ ނެއްޓިިފައިވާ ކަމަށް އެމްޕީއެލްގެ ތަރުޖަމާން ދާނިޝް ނިޒާމް ވިދާޅުވިއެވެ.

ދާނިޝް ވިދާޅުވީ މުވައްޒަފު ވެއްޓުނީ 10 ފޫޓު މަތިން ކަމަށާއި އޭނާ 15 މިނެޓު ތެރޭގައި ހޮސްޕިޓަލަށް އެމްޕީއެލްގެ މެޑިކަލްސްއިން ވަނީ ގެންގޮސްފައި ކަމަށެވެ. އަދި މިހާރު ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުން ކަމަށް ދާނިޝް ވިދާޅުވިއެވެ.

ހާދިސާ ހިނގި އިރުގައިވެސް މުވައްޒަފު ހުރީ އެމްޕީއެލް ބަނދަރު ސަރަހައްދުގައި އުޅެންޖެހޭ ސޭފްޓި ކަންތައްތައް (ހެލްމެޓް،ސޭފްޓީ ޝޫޒް، ވެސްޓް) ފުރިހަމަކޮށްގެން ކަމަށް އެމްޕީއެލް އިން މައުލޫމާތު ދެއެވެ.

ދާނިޝް ވިދާޅުވީ ވެއްޓުނު މުވައްޒަފުގެ ބޮލަށް އެއްވެސް ގެއްލުމެއް ވެފައިވޭތޯ ބެލުމަށް ސީޓީ ސްކޭނެއް މިހާރު ހަދަމުންދާ ކަމަށެވެ.

މީގެ ހަފްތާއެއް ކުރިން ވެސް އެމްޕީއެލްގައި ކޮންޓޭނާތަކެއް މަތިން މުވައްޒަފަކު ވެއްޓި އަނިޔާވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަލިފުޅު3

    '... އޭނާ ކޮންޓެއިނާ ސްޕްރެޑަރ އަޅުވަން އުޅެނިކޮށް ބޯޓު ރޯލު ކުރުމުން ސްޕްރެޑަރ އޭނާ ގައިގައި ޖެހި ކަހާލައި ...' : ދުނިޔޭގެ ތަހުޒީބު ގައުމު ތަކުގައިވެސް މިކަން ކުރަނީ ހަމަ މިހާ ހެއްވާ ގޮތަކަށް ތޯ؟ ކަނޑުގަ އޮންނަ އުޅަނދެއް ރާޅާއެކު ރޯލު ކުރުމަކީ އާއްމު ކަމެއްހެން ހީވޭ! އެހެންވީމާ އާއްމުކޮން އެކަން ނުހިނގަނީ ނަސީބު ރަނގަޅުކަމުންދޯ؟