ތ.އަތޮޅު ތެރޭގައި ފާނަ މަސްވެރިކަން ކުރަން އުޅުނު މަސްވެރިންތަކެއް އެމީހުން ދޯނި އަޑިއަށް ގޮސް މިއަދު ހެނދުނު ކަނޑު ވެއްޖެއެވެ.
އެމީހުންގެ ދޯނި އަޑިއަށް ދިޔައީ ވަންދޫ ކައިރީގައި އޮންނަ ފަޅު ރަށެއް ކައިރީ އަޅާފައި އޮއްވާ މިއަދު ހެނދުނު 06:30 ކަންހާއިރުއެވެ.
ކަނޑުވި މީހުން މޫދުތެރޭގައި ތިއްބާ އެސަރަހައްދުން ދިޔަ ލޯންޗަކުން ވަނީ އެމީހުން ނަގާފައެވެ. ފަސް މީހުންގެ ތެރެއިން އެއްވެސް މީހަކަށް މިހާދިސާގައި ސީރިއަސް އަނިޔާއެއް ވެފައެއް ނުވެއެވެ.
މިހާދިސާ އާއި ގުޅިގެން އަދި މިހާތަނަށް އެމްއެންޑީއެފްގެ ބަހެއް ލިބިފައެއް ނުވެއެވެ.
ރޭ ފަތިހުން ފެށިގެން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް އަންނަނީ ވިއްސާރަ ކުރަމުންނެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވަނީ ޅ.އަތޮޅުން ފެށިގެން ގދ.އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށް މިއަދު ރީނދޫ ސަމާލު ވެސް ނެރެފައެވެ. ނަމަވެސް މިއަދު އިރުއޮސެން ވާއިރަށް މޫސުން ރީތި ވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވަނީ ވިދާޅުވެފައެވެ.
ކަނޑުވި މީހުން ތިބޭނީ ކަނޑުގަ ވިލައް ފެތުނިއްޔާ ތިބޭނީ ވިލުގަ. މޫދައް ފެތުނީމަ ތިބޭނީ މޫދުގަ.