ކޮވިޑް-19ގެ ވޭދަނަތަކާއި ގުޅިގެން މިދިޔަ އޮގަސްޓް މަހުގެ 21 ވަނަ ދުވަހު ބަންދުކުރި ފުވައްމުލައް ސިޓީ ހުޅުވާލަލައިފިއެވެ.
އެ ސިޓީގެ މޮނީޓަރިންގ ހާލަތު އުވާލީ މިއަދު އެވެ.
އެންމެ ފުރަތަމަ އެ ސިޓީން ކޮވިޑް ފެނިގެން އެ ސިޓީ ބަންދު ކުރީ މެއި ހަ ވަނަ ދުވަހުއެވެ. އަދި ތިން މަސް ފަހުން އޮގަސްޓް 5 ވަނަ ދުވަހު ވަނީ ހުޅުވާލާފައެވެ. އޭރު އެ ސިޓީ ހުޅުވާލާފައި ވަނީ 91 ދުވަސް ފަހުންނެވެ.
އޭގެ ފަހުން އަނެއްކާވެސް ހަމަ އެ މަހު އެ ސިޓީ ބަންދު ކުރިއެވެ.
އެޗްޕީއޭ އިން މިއަދު ނެރުނު އެންގުމުގައި ވަނީ މޮނީޓަރިން ހާލަތު ދަމަހައްޓަންޖެހޭ ސަބަބެއް މިހާރު ނެތް ކަމަށެވެ. އެހެންކަމުން މޮނީޓަރިން ހާލަތާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ވެސް ނިމުމަކަށް ވަނީ ގެެނެސްފައެވެ.
ފުވައްމުލައް ސިޓީން މިހާތަނަށް 1310 މީހަކު ކޮވިޑަށް ފައްސިވިއެވެ. މިހާރު އޭތެރެ ތެރެއިން ބަލި ޖެހިގެން ފަރުވާދެމުން ދަނީ 43 މީހަަކަށެވެ.