އިންގިލާބީ ބަދަލެއް ގެނުވާނެ ފަސްވަނަ ޖީލު (ފިފްތް ޖެނެރޭޝަން) ގެ މަސް ދޯންޏެއް ފަރުމާކުރަން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރާ އެސްޑީއެފްސީން ޕްރީސިޝަން މެރިން ޕްރިވެޓް ލިމިޓެޑާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ސޮލިޓް ކެފޭގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ އެއްބަސްވުމުގައި އެސްޑީއެފްސީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޒީނާދުއެވެ. އަދި ޕްރީސިޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އުމަރު މަނިކެވެ.
މި މަސައްކަތް ހަވާލު ކުރި ކުންފުންޏަކީ 1989 ވަނަ އަހަރުން ފެށިގެން ބޯޓު ބަނުމުގައި ހަރަކާތްތެރިވަމުން އަންނަ، ގިނަ ބައެއް އިތުބާރު ހޯދާފައިވާ ކުންފުންޏެކެވެ.
ފަސް ވަނަ ޖީލުގެ މަސް ދޯނިތަކުގެ ފަރުމާގެ ތަފާތުތައް
- މަސް ރައްކާ ކުރާނެ އިންސިގޭޝަންގެ ފެންވަރު ރަނގަޅުވާނެ
- ރެފްރިޖަރޭޓެޑް ސީ ވޯޓާ (އާރްއެސްޑަބްލިއު ސިސްޓަމް) ހަރުކުރުން
- އައިސް ބޭނުންކޮށްގެން ދެމެހެއްޓެނިވި ގޮތެއްގައި މަސް ރައްކާކުރެވޭނެ ގޮތުގެ ތަމްރީނު ދެވުން
- އެން ރައްކާ ކުރާ ތަންތަނުގައި ޑިޒައިން ބަދަލު ކުރެވި އޭގެ ތަމްރީނު މަސްވެރިންނަށް ދިނުން
- ކޮޅުފިލާގެ ފަރުމާ ބަދަލުކޮށް ބާނާ މަސް އޮޓޮމެޓިކުން މަސް ރައްކާކުރާ ތަނަށް ދާނެ ސިސްޓަމެއް
- މަސް ބާނާ ވަގުތު މަހަށް ލިބޭ ގެއްލުން ހަލާކުވުން ކުޑަކުރުމަށް ކޮޅުފިލާގެ ފަރުމާ ބަދަލުކުރުން
- މަސް އޮފް ލޯޑް ކުރުމަށް ލުއި ކެރޭން ބޭނުންކޮށްގެން، މަސް ރައްކާކުރާ ތަނުގެ ފަރުމާ ބަދަލުކުރުން
- މަސް އައިނު އޮތްތަން ދެނެގަތުމަށް ފަހުގެ ޓެކްނޮޮޮލޮޖީ ބޭނުންކުރުން
- މަސް ދޯނި އޮތް ހިސާބާއި މަސް ބޭނެ މިންވަރު ދެނެގަންނަ ނިޒާމެއް ގާއިމްކުރުން
- މަސް ދޯނީގައި ސޯލާ ޕެނަލް ހަރުކޮށް ތެލުގެ ހަރަދު ކުޑަކުރުން
އެސްޑީއެފްސީގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވީ ފަސް ވަނަ ޖީލުގެ މަސް ދޯނި ވެގެންދާނީ ދިވެހި މަސްވެރިންނަށް ދިމާވާ ކަންކަމުގައި ގިނަ ހައްލުތަކެއް ލިބި ޒަމާނާއި އެކަށީގެންވާ މަސް ދޯންޏަކަށް ކަމަށެވެ. ފާއިތުވި ދެ އަހަރެއް ތެރޭގައި އެސްޑީއެފްސީން ވަނީ މަސްވެރިކަމާއި ގުޅުން ހުރި 70 ލޯނެއް ދޫކޮށްފައެވެ.
މިވީ ހިސާބައް އަމިލަ އަށް އޮޑިއެއް ފަރުމާކޮއްފަވާ ފަރާތެއް ނޫން، ކިހާވަރަކުން ދާނެބާ
ހިތައް އަރަނީ އެސްޑީއެފްސީ ކީއްކުރަންހޭ މަސްބާނާ އޮޑި ޑިޒައިން ކުރަން މިއުޅެނީ. އެމީހުންގެ މެންޑޭޓްއާއި ޚިލާފައް.