އިންޑިއާއިން، އެމްއެންޑީއެފްގެ ޕައިލެޓުން ތަމްރީނުކޮށްފިއެވެ.
އެމްއެންޑީއެފްއިން ވިދާޅުވީ، އިންޑިއާއިން މިހާރު އެމްއެންޑީއެފްގެ ޕައިލެޓުން ތަމްރީނުކޮށްފައިވާ ކަމަށާއި، އަދި އެ އޮފިސަރުންނަށް ދުއްވުން ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.
މީގެ އިތުރުން މިހާރު ކުރިޔަށްދަނީ އިންޑިއާއިން ތަމްރީނު ކޮށްފައިވާ ޕައިލެޓުންނާއި އެޕޮއިންޓްމެންޓްތައް ހަވާލުކުރުމާއި އެހެނިހެން އިދާރީ ކަންކަމަށް ތައްޔާރުވުންކަން އެ އިދާރާއިން ފާހަގަ ކޮށްފައިވެއެވެ.
އެމްއެންޑީއެފުން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވީ، އިންޑިއާއިން ހަދިޔާކުރި ހެލިކޮޕްޓަރުތައް މިހާތަނަށް އައިރު އެ ގައުމުގެ ޕައިލެޓުން ދުއްވަނީ ހެލިކޮޕްޓަރު ދުއްވުމަށް ދިވެހި ސިފައިންގެ ތެރެއިން ޕައިލެޓުން އަދި ތަމްރީންކޮށް ނިމިފައި ނުވާތީކަމަށެވެ.
ނަމަވެސް، މި ތަމްރީން ދިނުމުގެ މަސައްކަތް ކުރިއަށްދާކަން ހާމަކުރައްވާ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވަނީ ކައިރި މުސްތަގްބަލެއްގައި ދިވެހި ޕައިލެޓުން ސިފައިންގެ ހެލިކޮޕްޓަރުތައް ދުއްވަން ފަށާނެކަމަށް މީގެ ކުރިން ޝަމާލް ވިދާޅުވެފައިވެއެވެ.
އިންޑިއާއިން އެމްއެންޑީއެފް ޕައިލެޓުން ތަމްރީނު ކޮށްފި
59 މިނެޓް ކުރިން ( ސެޕްޓެމްބަރު 21, 2021 )
ތީއަނެއްކާ އިންޑިޔާ ޕާސްޕޯޓް އޮންނަ ދިވެހިންބާ ؟ މިހެން މިބުނީ އަލީވަހީދުއަށް
ޑިފެންސްމިނިސްޓަރ ކަން ނުލިބުނީ ބޭރުގައުމެއްގެ ރުހުންނުލިބިހެން ކަމަށް އޭނަ ބުނި.
ވީމާ މުނަން އޮތީ
رئيس يامين عبد القيوم ވަގުނަ ވަގުތަށް ދޫކޮށްލާ #
India out # India out # India out #
ޙާދަ އަވަހޭދޯ މީގެކުރިން ދިވެހިން ނަކައް އެކަމެއް ކުރާކައްވެސްނޭގުނު ކަމައްހަދާ ބަހަނާދައްކާ ރާއްޖޭގައި ވަކި ހިއްޕަމުންދިޔައީ
ކާކައްތަ ތި އޮޅުވާލަނީ؟ މިހާރުން މިހާރައް އިންޑިޔާ ސިފައިން ބޭރުކުރޭ
އިންޑިޔާގެ އޮތީ އަޑިނުބައި ރޭވުމެއް
ދެން މިތަނުންދާންވީނުން.