ލ. އިސްދޫގައި ކުޑަކުއްޖަކު ބޮމެއް ވައްތަރު ޖަހާ އެއްޗެއް ހޮވައިފިއެވެ.

އިސްދޫ ކައުންސިލަރު ނަން ހާމަނުކުރަން ޝަރުތުކޮށް "ވަގުތު" އަށް ވިދާޅުވީ ކުޑަކުއްޖެއްގެ އަތުން "ހޭންޑް ގްރެނޭޑް" ވައްތަރު ޖަހާ އެއްޗެކެވެ. އެ ކުއްޖާގެ އަތުން އެ ފެނުމާއެކު އެމްއެންޑީއެފްއަށާއި ފުލުހަށް ރިޕޯޓް ކުރި ކަމަށާއި އެ އެއްޗެއް ސަލާމަތީ މުއައްސަސާތަކުން ގެންދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.

"ގޮވާ ބޮމެއް ޒާތުގެ އެއްޗެއް ފެނުނީ، ބޮމެއް ކަމެއް ނޭނގެ، އެ ވެއްޖެ ޕޮލިސްއިން ގެންގޮސްފަ،" ކައުންސިލަރު ވިދާޅުވިއެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު ވިދާޅުވީ އިސްދޫއިން ހޮވި އެއްޗަކީ ގްރެނޭޑްއެއްގެ ސިފައަށް ހަދާފައި އޮތް ގޭސް ލައިޓަރެއް ކަން އެމްއެންޑީއެފް އިން ބެލި ބެލުމުން އެނގިފައިވާ ކަމަށެވެ.

"އެހެންކަމުން އެއީ އެއްވެސް ނުރައްކަލެއް ހުރި އެއްޗެއް ނޫން، މި ކަން ހިނގާފައިވަނީ 21 ސެޕްޓެމްބަރުގައި،" އެމްއެންޑީއެފްގެ އޮފިސަރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނަސްމާން

    ހަހަހަ.. ބޮމެއްވައްތަރު؟؟ ތިވައްތަރީ އާގުބޯޓަކާ ނޫންތަ؟؟

  2. ކޮމާންޑަރ

    ގަމާރުމީހުންވެސް އުޅޭ މިވަރުގެ މީހުން ދިރިއުޅޭ ރަށެއްނުދެކެން..