އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައާ ގުޅިގެން ސަސްޕެންޝަންގައި ހުންނެވި ނަމަވެސް މުސާރަ ހަލާލުވާ ވަރަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ރޭ ވިދާޅުވެއްޖެއެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މަހްލޫފްގެ މައްސަލަ ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އަށް ފޮނުވުމާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މިނިސްޓަރުގެ މަސްއޫލިއްޔަތުން މަހްލޫފް އެކަހެރި ކުރައްވާފައެވެ. މަހުލޫފް ސަސްޕެންޝަނުގައި ހުންނަވާތާ ތިން މަހަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. މިނިސްޓްރީ ހިންގުން ވަގުތީ ހަވާލުކޮށްފައިވަނީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމްއާއެވެ.
މަހްލޫފްގެ މައްޗަށް ހިންގާފައިވާ ތަހުގީގު ގެންދިޔައީ ގޯސްކޮށް ކަމަށް ރައީސް އޮފީހުން، އެ މައްސަލަ ތަހުގީގު ކުރަމުންދާ ރިޔާސީ ކޮމިޝަނަށް ވަނީ އަންގާފައެވެ.
ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި މަހުލޫފް ރޭ ވިދާޅުވީ ސަސްޕެންޝަންގައި ހުންނެވިޔަސް މިނިސްޓަރުގެ ހައިސިއްޔަތުން އިދާރާތަކާއި އަދި އެކި ފަރާތްތަކާއެކު ބައްދަލުވުންތައް ބާއްވަމުން ގެންދަވާ ކަމަށެވެ.
"މަސައްކަތް ނުކުރާ ދުވަހެއް ނެތް" މަހުލޫފް ވިދާޅުވިއެވެ.
ސަސްޕެންޝަނުގައި ހުންނަވާއިރުވެސް ބަރާބަރަށް މުސާރަ ހިނގާކަމަށް ބުނެ އަމާޒުވާ ފާޑުކިޔުންތަކައް ރައްދު ދެއްވައި މަހުލޫފް ވިދާޅުވީ، ސަރުކާރުން ލިބޭ އާމްދަނީއާ އެއްވަރަށް މަސައްކަތް ކުރައްވާ ކަމަށެވެ.
"ނަގާ މުސާރައާ އެއް ވަރަށް މިހާރުވެސް މަސައްކަތްކުރަން" އޭނާ ވިދާޅުވިއެވެ.
މަހްލޫފްގެ ސަސްޕެންޝަންއާ ގުޅޭ ގޮތުން ސަރުކާރުން ވިދާޅުވެފައިވަނީ ސަސްޕެންޝަން އުވާލުމާ މެދުވެސް އެއްވެސް ގޮތެއް ނިންމާނީ މައްސަލަ އެއްކޮށް ބަލައި ނިމުމުން ކަމަށެވެ. މިނިސްޓަރަކަށް މުސާރައަކީ މަހަކަށް 42،500 ރުފިޔާއެވެ.
މަހްލޫފްގެ މައްޗަށް ދައުވާ އުފުލަން ޕީޖީ އޮފީހަށް ފޮނުވި ފަހުން އެ އޮފީހުގައި މައްސަލަ ބާއްވައިގެން އުޅޭތާ މިހާރު ދެ މަހަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. މަހްލޫފް ގެންދަވަނީ އެ ކަމަށް ވެސް ކަންބޮޑުވުން ފާޅު ކުރައްވަމުންނެވެ.
މަހްލޫފް ވަނީ އޭސީސީ ރައީސް މަރިޔަމް ޝިއުނާއާއި ރިޔާސީ ކޮމިޝަންގެ ރައީސް އައްސަދުގެ މައްޗަށް ވެސް އެކި ތުހުމަތުތައް އަމާޒު ކުރައްވައިފައެވެ.
"ވަގުތު ހަވާސް" ނަމުގައި ކުރިއަށް ގެންދިޔަ ކްލަބް ހައުސް ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން މަހްލޫފް ވިދާޅުވެފައިވަނީ، ވަކި ގޮތަކަށް މައްސަލަ ގެންދަން ދައްކަވާފައިވާ ވާހަކަތަކުގެ ޗެޓް ލޮގްތަކެއް ވެސް އޭނާގެ އަތުގައި އެބަހުރި ކަމަށެވެ.
ވަކި ގޮތަކަށް ވޯޓް ދޭން ރިޝްވަތު ނެގި ކަމުގެ ތުހުމަތު
އޭސީސީގެ ބަޔާނުގައިވާ ގޮތުން މަހްލޫފްގެ މައްޗަށް ކުރާ އެއް ދައުވާއަކީ ރިޝްވަތު ނެގި ކަމުގެ ކުށުގެ ދައުވާއެވެ.
އެއީ އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި މަހްލޫފް ހުންނެވިއިރު އޭރު ސަރުކާރާ އެއްކޮޅަށް، އެސްއީޒެޑް ބިލެއް ފާސްކުރަން އޭނާގެ އެކައުންޓަށް 33،000 އެމެރިކާ ޑޮލަރު ޖަމާވެފައިވާކަން ތަހުގީގަށް އެނގިފައިވާތީ ކަމަށް ބަޔާނުގައިވެއެވެ.
މި ވޯޓަށް ފަހުގައި އެމްއެމްޕީއާރްސީގެ ހިޔާނަތުގެ މުގުލުގައި ހުންނެވި ކުރީގެ ނައިބް ރައީސް އަހްމަދު އަދީބުއާ ދެމެދު ބަދަލުކޮށްފައިވާ މެސެޖުތަކާއި އެސްއޯއެފްގެ ޗެކް އެކައުންޓަށް ޖަމާކޮށްފައިވާ ތާރީހަށް ހަވާލާދީ އޭސީސީން ފާހަގަކުރަނީ އެއީ ހިޔާނާތުގެ ފައިސާ ކަމުގައެވެ.
އެކަމަކު، އެ ދުވަސްވަރު އޭނާ ހުންނެވީ ޕީޕީއެމްގައެވެ. އަދި އެ ބިލް ފާސް ކުރަން އޭރު ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުން ތްރީ ލައިން ވިޕެއް ވެސް ނެރުނެވެ. މެލޭޝިއާގައި ހުންނެވުމަށް ފަހު ބިލަށް ވޯޓަށް އަހަން އޮތް ދުވަހު މަހްލޫފް ރާއްޖެ ވަޑައިގަތީއެވެ.
މި ތުހުމަތަށް އިންކާރު ކުރައްވައި މަހްލޫފް ވިދާޅުވަނީ ވެސް އެ ވޯޓާ ގުޅިގެން ޕާޓީގެ ފަރާތުން ހަމައެކަނި ލިބިވަޑައިގަތް ކަމަކީ، ކުއްލިއަކަށް ރާއްޖެ ވަޑައިގެން ދެއްވަން ޖެހޭ ވޯޓަކަށް ވާތީ އަނބުރާ ވަޑައިގަންނަވަން ބޭނުންވާ ޓިކެޓުގެ ޚަރަދު އެކަނި ކަމަށެވެ.
އެ ކުށުގެ އަދަބަކީ ހަތް އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ އެ މުއްދަތަށް އަރުވާލުން ނުވަތަ ހަމަ އެ މުއްދަތަށް ގޭގައި ބަންދުކުރުމެވެ.
އޮޅުވާލާފައިވާ ލިޔުންތަކެއް ހުށަހެޅި ކަމުގެ ތުހުމަތު
ދޮގު ބަޔާނެއް ނުވަތަ ދޮގު މައުލޫމާތެއް ދިން ކަމުގެ ކުށުގެ ދައުވާ މަހްލޫފްގެ މައްޗަށް ކުރަން ފޮނުވަން ނިންމީ އޭނާއަށް ލިބިފައިވާ ފައިސާގެ އަސްލު އޮޅުވާލުމުގެ ގޮތުން އެއީ އޭނާ ޑޮލަރު ގަތް މުއާމަލާތެއްގެ ގޮތުގައި ދެއްކުމަށް ލިޔެކިއުންތަކެއް ހުށަހެޅި ކަމަށް ބުނެއެވެ.
އޭސީސީން ފާހަގަކުރާ ލިޔުންތަކަކީ އޭނާ ތަހުގީގީ އިދާރާތަކަށް ފޮނުވި "ޕޭމަންޓް ރިސީވްޑް" ލިޔުމަކާއި، އެ ޑޮލަރަށްވާ ފައިސާ ނަގުދު ފައިސާއިން އެސްއޯފްއާ ހަވާލުކޮށްފައިވާނެ ކަމަށް އަންގައި މަހްލޫފް ފޮނުވި ސިޓީއެކެވެ.
އޭސީސީން ފާހަގަކުރާ ގޮތުގައި މި ލިޔެކިއުންތަކުގައިވަނީ ހަގީގަތް އޮޅުވާލުމުގެ ގޮތުން މަހްލޫފް އެ ފައިސާ ނެންގެވީ ޑޮލަރު ގަންނަން ކަން ތަހުގީގަށް ދެއްކުމަށް ޓަކައި ކަން ތަހުގީގަށް އެނގިފައިވާ ކަމުގައެވެ.
މީގެ ކުރިން ވެސް ދިފާއުވާން މަހްލޫފް ދެއްކެވީ މި ވާހަކައެވެ. އޭނާއަށް ލިބިވަޑައިގެންނެވި ފައިސާއަކީ ޑޮލަރު ގަތުމުގެ މުއާމަލާތެއްގައި ލިބިވަޑައިގެންނެވި ފައިސާ ކަމަށާއި އެއީ ހިޔާނާތުގެ ފައިސާ ކަން އޭނާއަށް އެނގިވަޑައިނުގަންނަވާ ކަމުގައި މަހްލޫފް ވިދާޅުވަމުން ގެންދެވިއެވެ.
ޢަދީބު އަތުން ކަޅު ދަބަސް ދަބަހުގަ އުފުލި ފައިސާތައްވެސް ކަލޭމެނައްހަލާލެއްނޫންތަ އިޑިއަޓް
ހެހެހެ! އަހުރެމެންވެސް ތިހެން ބައިތިއްބާ
ޢިންޑިޔާގެ މަގުމަތިވި 4 މީހަކައް ކާންދިނީމަ ތިއޮތީ މުސަރަ ހަލާލުވެފަ ބޮޑުވަގައް
ހަރާމް ހަލާލާއި ނުބައިނުލަފާކަމާއި ގޮތްކުޑަކަމުގެ ވާހަކަ ކަލޭނުދައްކާ
ސަސްޕެންޝަންގައި ހުރެގެން މިނިސްޓަރެއްގެ ހައއިސިއްޔަތުން މަސައްކަތް ކުރެވެންޏާ ދެންކޮން ސަސްޕެންޝަނެއް؟
ސަސްޕެންޝަންގައި ހުރެގެން މިނިސްޓަރެއްގެ ހައއިސިއްޔަތުން މަސައްކަތް ކުރެވެންޏާ ދެންކޮން ސަސްޕެންޝަނެއް؟
ތި ކުރި ކަންކަންވެސް ބުނެލާދިންނަމައެއްނު ހަރަމެންނަށް ސާފުވާނީ. ކަލޭ ކުރިކަމަކީ ދެފައި ދަމައިގެން ގޭގައި އޮތުމާއި ފިނިބުރުޖެހުމާއި ކެމްޕެއިނަށް ދަތުރުކުރުން. މިއަކުން މުސާރަ ހަލާލެއްނުވާނެ!
ހަހާހާ، މަހުލޫފަށް ނޭގޭތަ ސަސްޕެންޑް ކުރުމުގެ މާނައަކީ ދެން މަސްއޫލިއްޔަތު އަދާނުކޮށް އެއްފަރާތުގަ ހުންނާށެކޭ ކަން، ދެން މަގާމުގެ މަސްއޫލިއްޔަތު އަދާކުރަންޏާ އެދެވުނީ ގާނޫނީ ހުދޫދުން ބޭރަށް، ތިފެންވަރުގެ މީހުން ހުއްދަ ނެތް ކުންފުނިޔަކުން ޑޮލަރު މާރުކުރެވުނަސް ނޭގޭނެ.
ގަމާރުންނަކަށް ނޭނގޭނެއްނު.
ދެން ސަސްޕެނޑް ކުރީ ކޮންކަމަކުން. މަގާމުގެ މަސްއޫލިއްޔަތުން އެކަހެރި ކޮށްފަ ދެން ކޮން ކަމެއް ކުރީ
ދުބާއި ހޮޓެލްތަކުގެ ޕޫލްގައި އޮތީ
ސަސްޕެންޝަންގެ މާނަ އަކީ މަސައްކަތުން އެކަހެރިވެ އޮފީހާ ދުރުގައި މަޑުކުރާށެވެ. އެއްވެސް ހާލެއްގައި ސަސްޕެންޝަން އަކީ ވޯކް ފުރޮމް ހޯމް އެއްނޫނެވެ. ވީމާ ސަސްޕެންޝަން ގައި ހުންނަ މީހަކު އޮފީސް މަސައްކަތް ކޮށްގެން ނުވާނެ އަދި މުސާރަ ވެސް ހަލާލު ނުވާނެ.