2025 ނިމޭއިރު ރާއްޖެއިން ޓީބީ ނައްތާލުމަށް އަމާޒުހިފާފައިވާ ކަމަށް ހެލްތް މިނިސްޓަރ އަހުމަދު ނަސީމު ވިދާޅުވެއްޖެެއެވެ.
މިނިސްޓަރ ނަސީމް މިގޮތަށް ވިދާޅުވީ، ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުގެ ޓިބީ ބައްޔާ ގުޅޭ ހައިލެވެލް މަޝްވަރާ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
އެ ބައްދަލުވުމަކީ ވަރޗުއަލްކޮށް ކުރިއަށްދިޔަ ބައްދަލުވުމެެކެވެ. އެ ބައްދަލުވުމުގައި މި ސަރަަހައްދުގެ ގައުމުތަކުގެ ސިއްޙހަތާ ބެހޭ ވަޒީރުންނާއި، ހާއްސަ މަންދޫބުންނާއި، ދުނިޔޭގެ ސިއްހަތުގެ ޖަމުއިއްޔާގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ސަރަޙައްދުން ޓީބީ ނައްތާލުމާ ގުޅުންހުރި މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި ސަރަހައްދުގެ އެހެން ގައުމުތަކުގެ ހެލްތު މިނިސްޓަރުންނާ ބައިވެރިވެ ވަޑައިގެން މިނިސްޓަރ ނަސީމް ވަނީ ރާއްޖެއިން ޓީބީ ނައްތާލުމަށް ސަރުކާރުން ދެއްވާ އަހައްމިއްޔަތު ފާހަގަކުރައްވާފައެވެ. އެގޮތުން މިނިސްޓަރ ވިދާޅުވީ، 2025 ވަނަ އަހަރު ނިމޭއިރު ރާއްޖެއިން ޓީބީ ނައްތާލުމަށް އަމާޒުހިފައި މަސައްކަތް ކުރިއަށްދާކަަމަށެވެ.
"ސަރުކާރާއި ހެލްތް މިނިސްޓްރީން ދަނީ ރާއްޖެއިން ޓީބީ ނައްތާލުމަށް މަސައްކަތް ކުރަމުން، އެކަން 2025 ނިމޭއިރު ކުރެވޭތޯ މަސައްކަތްތައް ދަނީ ކުރަމުން"
އަދި މި ސަރަޙައްދުގެ އެހެން ޤައުމުތަކާއި އަޅާބަލާއިރު ރާއްޖޭގައި ޓީބީ ޖެހޭ މިންވަރު މަދުކަަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
އަދި ޓީބީ ދެނެގަތުމަށް ހަރުދަނާ މަސައްކަތްތަކެއް ފަށާފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، ކޮވިޑް-19ގެ ބަލިމަޑުކަމާއެކު، މިދިޔަ އަހަރު ތެރޭގައި އާ 107 މީހަކަށް ޓީބީ ޖެހުނު ކަމަށް ރިޕޯޓްކޮށްފައިވާ ކަމަަށެވެ. އަދި މިއީ އޭގެ ކުރީ އަހަރުގެ ނަމްބަރުތަކާއި އަޅާބަލާއިރު، 30 އިންސައްތަ ދަށް އަދަދެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މޑޕ އޭ ވިދާޅުވިނަމަ 5 އަހަރު ވަންދެން ހަވާ އަރުވާނަން.
ތިކަހަލަ ވާހަކަ އިރާދަފުޅާ ނުލާ ބުނަންހެޔޮ ނުވާނެ!!! .......ބާގީސޮރާ......
ެހެހެހެހެ،ފެއިލް މިނިސްޓަރ،އިސްތިއުފާ...
2025ގެ ކުރިން ތިޔަ މުސީބާތުންވެސް އިރާދަކުރެްވިއްޔާ ސަލާމަތްވާނެ // އިންޝާﷲ //
ޚެރަފާގެ މުސީބާތުން 2023ގައި ސަލާމަތްވާނެ އިންސާﷲ