މިދައުރުގައި ސްކޫލް ކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ސާޅީހަކަށް މައްސަލަ ހުށަހެޅިއްޖެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ.އައިޝަތު އަލީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވެއްޖެއެވެ.

ޕްރީ ސްކޫލް ދަރިވަރަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެފައި ވާތީ މިއަދު ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ޑރ.އައިޝަތު އަލީ ވިދާޅުވީ މިފަދަ މައްސަލަތަކާއި ގުޅިގެން މިހާތަނަށް 30 މީހަކު ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށެވެ. "ޕެންޑިންގައި ހުރި މައްސަލަތަކުން ވެސް ކިރިޔާ ވެސް ހެއްކެއް ފެނިއްޖެއްޔާ އަޅުގަނޑުމެންނަށް އެބޭފުޅަކު ވަޒީފާ އިން ވަކިކުރެވޭނެ." މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ބަލަމުން ގެންދާ ކަމަށެވެ. މިހާރު ފެންމަތިވެގެން އުޅޭ މައްސަލައިގައި ވެސް ވަރަށް އަވަހަށް ފިޔަވަޅުތައް އެޅިފައިވާ ކަމަށާއި ފުލުހުން މިމައްސަލައިގެ ތަހްގީގު ވެސް ވަރަށް ބާރު ސްޕީޑްގައި ކުރިއަށް ގެންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ހަތް މައްސަލައެއް މިހާރު ވެސް ބަލަމުންދާ ކަމަށް މިނިސްޓަރު ޑރ.އައިޝަތު އަލީ ވިދާޅުވިއެވެ.

އެފަދަ މައްސަލައެއް ހުށަހަހެޅުމާ އެކު ތުހުމަތު ކުރެވޭ މުވައްޒަފުން ދަރިވަރުން އުޅޭ މާހައުލުން ވަގުތުން އެކަހެރި ކުރާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެފަދަ މައްސަލަތައް މިނިސްޓްރީން ނަގާނީ ސީރިއަސްކޮށް ކަމަށާއި އަޅާނުލާ ދޫކޮށް ނުލާނެ ވެސް ވިދާޅުވި އެވެ. "އަޅުގަނޑު ޔަގީންކަން އަރުވަން ބެލެނިވެރިންނަށް ވެސް ސުކޫލަތަކަކީ ރައްކާތެރި ތަންތަނޭ. އެކަން ކަށަވަރުކުރަން އަޅުގަނޑުމެން ފިޔަވަޅުތައް އަޅާފައި ވާނެ އަދި އަޅަމުން ވެސް ދާނޭ،" ޑރ.އައިޝަތު އަލީ ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ކޮރަލް

    ފަސޭހަ އިން އޮރިޔާން ސައިޓް ތަކަށް ވަދެވުމާ ތިޔަ މައްސަލަ އާ ގުޅުން އެބަ ހުއްޓެވެ. އެކަން ކުރާ މީހުންގެ ފޯންތައް ބަލާ ބަލާށެވެ.

    9
    1
    • ހ

      ހިރިޔާ ސްކޫލްގެ ލީޑިން ޓީޗަރުން ގެ ކަންތަށް ވެސް ބަލަން ޖެހޭ... ރައްކާތެރި މަހައުލެއް ސްކޫލްގެ އޮންނަން ޖެހޭ

  2. އެލެކްސް ގަންޖާ

    ގޯހެއްނޫން

    5
    1
  3. ކާފަ

    މިނިސްޓްރީ އޮފް ޖިންސީ ގޯނާ އެންޑް ރިހިބިލިޓޭޝަން މިނިސްޓްރީ އުފައްދަންވީ.

  4. ސަމީރު

    ކިތައް ކުދިން ގޯނާ ވީމަތޯ ، ތިބޭފުޅާ އިސްތިއުފާ ދޭން ތިމަޑު ކުރަނީ!

    9
    3
    • ސަމީރާ

      ކަލޯގަޔާ ކޮމެންޓު ވ މޮޅު މުޅި ރައްޔަތުން މަރުވާންވީނުންތޯ މިހާކު ސިއްރުންކުރާ ކަންތަކުގައި ވެރިންދޯ ގޯހީ! އިސްތިއުފާ ލަފްސު ދިވެހިންނަށް ދަސްވިލެ ލަހީ .

  5. ނައުފާ / ހިތަދޫ

    ނަމޫނާ ދައްކަން ޖެހޭ ވެރިން އުޅުއްވާލެއް ގައިގޯޅި ކަމުން ޕޮރޮމޯޓް ވަމުންދަނީ ރަނގަޅަށްވުރެ ނުރަނގަޅު އަސަރުތަކެވެ. ޤަޞްދަކީ ވެސް ދެޖިންސް މަސްހުނިކޮށް ނަށާ އަތްޖަހާ ދެހެބަ ދޭތެރޭގައި ތިބޭ ޒުވާނުންކަހަލައެވެ.

  6. ޙަަަހަ

    ތިކަމުން ދޭހަވަނީ މިސަރުކާރު އާފަހުން ކުދިންނަށް ސްކޫލްގައި ރައްކާތެރިކަމެއް ނުދެވެޔޭ

    14
    1
  7. Anonymous

    ތިމައްސަލައިގާ އެކުއްޖާގެ އާއިލާޔާ އާއިލާ މީހުންގެ ރައްޓެހިންގެ ބެކްގްރައުންޑް ބަލާ ދިރާސާ ކުރަންޖެހޭ މަށެއް ނުބުނަން މަސައްކަތު ދައްތަ ނުކުރާނެޔެކޭ އެކަމަކު ގިނަފަހަރަށް ތަފާސް ހިސާބު ތަކަށްބެއްޔަސް ގިނައީ އާއިލާގެ ކޮންމެސް މީހަކު ތިކަހަލަ ކަންތައްތައްކުގައި އުޅޭތަން

  8. Anonymous

    މީ މިހާރު އެކަނި ހިގާކަމެއްނޫން އަބަދުވެސް ހިންގާ ކަމެއް ގިނަފަހަރައް ދޮންބައްޕަ ދޮންކާފަ ބޮޑު ބޭބެ ފަދަ އެކުދިންގެ ގާތްމީހުންްް ކުރާތީ އާއިލާ ބަދުނާމުވެދާނެތީ މައްސަލަ ސިއްރު ކުރަނީ އަހަރެންގެ ތިމާގެ ކުއްޖެއް ގްރޭޑް2ގައުޅުނުއިރު ބެހުނީ އެކުއްޖާގެ މަންމަފަރާތުގެ ދޮންކާފަޔާ ބޮޑުބޭބެ އަހަރެން ކާރީ އެވާހަކަ ބުނީ ފަހަރި އެކަމަކު ދޮންކާފަ ޔާ ބޮޑުބޭބެޔަކަށް އަދަބެއް ނުލިބުނު އެމީހުން އާއިލާ ބަދުނާމު ނުކުރަން ވެގެންނޯ ދަރިންތައް އައްޑޫ ސްކޫލުން ކަނޑާލައިގެން މާލެޔަށް ބަދަލުވީ މީ ރާއއޖޭގަ ކަން ހިގައިއުސޫލު ކޮބާ އަނިޔާލިބުނު ކުއްޖާގެ ހައްގު މީއަހަރެން ބެލެހެއްޓި ކުއްޖެއް މަގޭ ބޭބެގެ ދަރިފުޅު

  9. އިސްޢާފް ސަލީމް

    ރާއްޖޭގައި ރޭޕްތަކާ ޖިންސީ އަނިޔާތައް ޢާއްމުވީ ހޯރައިއްބެ ކިޔާމީހަކު ސިޔާސީ ބޭނުމަށް ވީއްލި ހިސާބުންނެވެ.

    11
    2
  10. ސްނޭޕް

    ޝުކުރިއްޔާ ރައީސް ޔާމީން

    6
    3
  11. ޢަބްދުﷲބެ

    އިސްލާމީ ޤައުމެއްގައި ޒިންމާދާރު މަޤާމުތަކުގައި ތިއްބަވާ އަންހެން ބޭފުޅުން ބުރުގާ އަޅުއްވައި ދީން އޮތްގޮތަށް ނިވާވެލައްވައިގެން ތިއްބެވުމަކީ މުހިއްމު ކަމެކެވެ. ރާއްޖޭގެ ސްކޫލްތަކުގެ 80% އަށްވުރެ މަތީ އަންހެން މުވައްޒަފުންނާ ކުދިން ބުރުގާ އަޅައިގެން ތިބޭއިރު މިނިސްޓަރު ބުރުގާ ނާޅުއްވާތީ ވަރަށް ހިތާމަކުރަމެވެ.

    13
    1
  12. ނުވެސް

    ތި ކަންކަން ސިއްރު ކުރަނީ ކީއްވެބާ. އެހެން ނަމަ ތިކަން މަދުވާނެ ކަމަށް ފެނޭ!

    5
    1
  13. އަލީ

    އިންޑިއާގެ ރޭޕްކުރުކުމުގެ ސަގާފަތު މިރާއްޖޭގައި ފެތުރެނީޔޭ، ފަތުރަނީޔޭ، ސަލާމަތެއް ނެތޭ،

    10
  14. ޜާޑަރު

    އެހެންވީމާ މަންހައްޖް ބަދަލުކުރަންވީ (އަމިއްލައަށް އުފަންކުރުވަގެން އުޅޭ) ހަރުކަށި ފިކުރު ކުދިން ތަމްރީންވަނީއޭ ކިޔާފާ ނޫންދެއްތޯ.

  15. އަބްދޫ

    ރޭޕް ޖިންސީ އަނިޔާ ގެ ވާހަކަތަކަކީ ރީތި ވާހަކަތަކެއްތަ؟ ހުތުރު ވާހަކަތަކެއްތަ؟މިވާހަކަ އަބަދުއަބަދު ދައްކާ މުޒާހަރާކޮށް ނޫސްތަކުގަ ލިޔެ ހެދުމަކީ އިސްލާމްދިނާ ހިލާފް ކަމެއް.މިކަން އާންމުކުރުމަށް ކުރެވޭ އިސްތިހާރެއް ކަމުގަ މެނުވީ ނުދެކެން . ރަސޫލުﷲ ގެފާނު ހަދިސް ކުރައވާފަ ވަނީ މީހުންކުރާ ނުބައިކަންކަމުގެ ވާހަކަ ނުދައްކަން. މިއަދު މިފެންނަނީ އެއާ އިދިކޮޅަށް ނުބައިކަނ އިސްތިހާރު ކުރެވޭ ތަން.

    • ރީމް

      އިސްލާމް ދީން ގަ ކުއްކުރާ މީހުންނަށް އަދަބް ދޭން އަންގަވާފަ ވަނީ..... މައުސޫމް ކުދިންގެ ހައްގުގަ ރޭޕިސްޓުންނަށް އަދަބް ދޭން ޖެހޭ... އެ ވާހަކަ ފަލަ ސުރުހީގަ ލިޔަން ޖެހޭ، އެ ވާހަކަ ދައްކާ ރޭޕިސްޓުންނަށް ރަގަޅު އަދަބެއް ދޭން ޖެހޭ... ރޭޕިސްޓުންނަކީ ވަރަށް އަނިޔާވެރި ބައެއް، އެ ނަގާލަނީ މައުސޫމް ކުއްޖެއްގެ މިސްތަގްބަލް...

  16. މުހަންމަދު

    ލައިގެން ހުންނަ ހެދުން ބޭލޭ އިރުވެސް ވާނުވާ ނޭގޭ...ޕީ.އެޗް،ޑީ ނެގީ ނީލަމުންބާ؟؟

  17. ހަސަން

    ރާއްޖޭގައި އެޑިޔުކޭޝަން މިންސްޓަރކަންކުރެއްވި ހުރިހާ ބޭފުޅުންނަށްވުރެ މިހާރުގެ މިނިސްޓާރ ސިޔާސީވުމާއި އެކަމަނާގެ ކިބައިން އިސްލާމީ ދައުލަތެއްގެ ތައުލިމާ ބެހޭ ވަޒީރެއްގެ ކިބައިން ފެންނަންޖެހޭ އެންމެ ރީތި ނަމުނާ ނުފެނުމާއި، ވަކިބަޔަކު ބުނާހާގޮތަކަށް ކަންކަން ގެންދެވުމަކީ މިއަދުގެ ތައުލީމީ ޖީލު ނުއަތަށް ފިޔަވަޅު އަޅަމުންދާކަމުގެ ހެކި. ޑރ. ލަތީފާއި އިސްމާއީލް ޝަފިޢާއި ޒާހިޔާ ޒަރީރާއި އައިޝަތު ޝިހާމް ދެއްކެވި ރީތި ނަމޫނާ ޑރ. އައިޝަތު އަލީގެ ފަރާތުން ނުފެނުމަކީ ތައުލީމީ ދާއިރާގެ އެންމެހައި ބޭފުޅުން ލަދުވެތިވާކަމެއް. ކަންކަމަށާް އެޅޭ ފިޔަވަޅުގެ ދޯހަޅިކަމާއި، އިސްލާމް ކިޔަވާދެން ބޭރު ޓީޗަރުން ގެންނަން އުޅޭ ވާހަކައަކީ ވެސް މީގެ އެއް ހެކި

    1
    1
  18. ޖާނޫ

    މިހާތަނަށް ރާއްޖެ ދުށް އެންމެ ކަޓު އެންމެ ކަމުނުދާ އެންމެ އަޅާލުން ކުޑަ އެންމެ ގިނަ މައްސަލަތައް އެމީހެއްގެ ވަޒީރުކަމުގައި ކުރިމަތިވާ ތައުލީމީ ވަޒީރަު

  19. ދުރުމި

    މީނާޔަކީ މޮޑެލް ކުާ ސްޓައިލަށް ވާހަކަ ދައްކާ އަންހެނެއް.