ވިލިމާލޭގައި ދުއްވާ ބެޓެރި ވެހިކަލްތައް ރެޖިސްޓަރ ކުރަން މާލެ ސިޓީ ކައުންސިލުން އަންގައިފިއެވެ.

އެ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ، އެ ރަށުގައި ދުއްވާ ބެޓަރީ ވެހިކަލްތައް އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާތީ، އެ ވަހިކަލްތަކުގެ ދަފްތަރެއް އެކުލަވާލަން ސިޓީ ކައުންސިލުން ބޭނުންވާ ކަމަށެވެ.

އެހެންކަމުން 15 ދުވަހުގެ ތެރޭގައި ލިންކް މެދުވެރިކޮށް ކައުންސިލްގައި ރަޖިސްޓްރީވުމަށް ވަނީ އަންގާފައެވެ.

އަދި މިމުއްދަތުގެ ފަހުން ވިލިމާލެއަށް އަރުވާ ބެޓެރި ވެހިކަލްތައްވެސް ކައުންސިލްގައި ރަޖިސްޓްރީ ކުރުމަށް ކައުންސިލުން އެދިފައި ވެއެވެ.

ވިލިމާލެއަކީ ބެޓަރީ ވެހިކަލްތައް ނޫން ވެހިކަލްތައް ދުއްވަން މަނާކޮށްފައި އޮންނަ ތަނެއްކަން ފާހަގަކޮށްލަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސުކޫ

    މުއީޒު ކައިރީގަ ބުނޭ ވިލިމާލޭގައި ބަގީގެ ހިދުމަތް ދޭން ފަށާށޭ އޭރަށް އަހަރުމެން ބެޓެރި ސައިކަލް ތަކާ އެއްޗިހި ދުއްވާކަށް ނުޖެހޭނެ. އެހެން ނޫނަސް ޓްރާންސްޕޯރޓްގަ އޮންނާނީ ރަޖިސްޓްރީ ކޮށްފައި ދެން އެތަނުން ތިޔަ ލިސްޓް ހޯއްދެވިއްޔާ ފަސޭހަފުޅުވާނެ