ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް ސުމުއްވުލްއަމީރު މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނާއި މެދު ކަންކަން ހިނގިގޮތާއި އެމަނިކުފާނު އަވަހާރަކޮށްލި ހާދިސާ ހިނގަން މެދުވެރިކޮށް ބަލައި އިންސާފު ހޯދަން އެދި އިންތިގާލީ އިންސާފުގެ އޮފީހަށް ހުށަހެޅި މައްސަލަ ބަލަން ފަށައިފިއެވެ.
އެ މައްސަލައިގެ ތައާރަފުވުމުގެ ބައްދަލުވުން އިއްޔެ ވަނީ ބާއްވާފައެވެ. އިއްޔެގެ ބައްދަލުވުމުގައި ވަނީ މައްސަލަ އާއި ގުޅޭ ބައެއް މައުލޫމާތު ސާފުކޮށްފައެވެ.
އެ މައްސަލަ ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އާއި އެންވަޔަރަމަންޓް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރު ލަބީގް މުހައްމަދު މާހިދެވެ. މައްސަލައިގައި ޖުމުލަ ހަ ނުކުތާއެއް ފާހަގަކޮށްފައިވެއެވެ.
އިންތިގާލީ އިންސާފުގެ އޮފީހަށް ހުށަހެޅި މައްސަލައިގައި އަމީންގެ ވެރިކަން ނިމުނު ގޮތް ސާފުވެފައިނުވުމާއި އެކަމުގެ ހަގީގަތަކީ ކޮބައިކަން ސާފުކުރުން އަދި ރައީސް އަމީންގެ މައްޗަށް ދައުލަތުގެ ފަރާތުން ކުރި ދައުވާގެ ސީޣާ ސާފުވެފައި ނެތުމާއި ތަފާތު ގޮތްގޮތަށް ވާހަކަ ދެކެވެމުންދާތީ، އެކަމުގެ ހަގީގަތް ސާފުކުރަން އެދިފައިވެއެވެ.
އޭގެ އިތުރުން ރައީސް އަމީންގެ މައްޗަށް ދިވެހި ދައުލަތުގެ ޝަރީއަތެއްކޮށް، ޚާއިނެތް ކަމަށް ތުންތުންމަތިން ދެކެވޭ ވާހަކަތަކުގެ ސައްހަކަން ކަށަވަރުކުރުމަށާއި އަދި ރައީސް އަމީނަށް ވިހަމަނާފުށީގައި އަނިޔާ ކުރުމަށްފަހު ޝަރީއަތުގެ މަޖިލީހަށް ހާޒިރުކޮށް، ބިރުވެރިކަމުގައި ޝަރީއަތް ކޮށްފައިވާތީ އެކަން ހިނގައިދިޔަ ގޮތް ސާފުކުރުމަށްވެސް ވަނީ ހުށަހަޅައިފައެވެ.
ރައީސް އަމީނަށް ވިހަމަނާފުށީގައި އަނިޔާކުރި މީހުންނަކީ ކޮބައިކަމާއި މާލޭގައި ހަވަރު އެއްވެ، ހަވަރުގެ ތެރެއިން އަމީންގެ ގައިކޮޅުގައި ތަޅައި އަނިޔާކޮށް ހެދި މީހުންނަށް އެއްވެސް ޝަރީއަތެއް ހިންގާފައިވޭތޯ އާއި އެއީ ކޮން ބައެއްކަން ސާފުކުރުމަށްވެސް އެދިފައިވެއެވެ. އަދި ހަވަރަށްލައި ތެޅުވުމުގައި އަމަލީ ގޮތުން ބައިވެރިވީ ކޮން ބައެއް ކަމާއި އެކަން ރާވައި އިންތިޒާމު ކުރުމުގައި ޝާމިލު ވަނީ ކޮން ބައެއްކަން ސާފުކުރުމަށް ވެސް އެދިފައިވެއެވެ.
ގާނޫނު ބުނާ ގޮތުން އިންތިގާލީ އިންސާފުގެ އޮފީހަށް ހުށަހަޅާ ހުރިހާ މައްސަލައެއް ދެއަހަރު ދުވަސް ތެރޭގައި ބަލައި ނިންމަން ޖެހެއެވެ.
ހާދަ އަވަހަށް ބަލަން ފެށި މައްސަލައެއް. އަދި މަޑުކޮއްލާ ގަރުނެއް ވަންދެން.
ބަ ގަރުނެއް ނުވެތޯ . ހިޕަވާގެން ތޯތިހުންނެވީ/
ކިހާވަރަކުން ދާނެބާ. މި އުޅެނީ އިހައްދުވަހު މަރާލީ ބައެއްގެ ތަޙުޤީޤު ވެސް ނުކުރެވި ގެން. ނޫނީ ސަރުކާރުން ކޮންމެވެސް ބޮޑު ވައްކަމެއް ކުރީ،ނުވަތަ ކުރަން ބޭނުންވާތީވެ،އާންމުންގެ ނަޒަރު އެހެން ދިމާއަކަށް ޑައިވާޓް ކުރަން އަޅާ ހެޑްލައިނެއް.
ރެހެންދި ހަދީޖާ އަތުން އޭނާގެ ފިރިމީހާ ވެރިކަން ފޭރިގަތް މައްސަލަވެސް ބަލައިދީބަލަ. އަންހެނުންގެ ހައްގުތައް ރައްކާކޮށްދޭން..
ކުރީގަ މުޅރާއްޖެއިން މަރުވި ހުރިހާމީހުންވެސް ކަންތައް ބަލަންޖެހޭނެ
މުހަންމަދު އަމީނު ޒަމާނުގަ ކަންހިގި ގޮތް ދުށްމީހަކު މިހާރު ދުނިޔޭގައި އެބަހުރިބާ؟؟.
އެމްޑީޕީ މީހުން ހީކުރާ ކަހަލަ މި މީހުންނާ ރައްޔިތުން ވެރިކަން ކުރާން ޙަވާލްކުރަނީ ކުރިން ވެރިކަން ކޮށްފައި ތިބި މީހުން ވެރިކަން ކުރީ ރަނގަޅަށް ތޯ ބަލަންކަމަށް . އާޗާ ! ހީކުރާގޮތް ދޯ؟
އަމީންދީދީ އަވަހާރަކޮށްލި މައްސަލަ ބަލަން ތިޔަފެށީ ، މިޤައުމުގައި މިއަދު ކުރާނެ އެހެން މަސައްކަތެއް ނެތީމަތަ ؟ ތިޔަ ޖެހެވެނީ " މަހާނަމައްޗައް މަޑިއަށް" ! ކަލޭމެން މައްސަލަ ބެލީމަ ފެންނާނެ ނުވަތަ އެގޭނެ އެއްވެސް ކަމެއް ނެތް ! ކަލޭމެން ހޭލާ ތިއްބާ މިޤައުމުގައި މެރީ ކިތަށް މީހުންކަން ކަލޭމެނަށް އެގޭތަ ؟ އެއިން އެއްވެސް މީހަކު ހޯދިފަ ނުވާ ބަޔަކަށް އަންޒަމާުނުކަރަޔަށް ވައިއެރިއިރު ހިންގާފަ އޮތްކަމެއް ހޯދޭނެ އެއްވެސް ގޮތެއް ނެތް !ދެން ކަލޭމެން ހަދަން ޖެހޭނީ ފުލޯކުދޮގު !
ބައިތުލް މާލުން މުސާރަ ...
މީދެން ކުރާނެކަމެއް ނެތިގެން އުޅޭބަޔެއްބާ ...ކީކޭ ދެންބުނާނީ ދުނިޔޭގައި ހިންގާދިޔަ ބޮޑެތި ހަނގުރާމައިގައި މަރުވެ ދިޔަ މީހުންގެ ހައްގު ހޯދަން އުޅެބަލަ...
ފިތުނަ ބޮޑުވާކަން ކަން ކޮނެ ފިތުނަ އުފައްދާ ބޮޑުކުރުމަކީ އަދުލު އިންސާފުގެ ނަމުގައި ކުރާ އަދުލައްވުރެން ވެސް ބޮޑު ފިތުނައެއް !
އަމީންދީދީ އަވަހާރަކޮށްލި މީހުން ތިޔަބުނާ އިންސާފުގެކޮމެޓީއަށް ކަށްވަޅުން ނަގައިގެން ހާޒިރުކުރެވޭނެތަ އަދި އެމީހުނާއިމެދު ޝަރީއަތްކުރެވޭނެތަ ތިޔަށްވުރެމާރަނގަޅުވާނެ މަހާތުމާގާންދީ އަވަހާރަކޮށްލިގޮތްހޯދިއްޔާލު😄
ނޮވެމްބަރު 3 ގައި ޝަހީދުކޮށްލި ހުސޭނުއާދަމްގެ މަށްސަލަނުބަލާ ތިޔައިންސާފުގެ ކޮމެޓީ އިންސާފެއް ނުވާނެ ތިޔައުޅެނީ ކަމަކާ ބިރުންތަ؟
ކޮބާ އަލިރަސްގެފާނު ޝަހީދު ކުރިމައްސަލަ
މިމައްސަލައިގެ ހެކިން ހާޒިރުކުރަން ގަލޮޅު ސަހަރާ، ހުކުރު މިސްކިތު ސަހަރާ، އަދި އަވައްޓެރި ސްރީލަންކާގެ ބައެއް ސަހަރާތަށް ކޮނުމުގެ ހުއްދަ އަންނި އާޢި އަދުބުދުލޯ ސާހިދު ދީފިކަމަށް ކަބަރުތަށްބުނޭ އެންމެ ފުރަތަމަ ހާޒިރުކުރަނީ މުހައްމަދު ފަރީދާއި ހަސަން ފަރީދާއި އިބްރާހިމް ނާސިރު....................................................
މިމައްސަަލގެ ހެކިންނަކީ ކޮބާ؟ ކުށްވެރިވާމީހުންނަށް ކުށުން ބަރީޢަަ ވުމަށް ވަކީލުން ހަމަޖެހޭނެބާ.! އަދި ދިފާޢުގައި ވާހަކަ ދެއްކުމުގެ ފުރުޞަތު ދެވޭނެބާ! ކުށްވެރިވާ މީހުންނަށް ފިޒިކަލް އަދަބެއް ދެވިދާނެބާ،؟
މިހާރު ތި އުޅެވެނީ ބަތްކައްކާ ކުޅެން.
ދެވަނަ ބޮޑު ހަނގުރާމަވެސް ތަހުގީގު ކުރަންވީނު. އަޖާއިބެއް ނުވާނެތަ މީހަކު. ރާއްޖޭގައި މިދިޔަ 10 އަހަރު ތެރޭގައި ހިނގާފަހުރި މަރުގެ ކޭސްތައް އެކަނި ނަގައިގެން ވިޔަސް އެއަށް އިންސާފު ހޯދަދީބަލަ. ކުރާނެ ކަންތައް ހުސްވެގެން ޓައިމްޕާސް ކުރަންއުޅޭ ބައެއްހެން ހީވަނީ. އަމީންދީދީ އަވަހާރަކޮށްލި މީހުން ކަށްވަޅުން ނަގައިގެންތަ ތަހުގީގު ކުރާނީ؟ މީހަކު މޮޔަވެދާނެ.
ބަޔަކަށް ލާރިދީގެން އިންތިގާލި އޮފީސް ބަންދުނުކޮށް ހިންގަން ޖެހޭތާދޯ!! އަދި ހައެއްކަ މީހުން ބޮޑު މުސާރަދިފައި ނަގައި ތިކަން ކުރެވޭތޯ ބަލަންޖެހޭ!
ދިވެހި ސަރުކާރުން ސުވާދީބު ސަރުކާރު ނިމުމަކަށް ގެނެސް އެހިންގި ގަނޑުބަޑުގައި ހުވަދޫ، އައްޑޫ، އަދި ފުވައްމުލަކުން ހައްްޔަރުކޮށްގެން ގެންދިޔަ މީހުންގެ ތެރެއިން "މަރާލި / މަރުވި، ޖަލުބަންދުކުރި" މީހުންނަށް ކުރިމަތިކުުރި ނުހައްގު އަނިޔާ ބަލަން ފެނޭ. އަދި މިދެންނެވި އޭރުގެ 3 އަތޮޅުން މާލެއަށް ގެންދިޔަ މުދާ އެގެންދިޔަ ގޮތް ހޯދާ ބަލަންޖެހޭ އަދި އެކަންކަމުގައި ލިބުނު އަނިޔާއަށް އިންސާފު ހޯދައި ދޭންޖެހޭ. މިއީ ބޮޑު މައްްސަލައެއްް. ކާކު މިކަމާ އުޅޭނީ
މީދެން ގައުމު ހަލަބޮލިކޮއް ހަމަހިމޭންކަން ނަގައލުން މީހަރު ތިކަހަލަ ކަންކަން ކުރާކައް ދުނިޔޭގަ އެބަޔަކު ތިބީކީވެސްނޫން ތިއައްވުރެ މާރަންގަޅުވާ ފިރުއައުނާ އާއި ހާމާން ނަމުރޫދު ގެ މައްްސަލަތައް ތިކޮމިސަނުން ބެލިއްޔާ ތައްކޮޅެއް މައްސޫރޫ ވެފަ ދުނިޔޭގެ ސަމާލް ކަން މާބޮޑައްވެސް ލިބޭނެ
ތިކަމުގެ އެއްމެ މުހިއްމު ބައިވެރިޔާ ވެލާނާގޭ އިބްރާމް ދީދީ ގެބަޔާނާ ނުލާ ތިމައްސަލަ ކޮންމެބަޔަކުބިޔަސް ތިވާނީ އޮޅުން ބޮޅުންގިނަ ކަރުދާސްތަކަކައް ދެންދާނީ ޑަަސްބިނައް
ކޮބާ ރަންނަމާރި މައްސަލަ
ތިމާމެންނަށް ނުވާވަރުގެ ކަންކަމުފައި ހިފައިގެން ރައްޔިތުންގެ ފައިސާ މޑޕ މީހުންނަށް ބަހާ ހުސްކުރަނީ
ހިންނަވަރު ފުރިގެން ބަންޑުންވި މަށްސަލަވެސް ބަލަން އެބަޖެހޭ ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްް އަދިއެރަށުން އެހާގިނައިން ގޯތިދޫކުރިމީހާވެސް އިންސާފުގެ ކޮމެޓީއަށް ހާޒިރުކުރިއްޔާ ހިންނަވަރު ރަށްޔަތުން ވަރަށް އުފާވާނެ.