20:25

އުމަރު ޒާހިރުގެ ހަށިކޮޅު ފަސްދާނުލައިފި - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
އުމަރު ޒާހިރުގެ ހަށިކޮޅު ފަސްދާނުލައިފި - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

20:24

އުމަރު ޒާހިރުގެ ހަށިކޮޅު ފަސްދާނު ލެއްވި ވަގުތު ކޮޅު ރައީސް ސޯލިހާ ރައީސް ނަޝީދުުގެ އިތުރުން ބޭފުޅުން ގަލޮޅު ސަހަރާގައި - ވަގުތު އިމޭޖްސް : އިބްރާހިމް ޝާބިލް
އުމަރު ޒާހިރުގެ ހަށިކޮޅު ފަސްދާނު ލެއްވި ވަގުތު ކޮޅު ރައީސް ސޯލިހާ ރައީސް ނަޝީދުުގެ އިތުރުން ބޭފުޅުން ގަލޮޅު ސަހަރާގައި - ވަގުތު އިމޭޖްސް : އިބްރާހިމް ޝާބިލް
އުމަރު ޒާހިރުގެ ހަށިކޮޅު ފަސްދާނު ލެއްވި ވަގުތު ކޮޅު ރައީސް ސޯލިހާ ރައީސް ނަޝީދުުގެ އިތުރުން ބޭފުޅުން ގަލޮޅު ސަހަރާގައި - ވަގުތު އިމޭޖްސް : އިބްރާހިމް ޝާބިލް

20:22

މިއަދު އަވަހާރަވި ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވެވި ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރުގެ ހަށިކޮޅު ގަލޮޅު ސަހަރާގައި ފަސްދާނު ލައިފި

20:04

އަލްމަރްހޫމް އުމަރު ޒާހިރްގެ ހަށިކޮޅު ގަލޮޅު ސަހަރާގައި ދަސްދާނުލުމަށް ތައްޔާރު ވަނީ - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
އަލްމަރްހޫމް އުމަރު ޒާހިރްގެ ހަށިކޮޅު ގަލޮޅު ސަހަރާގައި ދަސްދާނުލުމަށް ތައްޔާރު ވަނީ - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

19:58

19:58

އުމަރު ޒާހިރު އަވަހާރަވުމާއި ގުޅިގެން އެޗްޑީސީން ކުރި ޓްވީޓްގައި ވަނީ އާއިލާއަށް ތައުޒިޔާ ކިޔާފައި

https://twitter.com/hdcmaldives/status/1472943430217056258?s=21

19:50

އަލްމަރްހޫމް އުމަރު ޒާހިރްގެ ކަށުނަމާދު އިސްލާމީ މަރުކަޒުގައި ކުރިއަށްދާއިރު، ގިނަަބަޔަކު މި ކަށުނަމާދުގައި ބައިރިވެެފައިވާކަން ފާހަގަކޮށްލަން ޖެހޭ

19:50

އަލްމަރްހޫމް އުމަރު ޒާހިރްގެ ކަށުނަމާދުގެ ތެރެއިން - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
އަލްމަރްހޫމް އުމަރު ޒާހިރްގެ ކަށުނަމާދުގެ ތެރެއިން - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
އަލްމަރްހޫމް އުމަރު ޒާހިރްގެ ކަށުނަމާދުގެ ތެރެއިން - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

19:46

އުމަރު ޒާހިރުގެ ސަންދޯއް އިސްލާމީ މަރުކަޒުގައި - ވަގުތު އިމޭޖްސް
އުމަރު ޒާހިރުގެ ސަންދޯއް އިސްލާމީ މަރުކަޒުގައި - ވަގުތު އިމޭޖްސް

19:44

އުމަރު ޒާހިރުގެ ހަށިކޮޅު އިސްލާމީ މަރުކަޒަށް ގެންނަނީ - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
އުމަރު ޒާހިރުގެ ހަށިކޮޅު އިސްލާމީ މަރުކަޒަށް ގެންނަނީ - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

19:15

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކް ވިދާޅުވީ، އުމަރު ޒާހިރަކީ އެމަނިކުފާނުގެ ހެޑް މާސްޓަރު ކަމަށް. އަދި އެމަނިކުފާނަށް އެނގަންނައިދެއްވި ބޭފުޅެއް ކަމަށްވެސް ވިދާޅުވީ، އަދި މި ރާއްޖެއަށް އެބޭފުޅާކޮށްދެއްްވާފައި ވަނީ ނަމޫނާ ހިދުމަތްތަކެއް ކަމަށްވެސް ވިދާޅުވީ، އަދި އުމަރު ޒާހިރު ރާއްޖެ ދެކެ ވީ ލޮތްބަކީ އެފަދަ ދެވަނައެއް ނެތް ފަދަ ލޮތްބެއް ކަމަށް ވިދާޅުވި

19:04

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ހުސައިން ޝަހީމް (އަނދުން) ވިދާޅުވީ، އުމަރު ޒާހިރު އަވަހާރަވި ހަބަރު އެހީ ވަރަށް ހިތާމައާއި އެކުގައި ކަމަށް. އެއީ ހިތްހެޔޮ ތެދުވެރި އަދި ގައުމަށް ވަފާތެރި ހިދުމަތްތެރިއެއް ކަމަށް ވިދާޅުވި.

19:00

އުމަރުގެ ހަށިކޮޅު ހުޅުމާލެ ސަހަރާގައި ބާއްވާފައި - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
އުމަރުގެ ހަށިކޮޅު ހުޅުމާލެ ސަހަރާގައި ބާއްވާފައި - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

18:57

ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވެވި ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރު އަވަހާރަަވުމަކީ މުޅި ގައުމަށް ލިބުނު ފުން ހިތާމައެއް ކަަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ

18:29

ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވެވި ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރަކީ ޒަމާނީ ދިވެހިރާއްޖެ ބިނާކުރުމުގައި އިސް ބޭފުޅެއް ކަމަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ.

18:12

މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ، އުމަރު ޒާހިރަކީ މި ގައުމު ދުށް މުޅިން ތަފާތު، އާދަޔާ ހިލާފު ގައުމީ ހިދުމަތްތެރިއެއް ކަމަށް.

18:04

އެމްއެންޕީ ކުރި ޓްވީޓެއްގައި ވަނީ އުމަރު ޒާހިރުގެ އާއިލައަށް ޒައުޒިޔާ ދަންނަވާފައި.

18:01

ޔޫތް މިނިސްޓަރ އަހްމަދު މަހްލޫފް ވިދާޅުވީ، ދިވެހި ގައުމާއި ކުޅިވަރުގެ ދާއިރާއަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވި އުމަރު ޒާހިރު އަވާހަރަވި ހަބަރު އެއްސެވީ ފުން ހިތާމައިގައި ކަމަށް.

18:00

މޯލްޑިވްސް ކަސްޓަމްސް އިން ކުރި ޓްވީޓްއްގައި ވިދާޅުވީ، ރާއްޖެއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ޢުމަރު ޒާހިރު ދެމ އަވަހާރަވުމުގެ ހިތާމައިގައި އާއިލާއަށް ތައުޒިޔާ ދަންނަވާ ކަމަށް.

17:59

އުމަރު ޒާހިރު އަވަހާރަވުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކުރި ޓްވީޓްގައި ވަނީ އެމަނިކުފާނުގެ އާއިލާއަށް ރައީސް ނަޝިދުގެ ނަންފުޅުގައި އާއި މަޖިލީހުގެ މެންބަރުންގެ ނަންފުޅުގައި ތައުޒިޔާ ދަންނަވާފައި

17:50

އުމަރު ޒާޙިރު އަވަހާރަވުމާއި ގުޅިގެން ޔޫތް މިނިސްޓަރ އަހުމަދު މަހްލޫފްވެސް މިވަގުތު ހުންނެވީ ހުޅުމާލެ ސަރަހާގައި - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

17:47

ކޮވިޑް-19 ބަލީގައި މިއަދު އަވަހާރަވި ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ ޢުމަރު ޒާހިރަކީ ހަގީގީ ގައުމީ ލެޖެންޑެއްގެ ގޮތުގައި ކުރީގަ ރައީސް މައުމޫން އަބްދުލް ގައްޔޫމް ސިފަކުރައްވައިފި

 

17:44

އުމަރު ޒާހިރު އަވަހާރަވުމާއި ގުޅިގެން ރައީސް ނަޝީދު ހުޅުމާލެ ސަހަރާގައި - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
އުމަރު ޒާހިރު އަވަހާރަވުމާއި ގުޅިގެން ރައީސް ނަޝީދު ހުޅުމާލެ ސަހަރާގައި - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

17:31

އުމަރު ޒާހިރު އަވަހާރަވުމާއި ގުޅިގެން ހުޅުމާލެ ސަހަރާގައި ކައިރީގައި ނައިބް ރައީސް ފައިސަލް ނަސީމް - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
އުމަރު ޒާހިރު އަވަހާރަވުމާއި ގުޅިގެން ހުޅުމާލެ ސަހަރާ މިސްކިތް ކައިރީގައި ނައިބް ރައީސް ފައިސަލް ނަސީމް - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

17:30

ހުޅުމާލެ ސަހަރާ މިސްކިތް ކައިރީގައި ނައިބް ރައީސް ފައިސަލް ނަސީމާއި، ފާރިސް މައުމޫނާއި ބައެއް ބޭފުޅުން - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
ހުޅުމާލެ ސަހަރާ ކައިރިއަށް ގިނަ ބަޔަކު ޖަމާވެފައި - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

17:13

އުމަރު ޒާހިރު އަވަހާރަވުމާއި ގުޅިގެން އެޑިއުކޭޝަން މިިނިސްޓްރީން ނެރުނު ތައުޒިޔާ މެސެޖްގައި ވިދާޅުވެފައި ވަނީ، އުމަރު ޒާހިރު އަވަހާރަވުމާއި ގުޅިގެން، އާއިލާއަށް، ތައުޒިޔާ ދަންނަވަމާ ކަމަށް. އަދި އެމަނިކުފާނަކީ ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތްކޮށްދެއްވި ބޭފުޅެއް ކަމަށް ވިދާޅުވެފައިވޭ. އެގޮތުން ދިވެހިރާއްޖޭގެ ތަރައްޤީ އާއި ކުރިއެރުމުގައި ވަނީ މުހިންމު ދައުރެއް އަދާކުރައްވި ކަމަށް ބަޔާންކޮށްފައިވޭ. އަދި ދައުލަތުގެ އެކި ވުޒާރާތަކުގެ ވަޒީރުކަމާއި، މަޖީދިއްޔާ ސްކޫލުގެ ނާޒިރުކަމުގެ މަގާމުވެސް ފުރުއްވި ކަމާށް ބަޔާނުގައި ވޭ. އަދި އެމަނިކުފާނު އަވަހަރާވުމަކީ ދިވެހި ގައުމާއި މުޅި ތައުލީމީ ދާއިރާއަށް ވެސް ލިބިގެން ދިޔަ ފުން ހިތާމައެއް ކަމުގައި ދެކޭ ކަމަށް އެ ތައުޒިޔާ މެސެޖްގައި ވޭ.

17:08

17:01

އެމްޓީސީސީން ކުރި ޓްވީޓެއްގައި ބުނީ، އުމަރު ޒާހިރު އަވަހާރަވި ހަބަރު އެހީ ނުހަނު ފުން ހިތާމައާއި އެކުގައި ކަމަށް. މި ދަނޑިވަޅުގައި އާއިލާއަށް ކެއްތެރިކަން ދެއްވުން އެދި ދުއާ ކުރާ ކަމަށް އެ ޓްވީޓްގައި ވޭ. އަދި ސުވާރުގޭގެ ދާއިމީ ނިއުމަތް ލެއްވުން އެދި ދުއާ ކުރާ ކަމަށްވެސް ޓްވީޓްގައިވޭ.

16:58

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވިދާޅުވީ، ވަކިވެގެން ދިޔައީ ނުލިޔެވޭ ފަދަ ގުނާ އަދަދު ނުކުރެވޭ ފަދަ ގިނަގުނަ އަގުހުރި ހިދުމަތްތަކެއް މި ގައުމަށް ކޮށްދެއްވި ބޭފުޅެއް ކަމަށް. އަދި އެމަނިކުފާނު ކުޅިވަރުން ފެށިގެން ތައުލީމީ ދާއިރާއާށް ހިދުމަތް ކުރެއްވިކަން ފާހަގަކުރެއްވި.

16:55

މިއަދު މެންދުރު އަވަހާރަވި ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ ޢުމަރު ޒާހިރު ދައުލަތަށް ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅުން ފަސްދާނުލުމަށް ހާއްސަކޮށްފައި އޮންނަ ގަލޮޅު ސަހަރާގައި ވަޅުލާން ނިންމައިފި

16:30

ހޯމް މިނިސްޓްރީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހި ގައުމަށް އަގުނުކުރެވޭނެ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ އުމަރު ޒާހިރު އަވަހާރަވުމަކީ ގައުމަށް ލިބުނު ވަރަށް ބޮޑު ހިތާމައެއް ކަމަށް.

16:24

ދައުލަތަށް ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅުން ފަސްދާނުލުމަށް ހާއްސަކޮށްފައި އޮންނަ ގަލޮޅު ސަހަރާގެ ބަދަލުގައި އާންމުން ވަޅުލާން ހާއްސަކޮށްފައި އޮންނަ އާ ސަހަރާގައި ވަޅުލުމަކީ އުމަރު ޒާހިރު ވަސިއްޔަތް ކުރައްވާފައިވާ ކަމެއް ކަމަށް އޭނާގެ ގާތް ބައެއް މީހުން މިއަދު ބުނެފި

16:24

 

ދައުލަތަށް ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅުން ފަސްދާނުލުމަށް ހާއްސަކޮށްފައި އޮންނަ ގަލޮޅު ސަހަރާގެ ބަދަލުގައި އާންމުން ވަޅުލާން ހާއްސަކޮށްފައި އޮންނަ އާ ސަހަރާގައި ވަޅުލުމަކީ އުމަރު ޒާހިރު ވަސިއްޔަތް ކުރައްވާފައިވާ ކަމެއް ކަމަށް އޭނާގެ ގާތް ބައެއް މީހުން މިއަދު ބުނެފި.

16:23

ދިވެހި ދައުލަތަށް ވަރަށް ދިގު މުއްދަތެއްގައި، ވަރަށް ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ އަދި ދިވެހިރާއްޖޭގެ ޤައުމީ ހަޔާތުގައި ވަރަށް މުހިންމު ދައުރެއް އަދާކުރެއްވި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާގެ ލަޤަބް އަރުވާފައިވާ އުމަރު ޒާހިރުއަވަހާރަވުމާ ގުޅިގެން މިކަމުގެ ހިތާމައިގައި، މާދަމާއިން ފެށިގެން ތިންދުވަސް ވަންދެން ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ހަމަޖައްސަވައިފި

16:15

ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް އަލީ ސައީދު ވިދާޅުވީ، މިނިސްޓަރ އުމަރު ޒާހިރު އަވަހާރަވުމަކީ މުޅި ގައުމަށް ލިބުނު ފުން ހިތާމައެއް ކަަމަށް. އެއީ ގައުމީ ހަޔާތުގައި ދިވަހި ތައުލާއި ރައްޔިތުންނަށް އިހުލާސްތެރި ހިދުމަތްތަކެއް އަދާކުރެއްވި ބޭފުޅެއް ކަަމަށް.

16:15

ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އުމަރު ޒާރިހު އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެ އާއިލާއަށް ޒައުޒިޔާ ދަންނަވާ ކަމަށް. އެމަނިކުފާނުގެ މުރާލި މިންނަތް މަސައްކަތްފުޅު މި ފަސްގަނޑުން ފަނޑުވެ ނުދާނެ ކަމަށް ވިދާޅުވި.

16:03

ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ކުންފުނި ދިރާގުން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ، އުމަރު ޒާހިރަކީ ދިވެހި ބަތަލުންގެ ތެރޭގައި ފާހަނގަކޮށްލެވޭ ބޭފުޅެއް، އެމަނިކުފާނު އަވަހާރަވި ހަބަރު އަޑު އެހީ ނުހަނު ފުން ހިތާމައިގައި، އެއީ އެތައް ދުވަހެއް ވަންދެން ރައްޔިތުންނާއި ގައުމުގެ ތަރައްގީއަށް ހިދުމަތް ކުރެއްވި ބޭފުޅެއް.

15:57

މިހާރުގެ ހެލްތް މިނިސްޓަރ އަހްމަދު ނަސީމު (ކެރެފާ ނަސީމް) ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގައުމަށް އަގުނުކުރެވޭ ފަދަ ގިނަގިނަ ހިދުމަތްތަކެއް ކޮށްދެއްވި އުމަރު ޒާހިރު އަވަހާރަވި ހަބަރު އަޑުއެހީ ފުންހިތާމައާއި އެކުގައި ކަމަށް. އަދި ދިވެހި ރާއްޖެ ދެކޭ ތަރައްގީގައި ގިނަގުނަ މަސައްކަތްތަކެއް ކުރެއްވަވައި މުހިންމު ދައުރެއް އަދާކުރެއްވި މޭސްތިރިއެއް ކަމަށް.

15:54

15:53

އުމަރު ޒާހިރު އަވަހާރަވުމާއި ގުޅިގެން ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ނިހާން ވިދާޅުވީ، އެމަނިކުފާނު މުޅި އުމުރު ހޭދަކުރެއްވީ ދިވެހި ގައުމުގެ ހިދުމަތުގައި މި ޖީލު މި ދެކޭ ގިނަ ތަރައްގީ ގެނައުމަށް ކަމަށް.

15:46

މިއަދުގެ ވަގުތެއްގައި އަވަހާރަވި ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރު, ލޮނިޒިޔާރަތް ޕާކް ހުޅުވަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން — ފޮޓޯ: ރައީސް އޮފީސް
މިއަދުގެ ވަގުތެއްގައި އަވަހާރަވި ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރު, ލޮނިޒިޔާރަތް ޕާކް ހުޅުވަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން — ފޮޓޯ: ރައީސް އޮފީސް

15:43

ރާއްޖޭގެ އެންމެ ފުރަތަމަ ތިމާވެށީގެ ވަޒީރު ހއުމަރު ޒާހިރު އަވަހާރަވުމާއި ގުޅިގެން އެންވަޔަރަމެންޓް މިނިސްޓްރީން ކުރި ޓްވީޓެއްގައި ވިދާޅުވީ، އުމަރު ޒާހިރަކީ ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެެއްވި ބޭފުޅެއް ކަަމަށާއި، އެމަނިކުފާނު އަވަހާރަވި ހަބަރު އެއްސެވީ ފުން ހިތާމައާއި އެކުގައި ކަމަށް.

15:41

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އުމަރު ޒާހިރު ދެމިއޮތުމުގެ އާލަމަށް ދަތުރު ކުރެއްވި ހަބަރު އަޑު އެހީ ނުހަނު ފުން ހިތާމައާ އެކުގައި ކަމަށް.

15:39

އުމަރު ޒާހިރު އަވަހާރަވީ މިއަދު މެންދުރު 2:02ގައި ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާދެއްވަމުން ދަނިކޮށް،

15:38

ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވީ، އުމަރު ޒާހިރަކީ ދިވެހި ގައުމަށް އަގު ނުކުރެވޭ ފަދަ ގިނަ ގުނަ ހިދުމަތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށް، އަދި އެމަނިކުފާނުގެ ފުރާނަ ފުޅަށް ސުވަރުގޭގެ ދާއުމީ ނިއުމަތް މިންވަރު ކުރެއްވުން އެެދި މާތްﷲގެ ހަޒްރަތުގައި ދުވާ ދަންނަވާ ކަމަށް.

15:37

އުމަރު ޒާހިރު އަވަހާރަވުމާއި ގުޅިގެން އިކޮނޮމިކް މިނިސްޓަރ ފައްޔަޒް އިސްމާއިލްވެސް ވަނީ ޓްވީޓެއް ކުރައްވާފައި. އޭނާ ވިދާޅުވީ، އުމަރު ޒާހިރަކީ ވަރަށް ވިޝަނަރީ ބޭފުޅެއް ކަމަށް. އަދި މުޅި އުމުރުފުޅު ހޭދަކުރެއްވީ ރާއްޖެއަށް ހިދުމަތްކުރެއްވުމުގައި.

15:34

އުމަރު ޒާހިރު އަވަހާރަވުމާއި ގުޅިގެން ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވީ، އުމަރު ޒާހިރަކީ ރާއްޖޭގެ ތަރައްގީއަށް ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި ބޭފުޅެއް ކަަމަށް. އަދި އެމަނިކުފާނުގެ އަރިހުން ވަރަށް ގިނަ ކަންކަން ދަސްވި ކަމަށް ވިދާޅުވި، އަދި އަމަނިކުފާނުގެ ހިދުމަތް މި ރާއްޖެއިން ދުވަހަކުވެސް ހަނދާން ނުނެތޭނެ ކަމަށްވެސް ވިދާޅުވި.

ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ ޢުމަރު ޒާހިރު ކޮވިޑް-19 ބަލީގައި އަވަހާރަވުމާއި ގުޅިގެން އެތައް ބަޔަކަށް ލިބިގެން ދިޔައީ ފުން ހިތާމައެކެވެ. އެމަނިކުފާނުގެ ހިދުމަތްތެރިކަން އެތައް ބަޔަކު ފާހަގަކުރައްްވައެވެ.

އެގޮތުން އެމަނިކުފާނު ވަނީ ސަރުކާރު މަތީ އެތައް މަގާމެއް ފުރުއްވާފައިވާ ބޭފުޅެކެވެ. 1953 އިން ފެށިގެން 2008 ވަނަ އަހަރާ ހަމައަށް ސަރުކާރުގެ އެކި ފަންތީގެ 26 މަގާމެއް ފުރުއްވާފައިވެއެވެ. ޢުމަރު ޒާހިރަށް، ނިޝާން އިއްޒުއްދީންގެ އިއްޒަތްތެރި ވެރިކަމުގެ ލަގަބު ލިބިވަޑައިގެންނެވީ 2008 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 10 ވަނަ ދުވަހުއެވެ.

މިއަދުގެ ވަގުތެއްގައި އަވަހާރަވި ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރު, ލޮނިޒިޔާރަތް ޕާކް ހުޅުވަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން — ފޮޓޯ: ރައީސް އޮފީސް

ޢުމަރު ޒާހިރު ވަނީ 1983 ވަނަ އަހަރުން ފެށިގެން 1988 ވަނަ އަހަރާ ހަމަޔަށް މިނިސްޓަރ އޮފް ހޯމް އެފެއަރޒް އެންޑް ސޯޝަލް ސާރވިސަސްގެ މަޤާމު އަދާކުރައްވާފައެވެ. އަދި 1988 އިން ފެށިގެން 1993 ވަނަ އަހަރާއި ހަމަޔަށް ޢުމަރު ޒާހިރު ވަނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒް އެންޑް ސްޕޯޓްސްގެ މަޤާމު އަދާކުރައްވާފައެވެ. ރާއްޖޭގެ ކުޅިވަރާއި ބެހޭ ފުރަތަމަ ވަޒީރަކީވެސް އެމަނިކުފާނެވެ. އޭގެ ފަހުން ޢުމަރު ޒާހިރު ވަނީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވާރކްސްކަން ކުރައްވާ ރާއްޖޭގެ އުމްރާނީ ތަރައްގީ އަށް ކުރެވުނު ވަރަށް ގިނަ މަސައްކަތްތަކުގެ އެންމެ އިސް ޒިންމާތައް އުފުއްލަވާފައެވެ. އެމަނިކުފާނު އެންމެ ފަހުން އަދާކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ސީނިއަރ މިނިސްޓަރުކަމެވެ.

އެމަނިކުފާނު އަވަހާރަވުމާއި ގުޅިގެން ހިތާމަފާޅުކުރައްވައި މިހާރުގެ ބައެއް މިނިސްޓަރުންނާއި މީގެ ކުރިންވެސް ސަރުކާރުގެ އެކި މަގާމްތައް ފުރުއްވާފައިވާ ބޭފުޅުން ގެންދަވަނީ ޓްވީޓް ކުރައްވާފައެވެ.