މިއަދު އަވަހާރަވި ސްޓެލްކޯގެ ޗެއާމަން މުހައްމަދު ރަޝީދު ކޮވިޑް-19 އަށް ފައްސިވިކަމަށް މައުލޫމާތު ލިބިއްޖެއެވެ.

މުހައްމަދު ރަޝީދު އަވަހާރަވީ ކޮވިޑްގެ އާލާސްކަންފުޅެއްގައެއް ނޫނެވެ. މުހައްމަދު ރަޝީދު ކޮވިޑަށް ފައްސިވި ނަމަވެސް އޭނާ އަވަހާރަވީ ކޮވިޑްގެ ސަބަބުން ނޫންކަމަށް ވަނީ ނިންމާފައެވެ. މުހައްމަދު ރަޝީދު ކޮވިޑަށް ފައްސިވުމުން ހިނަވާ މޫނު ދެއްކުން ކުރިއަށް ގެންދިޔައީ އާއްމު އުސޫލުން ހުޅުމާލޭ ސަހަރާގައެވެ. ނަމަވެސް ކަށުނަމާދު ކުރުމާއި ފަސްތާނުލުން ކުރިއަށް ގެންދިޔައީ އާސަހަރާގައެވެ.

މުހައްމަދު ރަޝީދު ސްޓެލްކޯގެ ޗެއާމަންކަމަށް އައްޔަންކުރެއްވީ ފެބުރުއަރީ، 12، 2019 ގަ އެވެ. އޭނާ ވަނީ ސްޓެލްކޯއަށް ގިނަ އަހަރުތަކެއް ވަންދެން ހިދުމަތް ކުރައްވައިފަ އެވެ.

ސްޓެލްކޯގެ ވަޒީފާއަށް 1971 ގައި ވެންނެވި މުހައްމަދު ރަޝީދު ވަނީ އިންޖިނޭރު ކަމާއި ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމް ފުރުއްވައިފަ އެވެ. އޭގެ ފަހުން ސީއީއޯ ކަމުގެ މަގާމާއި ބޯޑުގެ ޗެއާމަންގެ މަގާމު ވެސް އަދާކުރެއްވި އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙިންނަވަރު

    ޠީ ހިންނަވަރު ދަރި އެއް