ފަތުރުވެރިން ފިޔަވައި ރާއްޖެ އަންނަ ހުރިހާ ފަރާތްތައް ރާއްޖެ އަންނަތާ ތިން ދުވަހާއި ފަސް ދުވަހާއި ދެމެދުގެ މުއްދަތެއްގެ ތެރޭގައި ކޮވިޑް-19 އަށް ޓެސްޓް ކުރަން ޖެހޭ ގޮތައް އެޗްޕީއޭގެ އުސޫލު ބަދަލުކޮށްފިއެވެ.

އެޗްޕީއޭ އިން ދެންމެ ކުރި އިއުލާނެއްގައި ވިދާޅުވީ އޮމިކްރޯން ވޭރިއެންޓާ ގުޅިގެން އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރިކަމަށްޓަކައި، ޑިސެމްބަރ 27 ވަނަ ދުވަހުން ފެށިގެން ވަކިގޮތެއް އަންގަންދެން އިތުރު ފިޔަވަޅުތައް އެޅުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން ރާއްޖެއިން ބޭރުން އަންނަ ހުރިހާ ފަރާތްތަކުން (ފަތުރުވެރިން ހިމެނޭގޮތަށް) ރާއްޖެއަށް ދަތުރުފަށާ ބަދަރުން ފުރާއިރު 96 ގަޑިއިރުނުވާ ޕީ.ސީ.އާރު ނެގެޓިވް ނަތީޖާއެއް އޮންނަން ޖެހޭނެއެވެ. (މިގޮތަށް ދަތުރުކުރާ މީހުންނާއި އެކުގައި ދަތުރުކުރާ 1 (އެކެއް) އަހަރުން ދަށުގެ ތުއްތު ކުދިން ޕީ.ސީ.އާރު ޓެސްޓު ހެދުމުން އިސްތިސްނާ ވާނެއެވެ)

އަދި ފަތުރުވެރިން ފިޔަވައި ރާއްޖެއިން ބޭރުން އަންނަ ހުރިހާ ފަރާތްތަކުން ރާއްޖެ އެތެރެވުމަށްފަހު، ތިން ދުވަހާއި ފަސް ދުވަހުގެ ތެރޭގައި ޕީ.ސީ.އާރު ޓެސްޓް ހަދަން ޖެހޭނެ ކަމަށާއި ކޮވިޑު-19 ގެ ވެކްސިން ފުރިހަމަވެފައިނުވާ، ދިވެހިންނާއި ވޯރކްޕަރމިޓް ހޯލްޑަރުން ރާއްޖެ އައި 14 ދުވަހުގެ މުއްދަތަށް ކަރަންޓީނުވާން ޖެހޭނެ ކަމަށް ވެސް އިއުލާނުގައި ވެއެވެ. (މީގެ ތެރޭގައި 12 އަހަރުން ދަށުގެ ކުދިން ނުހިމެނޭނެއެވެ). އަދި މިފަރާތްތައް ކަރަންޓީނުން ދޫކޮށްލެވޭނީ 14 ދުވަސް ހަމަވުމުން ކޮވިޑު-19 އަށް ޓެސްޓް ހަދައި ނަތީޖާ ނައްސިވުމުންނެވެ.

ރާއްޖެ އިން ބޭރުން އަންނަ ދިވެހިން ކޮވިޑަށް ޓެސްޓް ކުރަން ނިންމިއިރު އޮމިކްރޮން ވޭރިއަންޓްގެ ސަބަބުން ދުނިޔޭގެ ގިނަ ގައުމުތަކުން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އަންނަނީ ރެކޯޑް މިންވަރަކަށް އިތުރުވަމުންނެވެ. ރާއްޖޭގެ މުޖުތަމައުގެ ތެރޭގައި އޮމިކްރޮން ވޭރިއަންޓް ފެތުރޭކަން އަދި ރަސްމީކޮށް އިއުލާން ނުކުރި ނަމަވެސް ރާއްޖޭގެ ރިސޯޓްތަކުންނާއި އަދި މާލެ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ވެސް މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އުވާލާ

    އެޗްޕީއޭ އުވާލާ، ވެކްސިން ޖަހަންޏާ ވެކްސިން ޖަހާ، ޓެސްޓް ކުރަން ބޭނުންވަންޏާ ޓެސްޓް ކުރޭ، ވެކްސިން ޖަހާގެން ފައިދާއެއް ނުވޭ، އެއީ ވެކްސިނަށްވެސް އިތުބާރު ނުކިރާތީ، އެކަމު ވެކްސިން ޖަހަން އެބަ މަޖުބޫރު ކުރޭ މިވެރިން!!!

    22
    1
  2. ކޮމެންޓޫ

    ބޮޑެތި ކުންފުނި ތައް ހަދައިން ޓެސްޓު ސާމާނު ގެނެއްސި ދެން ރައްޔިތުންގެ ފައިސާ ކޮޅު ހުސްކުރަން ޓެސްޓު ކުރުވަން ޖެހޭނު. ލާ ކޮންމެ 10 ނޭވާ އަކުން ޓެސްޓު ކުރަންވެސް ޖައްސާތި. އެޗްޕީއޭ ކަނެކްޝަން އޮތް މީހުންގެ ވިޔަފާރި ދިރުވާ އާލާ ކުރަންޖެހޭ

    19
  3. ޙަދީޖާ

    ޢަދި އަވަހީ... ޜާއްޖޭގަ ވިއްޔަ މިވައިރަސް އުފެދުނީ.. ރާއްޖެތެރޭމީހުން ކަރަންޓީން ، ސާމްޕަލް... ބޭރުން އަންނަ މީހުން ނާއި ގެސްޓުން ވައިރަސް ފުރީ ވާނެ

  4. ނާނި

    ދިވެހިން އެކަނި ޓެސްޓް ކުރީމަ އެވީތަ؟ ފަތުރުވެރިންނަކީ އެއްތަނުން އަނެއްތަނަށް ބަލި އުފުލާ މީހުން، އެމީހުން ޓެސްޓްކޮށްބަލަ،

  5. ޟަޒް

    85 ޑޮލަރު އެބަ ނަގާ ރިޒޯޓް ތަކުން ކޮޥިޑް ޓެސްޓް ހަދަން