ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިލަދުންމަޑުލު ދެކުނުބުރީގެ ފަސް ރަށަކަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގަންނަވައިފިއެވެ. މިގޮތުން، އެމަނިކުފާނު ދަތުރުފުޅު ކުރައްވަން ހަމަޖެހިފައިވަނީ ނ. މާފަރަށާއި، ލަންދޫއަށާއި، މަނަދޫއަށާއި، މަގުދޫ އަދި ހޮޅުދޫއަށެވެ.

މި ރަށްތަކަށް ކުރައްވާ ޒިޔާރަތުގައި ރައީސް ޞާލިޙް ނ. އަތޮޅު ކައުންސިލާއި، ވަކި ވަކި ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، ބައެއް ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި، އެމަނިކުފާނު ދަތުރުކުރައްވާ ރަށްރަށުގެ ބައެއް މުއައްސަސާތަކަށް ޒިޔާރަތްކުރައްވައި އެތަންތަނުގެ ޙާލަތު ބައްލަވާލެއްވުމަށް ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން ވެސް ރައީސް ވަނީ ލަންދޫ މިސްކިތާއި، ބަނދަރު ހުޅުއްވައި ދެއްވުމަށާއި، މަގޫދޫގައި އަލަށް ޢިމާރާތްކޮށްފައިވާ އިންޖީނުގެ ހުޅުއްވައި ދެއްވުމަށާއި، ހޮޅުދޫ ފުޓްބޯޅަދަނޑު ރަސްމީކޮށް ހުޅުއްވައި ދެއްވުމަށް ހަމަޖެހިފައެވެ.

އެމަނިކުފާނުގެ ދެ ދުވަހުގެ މި ދަތުރުފުޅުގައި، ކެބިނެޓް މިނިސްޓަރުންނާއި، ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެ ވަޑައިގަންނަވައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކޮވިޑް

    މި ޤައުމު ދުވަހަކު ނުދެކޭފަދަ އަޅާނުލައި ދޫންޏަކަށް ހިތާވަރުވެސް އިންސާނުންނަށް ނުހިތާ މީހުން މިހާރު ރައްޔިތުނޭ ކިޔާތީ މީހުންތިބެނީ ރަތަށްއަރާފައި

  2. ކޮވިޑް

    ކިނބުލަކީ ދަތުރު ކުރާ އެއްޗެއް. އެސޮރު އެއްތާކު އޮންނަން ފޫހިވާނެ. ރައްޔަތުންނޭ އިސްލާދީނާ ގައުމުގެ މިނިވަން ކަން ހިމާޔަތް ކުރަން އިންޑިއާ އައުޓް ޝިއާރު ހިފައިގެން ކިނބުލަށް މަރުހަބާ ކިޔާ . އެސޮރު މިހާރު ވަރަށް ރަތްކުލަ ދެކެ ބިރުގަނެޔޯ. # އިންޑިއާ އައުޓް #

  3. Anonymous

    ރާއްޖޭގަ އޮތް ހުރިހާރަށައް ދިއަޔަސް މިއަންނަ އަހަރުން ފެށިގެން ކަލޭ އިންނާނީ ގޭގަ

  4. ހާމިދު ޝާހިދު

    ކިތަންމެ މީޑިއާ ޕްރޮޕެގެންޑާއެއް ހިންގިއަސް، ކިތަންމެ ކަޑައެއްޖެއްސަސް، ސްލޯލިހް އަކަށް ރައްޔިތުން ދެނެއް 2 ވަނަ ދައުރެއް ނުދޭނެ. އެމީހުން ތިބީ ފޫހި ވެފައި. އަނގަޔާ އަތަކާ ދިމަލެއް ނުވޭ. ކުރިން ދެއްކި ވާހަކަ ފަރިސަށް ވެ ނިމިއްޖެ.

  5. ޢިޔާބު

    ރައްޔިތުންނޭ ނިކަން ހޭއަރާ ތިބޭތި. ދައްކާ ވާހަކަތަކަށް ހެއްލި ދީނާއި ގައުމު ވިއްކާލުމަށް ބައިޢަތު ނުހިފާތި.

  6. ސަރަނގު

    މީ ކާކު.!