ހއ. ހޯރަފުށީ މަގުހެދުމުގެ އަމަލީ މަސައްކަތް މިއަދު އެމްޓީސީސީން ފަށައިފިއެވެ.
އެރަށު މަގު ހެދުމުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު މިއަދު ބާއްވާފައިވާއިރު، މި މަޝްރޫޢު އިފްތިތާހު ކޮށްދެއްވާފައިވަނީ ހޯރަފުށީ ދާއިރާގެ މެމްބަރ އަހްމަދު ސަލީމެވެ. އަދި މި ރަސްމިއްޔާތުގައި އެރަށު ކައުންސިލްގެ ރައީސް އާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމް އާއި އެ ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ހއ. ހޯރަފުށީ މަގުހެދުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފެށުމުގެ ރަސްމިއްޔާތު ބާއްވައިފި
ޕްރެސް ރިލީޒް: https://t.co/3Xu6p5iEfq pic.twitter.com/R14rioLoRm
— MTCC Plc (@MTCCPlc) January 16, 2022
އެމްޓީސީސީން ބުނީ، މި މަޝްރޫޢުގެ ދަށުން ހޯރަފުށީގެ 11 މަގެއްގައި ޖުމުލަ 5.3 މީޓަރުގެ ސަރަހައްދެއް ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި 25،909 އަކަ މީޓަރުގެ ދުއްވާ ސަރަހައްދު ލެވެލްކޮށް ތާރުއަޅައި ތަރައްގީ ކުރުމާއި، 11،114 އަކަމީޓަރުގެ ސަރަހައްދެެއްގައި ދުވާރު ހަދައި ފެން ހިންދާ ނިޒާމެއް ގާއިމްކުރުމާއި، މަގުބައްތި އަދި މަގުމަތީގެ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ.
މި މަޝްރުޢޫ އަކީ 71.90 މިލިއަން ރުފިޔާގެ މަޝްރުޢޫއެކެވެ.
އެމްޓީސީސީން އަންނަނީ ރާއްޖޭގެ ގިނަ ރަށްރަށުގެ ތަރައްގީ އަށް ގިނަ ޕްރޮޖެކްޓްތައް ހިންގަމުންނެވެ.
ޝުކުރިއްޔާ އިބޫ ސޯލިހު ޝުކުރިއްޔާ ސަލީމް