ޖުމްހޫރީ ޕާޓީގެ މަޖިލިސް ގޮނޑިތައް އެމްޑީޕީއަށް ހިބަކޮށް ދިނުމަށް އަދާލަތު ޕާޓީގެ ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒް އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޒް މިއަދު ކުރެެއްވި ޓްވީޓެއްގައި ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާއި ދިމާކޮށް ކެމްޕޭނަށް އެ ދާއިރާއަށް ވަޑައިގެން ދެއްކެވި ވާހަކަތަކާއި ގުޅިގެން ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ގާސިމް ވިދާޅުވީ، އެމްޑީޕީގެ ކެނޑިޑޭޓަށް ތާއީދުކުރައްވާ އޭނާގެ ކެމްޕޭންގައި ބައިވެރިވުމަށް ނިންމެވީ މިއަދު ވެރިކަމުގައި އޮތީ އެމްޑީޕީން ކަމަށްވެފައި މިއީ ކޯލިޝަން ވެރިކަމެއް ކަމުން ޖުމްހޫރީ ޕާޓީން ވެސް ތާއީދު ކުރަންވާނީ ސަރުކާރުގެ ކެނޑިޑޭޓަށް ކަމަށްވާތީ ކަމަށެވެ. އަދި އެއީ އެމްޑީޕީގެ މެންބަރުން މަދުވެގެން ނޫން ކަމަށާއި އެހެންނަމަވެސް އެދާއިރާއަށް އެންމެ ރަނގަޅު ގޮތަކީ އެއީ ކަމުގައި ވާތީ ކަމަށް ވިދާޅުވިއެވެ.

ގާސިމްގެ މި ވާހަކައަށް ރައްދު ދެއްވާ އިޔާޒް ވިދާޅުވީ، ދާއިރާއަށް ތަރައްގީ ލިބޭނީ މަޖިލީހަށް ވެރިކަންކުރާ ޕާޓީގެ މެމްބަރުން ހޮވައިގެން ކަމަށްވާނަމަ، އިންތިހާބު ބާއްވަންވީ ވެރިކަންކުރާ ޕާޓީއެއްގެ މެމްބަރުންގެ މެދުގައި އެކަނި ކަމަށެވެ. އަދި ކަން މިހެން އޮންނަ ކަމަށް ވާނަމަ، އެހެން ޕާޓީތަކުން ވާދަކުރުމުގެ ބޭނުމެއް ނެތް ކަމަށް އިޔާޒް ވިދާޅުވިއެވެ.

މީގެ އިތުރުން އިޔާޒް ވިދާޅުވީ، ދާއިރާ އަށް ކުރިއެރުން ލިބޭނީ ވެރިކަންކުރާ ފަރާތަށް ކާމިޔާބު ލިބިގެންކަމަށް ބުނުމަކީ އޮޅުވާލުމެއް ކަމަށެވެ.

"މަޖްލިސް މެމްބަރު ކަމުގައި ކޮންމެ ޕާޓީއެއްގެ ބޭފުޅަކު ހުންނެވި ނަމަވެސް، ސަރުކާރުން އެދާއިރާ އަކަށް ދެއްވަންޖެހޭ ހިދުމަތްތަކަށް ބުރޫއަރައިގެން ނުވާނެ. ދާއިރާ އަށް ކުރިއެރުން ލިބޭނީ ވެރިކަންކުރާ ފަރާތަށް ކާމިޔާބު ލިބިގެންކަމަށް ބުނުމަކީ އޮޅުވާލުމެއް،" އިޔާޒް ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

 1. އަހްމަދު

  މިއީ މީނާ ދެއްކީ އެންމެ ހަބޭސް ވާހަކަ. ތިވާހަކަޔަށް ވަރަށް ތާޢީދު!

  64
  9
 2. ްަޤައުމު

  މީނަޔާހަމަ ނުބެހޭ އެއްވެސް ކަމެއް ނޯވެޔޭދޯ!
  އަޅެދީނީ އިލް މު ވެރިއެއްގެ ތާކިހާ އަޅުއްވައިގެން މުޖްތަމައުގަހިނގާ ހުރިހާކަމަކާބެހި އަނގަބާނާ ފިތުނަފާފަސަދައަށް މަގުފަހި ކުރުން މީނަގެ ކަމަކީ މީ އަސްލު ސޭކުން.
  ނޮޓް. ދީނީ އިލްމުވެރި

  13
  52
  • މަޒް

   ކަލޭވެސް ނުބެހޭ ކަމެއް ނެތެއްނުން. އިޔާޒު އެއްޗެކޭ ބުނާ އިރަށް އިޔާޒާ ތި ބެހި ގަތީޔޯ.. ބަލަ ކަލޭ ހުރިހާ ކަމަކާ ތި ބެހެނީޔޯ؟

   16
   3
 3. ޏަރީނަ

  އިޔާޒް ހޭ އަރައިފި

  52
  3
 4. އަހްމަދު

  އިޔާޒަކަށްނޭގޭތަ ސޭޓު ކޮމަންޑޫ ދާއިރާޔައް ކެންޕޭނައްދިޔައީ ފަޅުރަށެއްދޭނެކަމައް ސޯލިހްވިދާޅުވީމަ އެހެންވީމަ ސޭޓު ވާހަކަދައްކަންޖެހޭގޮތްވެސް ބަދަލުވާނެދޯ

  53
  3
 5. Anonymous

  ޕީޕީއެމްގެ ގޮނޑިތައްވެސް ދޭށޭ ބުނަގަ.
  މިހާރުވެސް ކޯޗެއް މަދުވެގެންއުޅޭ ބައެއްތޭ
  މަޖްލިސް ވެސް މިހާރު ވެސް ލިބިފައި ނޫންތަ ކަމެއް އެބަކުރެވޭތޭ
  ވާގިވެރިވާން ހުރޭ
  މިއަށްވުރެ މިސްކިތްތައް ނަޖިސް ކުރި ދަވުރެއް ޙަޔާތުގައި ނުދެކެން.

  59
  3
  • ށަވިޔަނި

   ޤާސިމު މާރަނގަޅުވާނެ މިރޯދަމަސް އަންނަންވާއިރަށް މިސްކިތްތައް މަރާމާތު ކޮށްދިނިއްޔާ ގޭގަ ނަމާދުކުރާ ކަނބަލުންނަށް މުސައްލަ ހަދިޔާކުރިއްޔާ އެވެސް މިހާރު އަގުބޮޑުކޮށް ވިއްޔާ ލިބެނީ އޭރުން ދަރުމަ ލިބޭނެ ކަންޔޤީން

   10
 6. އައްލާބެއްޔާ

  ރާއްޖޭގހުރި ފަޅުރަށްތައް އެއް ކޮއްދިނަސް
  ގާސިމުގެހިތެއްނުފުރޭނެ

  14
 7. ރައްޔިތު މީހާ

  ޔާމީނު ވެރިކަމުގަ ޔާމީނު ވައެއް ލިޔަސް މި އިލްމުވެރިޔާ އަށް ޓުވީޓު ކުރަންޖެހުނު. މި ވެރިކަމުން ލައްކަހާ މޮޅެއް ކެވޭތޯ އިޔާޒުވެސް ބެލީ. މި ވެރިކަން އައިގޮތަށް ސިޔާސީ ޝޭހުންގެ ބަޔަކަށް ސިޔާސީ ނުފޫޒުން ވަޒީފާ ދިން. އޭގެ އެކަކު މި އިޔާޒަކީވެސް. މިއަދު މީނަ މަޤާމުން ވަކިކޮށް އުލު ބޭންދީމަ، ދެން ކޮންމެހެން އެ ބައިގަނޑު ގޯސް ވެގެން ނޫޅޭ. އުޅެން ޖެހޭ އިރުގަ ކަލޭމެން ޝޭހުން ބެލީ ކަންނެލި އޮޑި ނުލިބުނިއްޔާ ދެން އެމް އެންޔޫ ކަހަލަ ކޮލެޖަކުން ހެޔޮވަރު ލާރި ލިބޭ ވަޒީފާ ގަނޑަކުންވެސް ޖީބު ބަރު ކުރޭ! އިސްލާމް ދީން ބަދުނާމު ވަނީ މިކަހަލަ ޝޭޙުން ގިނަ ވީމަ!

  9
  1
 8. ބުރުމާ

  ޑރ. އިޔާޒު އަށް ތެދުމަގު ދައްކަވާށި

  12
  1
 9. ރަބަރޭ

  ރަގަޅު ވާހަކަފުޅެއް އިޔާޒު ތިޔަ ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ހުރިހާ މެންބަރުން އިސްތިއުފާ ދީފައި ގޮނޑިތައް ހަވާލުކުރޭ އެމްޑީޕީ ބައިގަޑާ އޭރުން ރަނގަޅުވާނީ އޭރުން ފައިދާވާނީ

  10
  1
 10. ފީރޯޒު

  އިލްމުވެރިންނަށް މަގުއޮޅި ސަޔާސީމައިދާނަށް، މާތްﷲ އިޔާޒަށް ހައްގުމަގުދައްކަވާށި

  10
  1
 11. ސޭކް

  ގާސިމްވެސް އިތުރު އަންހެނަކާއި އިނީމަ ރަނގަޅުވާނެ.
  ކޮއްމެހެން ކޮމަންޑޫ ދާއިރާއާއި ހުރިހާ މީހުުން އިންނާނެ ކަމެއްްނެތް.

  8
  1
 12. ތަކުތޫރު

  މީނަ އަކީ އެހހާހަމަޖެހޭ ސޭކެއްނޫން!

  8
  2
 13. ބެއްޔާ

  ކޮމަންޑޫ ދާއިރާއަށް މިވަގު ގެންނަ ތަރައްގީގައި އެއްވެސް މެމްބަރެއްގެ ހިއްސާއެއްނެތް. ސަރުކާރުންބޭނުންވީމާ ކުރާއެއްޗެއް ތަރައްޤީއަކީ. މެމްބަރުގެ ބޭނުމަކީ ވެރިކަމުގައި ތިބޭ މީހުންހިންގާ ޖަރީމާތައް ޤާނޫނުތެރެއަށްލައިފަސްއެޅުން. ތަރައްޤީއާއި މެމްބަރާއި އެއްވެސް ގުޅުމެއްނެތް.

  10
 14. މެކް

  އިޔާޒް ކަލޭ އިލްމް ހާސިލްކުރި ރޮގުން ކުރިއައް ވަދައިގަންނަވާ

  4
  2
 15. ފަހުމީ

  ރޯނު އެދުރު، މީނަ ހިތުންމީ ދުނިޔޭގަ ހުރި އެންމެ މޮޅު ދީނީ ޢިލްމު ވެރިޔާ، އަހަރެމެން ނުކިޔަވާމީހުނަށްވެސް އެނގޭ މީ ދެފުށްކެހެރި، ވެރިކަމާ، މަޤާމާ، ލާރިއަށް ބޫތު ކައިފަ ހުންނަ ކެހެރިބެއެއްކަން. މިކަލޭގެއާއި އިމްރާން ދެފުށްކެހެރިބެޔާއި ހެދީ ދީނީ ޢިލްމުވެރިންނަށް ކުރާ ޤަދަރު ގެއްލިއްޖެ. މިކަހަލަ މީހުން ދައްކާވާހަކަ އަޑުއަހާމީހުން ހަލާކުވާނީ.

  4
  1